ޚަބަރު ސަރުކާރު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން ބުނީ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ކަމަށެވެ. އަދި އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ޚާއްސަ އިނާމާބެހޭ ކޮމިޓީން އިއްޔެ ވަނީ އެ އިނާމާބެހޭ އުސޫލު ގެޒެޓްކޮށްފައެވެ.

މީގެކުރިން ޚާއްސަ އިނާމު ދެއްވަނީ ހަތަރު ގިންތިއަކުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން މި އަހަރު ވަނީ ގިންތިއެއް އިތުރު ކުރައްވައިފައެވެ. އެ ގިންތިން އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މި އަހަރުގައެވެ.

އެ ގިންތި އިތުރުކުރެއްވީ މި އަހަރަކީ ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރުން ފާހަގަކުރާ ރަންޔޫބީލް އަހަރުކަމަށްވާތީ, ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ދަމަހައްޓައި, ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!