ޚަބަރު ޝަރުޢީ ދާއިރާ

ރާއްޖޭގައި އެއާއި ދުރަށް ނުދެވޭނެ އެއްކަމަކީ އިސްލާމީ ޝަރީޢާ: އުއްތަމަ ފަނޑިޔާރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދިވެހިރާއްޖޭގައި އެއާއި ދުރަށް ނުދެވޭނެ އެއްކަމަކީ އިސްލާމީ ޝަރީޢާ ކަމަށާއި ފަނޑިޔާރުން އެ ކަންކަމަށް ފުންކޮށް ވިސްނަވަން ޖެހޭކަމަށް އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

Ads by MWSC

ހައިކޯޓަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަން ނާންނާނެކަން ފަނޑިޔާރުން ކަށަވަރުކުރައްވަންޖެހޭ ކަމަށާއި, ހުވާ ކުރުމަކީ ބޮޑެތި މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އަޅައި އެކަމާއި ހަވާލުވުން ކަމަށެވެ.

ފަނޑިޔާރުންގެ މަސައްކަތަކީ ޤާނޫނުގެ ޙުކޫމާތު ނެގެހެއްޓުންކަން ފާހަގަކުރައްވައި ވިދާޅުވީ އެކަމާމެދު ދުރު ވިސްނުން ގެންގުޅުންވަންޖެހޭ ކަމަށެވެ.

ވިދާޅުވީ އެއާއި ދުރަށް ނުދެވޭނެ އެއްކަމަކީ އިސްލާމީ ޝަރީޢާ ކަމަށާއި ފަނޑިޔާރުން އެ ކަންކަމަށް ފުންކޮށް ވިސްނަވަން ޖެހޭކަމަށެވެ. އަދި މުޖުތަމަޢުތެރޭގައި އިސްލާމީ ރިވެތި އަޚްލާޤް އަށަގެންނުވޭނެ ގޮތްތަކާމެދު ވެސް ވިންނަވަންޖެހޭ ކަމަށާއި, އެކަމާ ގުޅިގެން ފަނޑިޔާރުން ދިރާސާތައް ހައްދަވަންޖެހޭކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads by Ooredoo
  1. ނާޅި

    މަނިކުފާނު އިސްލާމް ދީން ދެކެ ތިހާ ލޯބިވާނަމަ މިޤައުމުން ރިބާ ގެ ދަރަނި ނެގުން ހުއްޓުވާ ރިބާގެ އެންމެހާ މުޢާމަލާތެއް ހުއްޓުވަންވީނުންތޯ! ރިބާ ކެއުންހުއްޓުވާ، ޤައުމުގެ ދަރަނީގެ ބޮޑުބަޔަކީވެސް ރިބާ ލޯން، ރިބާ ނުހިމެނޭ ބަޖެޓެއް ފާސްކުރަން މަނިކުފާނުވެސް ނިކަން ބާރުއަޅުއްވަން ވީނުންތޯ !

  2. ރިބާ ކެއުންވެސް ހުއްޓުވަންޖެހޭ، ރިބާގެ އެންމެހައި މުޢާމަލާތަކީ ހަރާމް އެއްޗެއް ހުއްޓުވަން ޖެހޭ ކަމެއް ! ޤިސާސު ހިފަން އެންގި ފަރާތުން މިވަނީ ހަމަ ރިބާ ކެއުން ވެސް ހަރާމް ކުރައްވާފައި ! ރިބާގެ ސަބަބުންވެސް މުޖުތަމައު ހަލާކުވެ ގެއްލުވަނީ ހަމަ އިންސާނާގެ ނަފުސަށް ! ނަފުސާއި މުދާ ހިމާޔަތް ކުރަން ރިބާގެ އެންމެހައި މުޢާމަލާ ހުއްޓުވަން ޖެހޭ !