ޚަބަރު އިޖުތިމާޢީ

ލިވާތުކުރުމަކީ އެހެން މީހަކަށް ނުރައްކަލެއް ނޫންނަމަ, ސަދޫމް އެފުށް މިފުށަށް ނުޖެއްސެވީސް: ޑރ.މޫސާ އަންވަރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޑރ.މޫސާ އަންވަރު. ފޮޓޯ: ފަތުވާ މަޖިލިސް

ލިވާތު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫންނަމަ, ސަދޫމްގެ މައްޗަށް އޮތް ފުށް, ވަތަށް އޮތް ފުށްކަމުގައި ލައްވައި އެއުރެން ހަލާކު ނުކުރެއްވީސްކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ކުރީގެ މެންބަރު ޑރ.މޫސާ އަންވަރު ޙުސައިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ކުރެއްވި ޓުވީޓެއްގައި ވަނީ ޒިނޭއާއި ލިވާތުކުރުމަކީ ކުށެއް ނަމަވެސް, އެ ކުށަކީ ދެ މީހަކު, ނުވަތަ އެއަށްވުރެ ގިނަ މީހުން ރުހުމުގައި އެކަހެރިވެގެން ތިބެ ކުރާ ކަމެއް ކަމަށާއި, އެކަމަކުން އެހެން މީހެއްގެ ފުރާނައަށް ނުވަަތަ ޖިސްމަށް ނުވަތަ މުދަލަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުން އެހެން މީހެއްގެ މިނިވަންކަމަށް ހުރަހެއް ނޭޅޭ ކަމަށް ވެސް އިބްރާ ވަނީ ވިދާޅުވެފައެވެ.

އިބްރާ މިހެން ވިދާޅުވުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައި ޑރ.މޫސާ އަންވަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލިވާތު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫންނަމަ, ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގެ ޞަރީޙަ ނައްޞުން އެކަން ކުރާ ދެ މީހުންނަށް ބޮޑުވެގެންވާ ޢަޒާބު ހުރިކަން ބަޔާން ނުކުރެއްވީސް ކަމަށެވެ.

ހަމައެހެންމެ އެކަން ކުރަމުން ދިޔަ ޤައުމު (ސަދޫމް) ގެ މައްޗަށް ހަތް ރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން ގަދަފަދަ ފިނިވައެއް އެއް ފޮނުއްވައި، އެއުރެން ހަލާކު ވެސް ނުކުރެއްވީސް ކަމަށެވެ. އަދި އެ ރަށުގެ، މައްޗަށް އޮތް ފުށް,ވަތަށް އޮތް ފުށްކަމުގައި ލައްވައި, އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިގެ ވާރޭ ވެސް އެއުރެންގެ މައްޗަށް ނުވެއްސެވީސްކަމަށް ވެސް ޑރ.މޫސާ އަންވަރު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!