ޚަބަރު ސިޔާސީ

ބަރުލަމާނީއަށް ޝާހިދުގެ ތާއީދެއް ވެސް ނެތް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އެ މަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށްކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މިއަދު ހާމަކުރައްވައިފިއެވެ.

Ads by STELCO

ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތާއީދުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމަށް ކަމަށެވެ. އަދި ޤާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ކަމަށެވެ.

އޭގެ އިތުރުން ތާއީދުކުރަނީ އަދުލުއިންސާފު ގާއިމުކުރުން ފަނޑިޔާރު ގޭގައި އޮތުމަށް ކަމަށާއި, ޤާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައި ހުރުމަށްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

''އަޅުގަނޑު ތާއީދުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމަށް'' ޝާހިދުގެ ޓުވީޓުގައިވެއެެވެ.

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި, ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ޤަރާރެއް ހުށަހަޅުއްވާފައިވަނިކޮށެވެ.

އަންނަ ހުކުރު ދުވަހު އެމްޑީޕީގެ ކޮންގްރެސް ފަށާއިރު, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދެވުމަށް ވެސް ގޮވައިލައްވާފައެވެ. އަދި އެ މަނިކުފާނު ވެސް ބަރުލަމާނީއަށް ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!