ސިޔާސީ މައިދާނުގެ ''ކާލަމަންނަ'' ކަމަށް ބުނާ ނަޝީދު ރާއްޖެ ވަޑައިގެންފި

ރާއްޖޭގެ ސިޔާސީ މައިދާނުގެ ''ކާލަމަންނަ'' ކަމަށް އެމްޑީޕީން ސިފަކުރާ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ނަޝީދު އެ ޤައުމަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 22 ގައެވެ.
އެ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިނުގެން އެ މަނިކުފާނު ދެން ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ.
އެ ޤައުމުގައި ހުންނެވުމަށްފަހު ނަޝީދު ރާއްޖެވަޑައިގެންފައި މިވަނީ މި މަހުގެ 19 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމާފައިވަނިކޮށެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން ނަޝީދު ވަނީ މއ.ބޯގަންވިލާއަށް ވަޑައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޟްްގެ އަރިހުން މާފަށް އެދިވަޑައިގަންނަވަން ނިންމަވާފައިވާކަމަށް ވެސް ވިދާޅުވެފައެވެ.







ކޮމެންޓް