ޚަބަރު

ދުންޏާ، ރައީސް ނަޝީދަށް: ޤައުމުގެ ހާލަތާއި މެދު އަޅާލުމެއް ނެތީތޯ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލު ކުރެއްވުމަށް، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަަވާ މަސައްކަތްޕުޅަށް، ކުރީގެ ފޮރިން މިނިސްޓަރު، އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސް ދުންޔާ މައުމޫން ފާޑު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ދުންޏާގެ ފާޑު ކިޔުން އަމާޒުވެފައިވަނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ރައީސް ނަޝީދު، އެމްޑީޕީގެ ކޮންގްރެސްއަށް ޤަރާރެއް ވައްދާ، އެ ނިޒާމަށް ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ދުންޏާ ވިދާޅުވީ، ގައުމުގެ ހާލަތު ހީނަރުވެފައި އޮއްވާ ނިޒާމު ބަދަލުކުރުމަށް މަޖިލީހުގެ ރައީސް މަސައްކަތް ފެއްޓެވުމަކީ ކަނބޮޑު ވާންޖެހޭ ކަމެއް ކަމަށެވެ. އަދި ގައުމުގެ ހާލަތާއިމެދު ރައީސް ނަޝީދު އެއްވެސް އާޅަލުމެއް ނެތީތޯ ސުވާލު އުފެއްދެވިއެވެ.

ދުންޔާ ވަނީ ރާއްޖޭގެ ޖުމްހޫރި ވެރިކަން ފެށުނީއްސުރެ ގައުމުގެ އެންމެ މަތީ ވެރިޔާ ހޮވުމުގެ ހައްގު ލިބިގެންވަނީ ދިވެހި ދަރިންނަށް ކަމަށް ވިދާޅުވެފައެވެ. އަދި 2007 ވަނަ އަހަރު ނެގުނު ވޯޓުގައި ދިވެހިން ތާއީދު ކުރާ ނިޒާމު ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!