ޚަބަރު ސިޔާސީ

އެމްޑީޕީއަށް ލާދީނީއަށް ގޮވައި, ފާހިޝް ކަންކަން ފަތުރާ ބަޔެކޭ ކިޔަނީ ސިޔާސީ ބޭނުމެއްގައި: މަހްލޫފް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެމްޑީޕީން ފާހިޝް ކަންކަން ފަތުރާ ކަންކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކެއްކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by STELCO

މަހްލޫފް މިހެން ވިދާޅުވީ މ.ދިއްގަރު ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމަށާއި, ތ.ގާދިއްފުށީ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބުކުރުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މަހްލޫފް ވިދާޅުވީ ލާދީނީއަށް ގޮވައި, ފާހިޝް ކަންކަން ފަތުރާ ބަޔަކަށް ހަދައި އަދި ތަފާތު ގިނަ އިލްޒާމުތައް އެބައިމީހުން ގެންދަނީ އަޅުވަމުން ކަމަށެވެ. އަދި އެއީ ސިޔާސީ ބޭނުމުގައި ދައްކާ ވާހަކަކަން ރައްޔިތުންނަށް މިއަދު ސާފުކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ރައީސް ޞާލިޙްގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފި ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!