ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ކައިވެނީގެ ހަފްލާއަށް މެހެމާނުން އައިސް އެ މާހައުލުގެ ހިމޭންކަން ނެތިދާން ގިނަ ވަގުތެއް ނުނެގިއެވެ. އެންމެ ފުރަތަމަ އައި މީހުންގެ ތެރޭގައި މަހީންއާއި ކުލްސޫމްގެ އާއިލާ ހިމެނެއެވެ. އޭގެ އިތުރުން އަރްޔަންގެ އާއިލާ މެންބަރުން ވެސް ތިއްބެވެ.

Ads by STELCO

" ނަވަލް".. ދުރުގައި ހުރި ޔާޒްއަށް ކުލްސޫމްގެ އަތުގައި ހިފަހައްޓައިގެން ހުރި ނަވަލް ފެނުމާއެކު ގޮވާލިއެވެ.

************************

ޔާޒް ފެނި އޭރު ނަވަލް ވެސް އެދިމާލަށް އަންނަނީއެވެ. ދެ ޒުވާނުން ޖެހިލީ އެއް ފަރާތަކަށެވެ.

" އަރ ޔޫ އޯކޭ؟ ޑޮކްޓަރ އަށް ދެއްކީތަ މިހާރު؟". ޔާޒް އަހާލިއެވެ. ނަވަލް ބޯ ހޫރާލިއެވެ. ލޮލުގެ އިޝާރާތުން އެ ދިމާލުގައި ހުރި ކުލްސޫމް ދައްކާލަމުން އެވާހަކަ ދައްކާނީ ފަހުން ކަމުގައި ބުނެލީ ތުންފަތުގެ ހަރަކާތުންނެވެ. ހައިރާންވި ނަމަވެސް ޔާޒް އެއްޗެކޭ ނުބުންޏެވެ. ނަވަލް އެފަދައިން ބުނުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް ވާނެކަން އޭނާއަށް އެނގޭތީއެވެ.

އުމައިރްއާއެކު އިން އަރްޔަންގެ ސިއްރު ނަޒަރު ހުއްޓިފައިވީ ނަވަލްއަށެވެ. އަނެއްކާވެސް ގިނަ ދުވަސްތަކަކަށްފަހު އެ އަންހެން ކުއްޖާ ފެނުމުން ހިތަށް ލިބިފައިވީ އުފާވެރިކަމެކެވެ. ހަށިގަނޑުގެ ބައްޓަން ނޭނގޭހާ ދޫ ހެދުމެއްގައި ހުރި ނަމަވެސް އެ ކުޑަ މޫނުކޮޅުގައި އިހުނަށްވުރެ މަސްޖަހާފައި ހުރިކަން އޭނާއަށް ފާހަގަވިއެވެ. ނަވަލްގެ ސޫރައަށް އޭގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނުވަދީފަވާ ކަމުގައި އަރްޔަންގެ ހިތް އެއްބަސްވެލިއެވެ.

" އެހުރީ އުމައިރްގެ އެކްސް ފިޔޯންސޭ. އައި މީން ސީކްރެޓް އެކްސް ފިޔޯންސޭ". ހެވިފައި އިނދެ އަރްޔަން ބުނެލިއެވެ. އޭނާ އެބުނީ ކާކުގެ ވާހަކަ ކަން އުމައިރްއަށް އެނގިހުރެ އެދިމާލަށް ނަޒަރު ހުއްޓާލިއެވެ. ދުރުގައި ނަވަލްއާ ވާހަކަ ދައްކަން ހުރި ޔާޒް ފެނުމުން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ.

" ތި ދެން ކޮން ވާހަކައެއް. އޭރު ނުވިސްނޭތީ އެހެން އުޅުނީ. މިހާރު އަހަންނެއް ނޫޅެން ޔާޒްއަށް ހިތް ކިޔައިގެން. ދެޓް ވޯޒް ޕާސްޓް". ހިތުގެ ހާލު އެއް ފަރާތް ކޮށްލަމުން އުމައިރް ބުނެލިއެވެ. އަރްޔަންގެ ހުނުމުގެ އަޑާއެކު އޭނާ އިސްޖަހާލީ މޫނަށް ވެރިވި ކުލަތައް ފޮރުވުމުގެ ނިޔަތުގައެވެ.

" އެހެންތަ؟ އެހެންވީމަ އަހަރެން ޔާޒް ކައިރިން އިންނަން އަހަންވީދޯ. ބްރޯގެ މައްސަލައެއް ނެތެއްނު". އަރްޔަން ބުނެލިއެވެ. އުމައިރް ދެ ކޮނޑު އަރުވާލުމާއެކު އަރްޔަން ތެދުވެއްޖެއެވެ. ކުރިއަށް ނުދެވެނީސް އަރްޔަންގެ އަތުގައި ހިފަހައްޓާ އޭނާ ހުއްޓުވީ ވެސް އުމައިރް އެވެ.

" ޕާސްޓް އިޒް ޕާސްޓް. އެންޑް ޔޫ އަރ ސްޓިލް ހޯލްޑިންގް އޮން ޓު އިޓް. މީހެއް ދެކެ ލޯބި ވުމަކީ ކުށެއް ނޫނޭ. އެއްބަސް ވުމަކީ މައްސަލައެއް ވެސް ނޫން.  އެހެން ނޫނަސް މިހާރު ޔާޒް ވަރަށް ބަދަލުވެއްޖެހެން ހީވޭ. މި ބުނީ ކުރިން ހުރި ހެދުން އެޅުމުގެ ގޮތް ގަނޑު ވެސް މިހާރު ނެތެންނު. ޝީ ސީމްސް ގުޑް ނައު". އަރްޔަން ދައްކަމުން ދިޔަ ވާހަކައިގެ މިސްރާބު މަޑުމަޑުން ބަދަލުވެ އެ އަޑަށް ސީރިޔަސްކަން ވެރިވެއްޖެއެވެ.

" ކީކޭ ބުނަން ތި އުޅެނީ؟ އަހަރެން އަލުން ޔާޒްއާ ގުޅެންވީ އޭތަ؟" އުމައިރް އަހާލިއެވެ. ޖަވާބުގައި އަރްޔަން ފާޑަކަށް އިނދެ ބޯ ޖަހާލުމުން އުމައިރް ހީލިއެވެ. އެ ހީލުމުގެ ފަހަތުގައިވި އަސަރުތައް އެނގެނީ އޭނާއަށް އެކަންޏެވެ.

" ނުގުޅެންވީ ސަބަބެއް ނެތެއްތު. ދެމީހުން ތި އުޅެނީ ރަނގަޅު ވަޒީފާއެއްގަ. އަންބެއް ބެލެހެއްޓުމުގެ ގާބިލުކަން އުމައިރްގެ އެބަހުރި. ދެމީހުން ވެސް ހުސް. ނުބުންޏަސް އެނގޭ އަދިވެސް ބްރޯ ލޯބި ވަނީ ޔާޒް ދެކެކަން. އެންޑް އިވެން ޝީ ޑަޒް". އަރްޔަން ބުނެލިއެވެ. އޭނާގެ ނަޒަރު އުމައިރްއާ ވަކި ކުރުމެއް ނެތި އިނީ އެ މޫނަށް ވެރިވާ ކުލަތައް ދެކެން ބޭނުންވެފައެވެ.

" ކިހިނެތް ޔާންއަށް ތި ހުރިހާ ކަމެއް އެނގެނީ؟ އަދި ތިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ވެދާނެ. ޔާޒްގެ ފަރާތުން އޭނަ އަހަންނާ މެދު ގަޔާވާ ކަމުގެ އެއްވެސް އިޝާރާތެއް ނުދެކެން. ދެން ހުރީ އަހަރެން. މީހާގެ ބޭރުފުށުން ފެންނަ މަންޒަރަށް ބަލާފަ ގޮތް ނިންމާނީ ކިހިނެތް. އަދި ބޮޑުކޮށް ހެދުން އެޅުމަކީ ހުރިހާ ކަމެއް ނޫން. އެއީ މީހަކު ރަނގަޅު ކުރެވޭނޭ ކަމެއް ވެސް ނޫން. ރިވެތި އަޚްލާޤެއް ނެތްނަމަ ބޭރުފުށުން ކިތަންމެ އޮމާން ކުރިޔަސް ރީއްޗެއް ނުވާނެ. ކިހިނެތް އެނގެނީ ޔާޒް އަސްލު ވެސް ރަނގަޅުވީ ކަމެއް. އައި ކާންޓް ޓްރަސްޓް ހަރ ޔެޓް". އުމައިރް ބުނެލިއެވެ. އެވާހަކައާއި އަރްޔަން ދެބަހެއް ނުވިއެވެ.

" ތި ވެސް ރަނގަޅު ވާހަކައެއް. އެކަމަކު އުމައިރް މޮޔަ ދޯ؟ ކިހާވަރަކަށް އިޝާރާތް ލިބުނީމަ ގަބޫލު ކުރާނީ. އިރުއިރުކޮޅާ ޔާޒް މިކޮޅަށް އެބަ ބަލާ. ގައިމު އަހަންނާ ދިމާލަކަށް ނޫން. ވިސްނާލީމަ އެނގޭނެ. ކީއްވެ ކުއްލިއަކަށް ޔާޒްއަށް އެހާ ބޮޑު ބަދަލެއް އަންނަންވީ؟ މިއަދު ޑެކަރޭޝަންގަ އުޅެފަ އަހަރެން ތިރިއަށް ދިޔައިރު އިވުނު ބަދިގޭގަ ހުރެފަ ޔާޒް ނަމާދު ކުރަންދަނީ އޭ ބުނި އަޑުވެސް. ދުވަހަކުވެސް ޔާޒްގެ ފަރާތުން އަހަރުމެން ދުށް ސިފައެއްތަ އެއީ؟ ބިލީވް މީ. ޝީ ހެޒް ޗޭންޖްޑް. މޭބީ ފޯރ ޔޫ އުމައިރް". އަރްޔަން ދައްކަމުން ދިޔަ ވާހަކަތަކުން އުމައިރް އަށް އެކި ދުވަސް މަތިން ހިނގާފައި ހުރި ކަަންކަން ހަނދާން އާ ވާ ގޮތްވިއެވެ.

އައުރައާ ބެހޭ ފިލާވަޅު އޭނާ ނަގައިދިން ދުވަހު އެތަނުގައި ޔާޒް ހުރިކަން އުމައިރްއަށް އެނގެއެވެ. އޭގެ ދުވަސްތަކެއް ފަހުން ޔާޒްގެ ހެދުން އެޅުމަށް އެ އައި ބޮޑު ބަދަލަކީ އެ ދުވަހާ ގުޅުން ހުރި ކަމެއް ކަމުގައި ފުރަތަމަ ފަހަރަށް އުމައިރްގެ ހިތް ބުނެލިއެވެ. އެކަމުން ހިތަށް ތަސައްލީއެއް ލިބިގެން ދިޔަ އިރު އަރްޔަން ބުނިފަދައިން ހަގީގަތުގައި ވެސް އުމައިރްއަށްޓަކާ ޔާޒް ބަދަލުވަނީތޯ ހިތުގައި ސުވާލު އުފައްދާލެވުނެވެ.

ކައިވެނީގެ ޕާޓީ ނިމުނުއިރު ދިހަގަޑި ބައިވަނީއެވެ. ހުރިހާ މެހެމާނުންތައް ގޮސް ބާކީ ތިބީ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނެވެ. އެންމެން އެކުގައި ކެއުމަށް އިންސާފު ކުރުމުގެ ގޮތުން ވަކިން ހުރި މޭޒުތައް ކައިރިއަށް ޖެއްސީ ފިރިހެންވެރިންނެވެ. އާއިލާގެ އިސް މީހުން ތިބެން ވަކިން މޭޒެއް ހުރި އިރު ޒުވާން ގްރޫޕް ތިބެން ވެސް މޭޒެއް ހެދިއެވެ.

" މިރޭ އަރްހަމް ފެންނަ ގޮތަށް ދެން ފެނިލާނީ މަހެއް ފަހުން ކަންނޭނގެ ދޯ". އުމައިރް ބުނެލިއެވެ. އޭނާގެ ވާހަކައާ ގުޅުވައިގެން އަރްޔަންއާއި ރައްޔާން ހޭން ފެށުމުން އަރްހަމް ބަލާލީ ނުރުހުންވެފައެވެ. ޔެލިޒްއާއި އަންހެންކުދިން ތިއްބާ އުމައިރް އެފަދަ އެއްޗެކޭ ބުނުމުން އޭނާއަށް އުނދަގޫވިއެވެ. އެހެނީ އެފަދަ ވިސްނުމެއް އަރްހަމްގެ ނުވެސް ނެތެވެ. ހަގީގަތަށް ބުނަންޏާ އެރޭގެ ކުރިއަށް އޮތް ވަގުތުތައް ހޭދަވެގެންދާނޭ ގޮތަކާ މެދު އޭނާ ހުރީ މިހާރުވެސް ކަންބޮޑުވެފައެވެ.

ހުރިހާ އެންމެން ކެއުމާއި މަޝްޢޫލުވެގެން ތިބިއިރު ނަވަލްއިނީ ކާހިތް ނުވެފައެވެ. ނަސީބަކުން މެޔަށް އުނދަގޫ ކުރުވާކަހަލަ ވަހެއް އެތަނުގައި ނެތެވެ. އެހެން ނޫން ނަމަ އޭނާއަށް ކެތްކުރަން އުނދަގޫވީހެވެ. ނަމަވެސް އެ ސިއްރު އުމުރަށް ސިއްރެއްގެ ގޮތުގައި ބޭއްވޭކަށް ނެތްކަން ވެސް އޭނާއަށް އެނގެއެވެ. ކޮންމެވެސް ގޮތަކުން ޔެލިޒްއާއި ޔާޒްއާ އެވާހަކަ ހިއްސާ ކުރަން އެހިތް އެދެމުން ދިޔައެވެ. ނަމަވެސް އެފަދަ ވާހަކައެއް ބުނާނެ ގޮތެއް ނަވަލްގެ ވިސްނުމަކު ނެތެވެ. ނަވަލްއަށް ނޭނގުނީ އޭނާގެ ހުރިހާ ހަރަކާތަކަށް ފާރަވެރިވެގެން އިން މީހަކު އެތާ އިންކަމެވެ. އެފަރާތަކަށް ނަވަލްގެ އެ ސިއްރު އުޅުން ފާހަގަވެފައިވީކަމެވެ.

" ނުނިމޭތަ އަދި. މިހާރު ގެއަށް ދާންވީ ދެން". އިޔާޒް ތެދުވަމުން ބުނެލިއެވެ. ގިނަ އިރު ކޮޅަށް ހުރުމުގެ ސަބަބުން އަރްހަމްއާއި ޔެލިޒް ވަރުބަލިވެފައި ތިބޭނޭ މިންވަރާމެދު އޭނާއަށް ވިސްނާލެވުނީއެވެ. އަރްހަމް އަތަށް ކާރުގެ ތަޅުދަނޑި ދިނީ ރައްޔާންއެވެ. ބާކީ ތިބި މީހުން ގެއަށް ދާނީ އިޔާޒްގެ ވޭނުގައި ކަމަށް ބުންޏެވެ.

ދާންވީ ވަގުތު ޖެހުނީކަން އެނގުމުން ޔެލިޒްއަށް ބަލާލެވުނީ އަސްރާއަށެވެ. އޭރު އަސްރާގެ ނަޒަރުވެސް އޭނާއާ އަމާޒުވެފައިވިއެވެ. ލޮލަށް ޖަމާވާން އުޅުނު ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ޔެލިޒް އަސްރާއާ ކައިރިއަށް ޖެހިލިއެވެ. މަންމަގެ ހަށިގަނޑުގައި ބައްދާލިއިރު ކައިރީ ހުރި ސަލްމާންއަށް ބަލާލަމުން ހިނިތުންވެލިއެވެ.

" ދަރިފުޅު ދިޔައިމަ ވަރަށް ހަނދާންވާނެ. ކޮންމެ ދުވަހަކު ވެސް މިގެއަށް އަންނަންވާނެ. އެއްވެސް ކަމެއް ބޭނުން ވެއްޖެނަމަ މަންމައަށް ގުޅާތި. ދަރިފުޅު މީހަކާ ކައިވެނި ކުރިޔަސް އަދިވެސް ތިއީ މަންމަގެ ކުޑަ ދަރިފުޅު. މި ގޭގެ ދޮރު އަބަދުވެސް ލިޒްއަށްޓަކާ ހުންނާނީ ހުޅުވިފަ". ޔެލިޒްގެ އަތުގައި ހިފަހައްޓައިގެން ހުރެ އަސްރާ ބުނެލިއިރު އޭނާއަށް ރޮވިއްޖެއެވެ. އެ ދަރިފުޅު ދާން އުޅެނީ މާ ދުރަށް ނޫންކަން ވެސް އެނގެއެވެ. އެހެނަސް ދިރިއުޅުމަށް އަންނާނޭ ހުސްކަމާއެކު ޔެލިޒް ނެތުމުގެ ފަޅުކަން އިހްސާސްވާނޭ މިންވަރު އަންދާޒާ ކުރެވި ހިތުގަ ރިއްސަނީއެވެ.

ސަލްމާން ވެސް ކައިރިއަށް ޖެހިލާ ޔެލިޒްގެ ގައިގައި ބައްދާލުމަށްފަހު ނިތްކުރީގައި ބޮސް ދިނެވެ. މިހާރު އޭނާއަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ޔެލިޒްއަށް ރައްކާތެރިކަމާއި ލޯތްބާއި އަޅާލުން ދޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް މީހަކާ ދަރިފުޅު ހަވާލުކުރެވުނު ކަމުގެ ފޮނި އުންމީދާއެކުއެވެ.

ޔެލިޒްއާއި އަރްހަމްއާއެކު ގްރައުންޑް ފްލޯރައާ ހަމައަށް އެންމެން ދިޔައެވެ. ކާރަށް އަރަން ދެންވެސް ޔެލިޒްއާ އެންމެ ގާތުގައިިވީ އަސްރާއެވެ. ފަހު ވަގުތުގައި ވެސް ޔެލިޒްއަށް ނަސޭހަތްތެރިވީ މަންމަގެ ވާޖިބު އަދާކުރުމުގެ ގޮތުންނެވެ.

އަރްހަމް ކާރު ދުއްވާލުމާއެކު ޔެލިޒް ސީޓުގައި ހަމަޖެހިލިއެވެ. ލައިގެން އިން ބޮޑު ހެދުމުގެ ސަބަބުން އޭނާ އެރީ ފަހަތު ސީޓަށެވެ. އެކަމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވީ ހިނދުކޮޅަކަށް ނަމަވެސް އަރްހަމްއާ ވަކިން އިށީންނަން ފުރުސަތު ލިބުނީތީއެވެ. ފާއިތުވެދިޔަ ހަތަރުގަޑި އިރު އޭނާ ކެތްކުރި މިންވަރު ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ.

ކާރު ދުއްވަން އިން ނަމަވެސް އިރުއިރުކޮޅާ ލޯގަނޑުން ފަހަތު ސީޓުގައި އިން ޔެލިޒްއަށް އަރްހަމް ބަލާލައެވެ. އެއިން ކޮންމެ ފަހަރަކު ވެސް ޔެލިޒް އިންނަނީ ބޭރަށް ބަލަހައްޓައިގެންނެވެ. އޭނާގެ މުޅި ނަފްސު ހިޔާލަކަށް ދޫކޮށްލައިގެން އިން ފަދައަކުންނެވެ.

ގެއަށް އާދެވުނުކަން ވެސް ޔެލިޒްއަށް އެނގުނީ އަރްހަމް ބުނުމުންނެވެ. އޭރު ފަހަތު ސީޓުގެ ދޮރު ހުޅުވައިގެން ބޭރުގައި އަރްހަމް ހުއްޓެވެ.

" އޯކޭތަ ހެލްޕް ވިޔަސް؟". ޔެލިޒް އެ ބަރު ހެދުމާއެކު ފައިބަން އުނދަގޫވެދާނޭހެން ހީވެ އަރްހަމް އަހާލިއެވެ. ނަމަވެސް ނުހަނު އަވަހަށް ޔެލިޒް ބޯ ހޫރާލައިފިއެވެ. ހީވާގޮތުން އަރްހަމްގެ އަތް ބީހެން ވެސް އެ ހިތް ނޭދެނީއެވެ. ނޫނީ ގަސްތުގައި އަރްހަމްގެ އެހީތެރިކަމެއް ބޭނުން ނުވަނީއެވެ. އެއްޗެކޭ ނުބުނެ އަރްހަމް މަޑުކޮށްލިއެވެ. ޔެލިޒްގެ ބޯ ހަރުކަމަކީ އޭނާއަށް އާ ކަމަކަށް ވެފައި ނެތީތީއެވެ.

ދޮރު ކައިރީ ހުރި އަރްހަމްއަށް ޔެލިޒް ބަލާލިއެވެ. ދެން ހެދުމުގެ ބޮޑު ފަސްބަޔާއެކު ކާރުގެ ދޮރާ ހަމައަށް ޖެހިލީ މަޑުމަޑުންނެވެ. ކަނާތުފައި ބޭރަށް އަޅާލުމާއެކު ހެދުމުގެ ފަސްބައިން ބޮޑު ބައެއް ވެއްޓުނެވެ. ކުސް ތަޅާލެވުނީ އޭގެން އެކަނި ފައިބާނެ ގޮތެއް ސިކުނޑިއަށް ނައުމުންނެވެ. އެހާ ވަރުން ބޮޑު ހެދުމެއް ނުފަހަން އޭނާ އެދުނީ ވެސް އެހެންވެއެވެ. ނަމަވެސް އެކަންތައް ބޮޑުކޮށްލީ އަސްރާއެވެ.

" ބީ ކެއަރފުލް. ތިހެން އުޅެނިކޮށް ވެއްޓިދާނެ". ޔެލިޒް އުޅޭ ހާލު ފެނި އެންމެ ފަހުން އަރްހަމް ބުނެލިއެވެ. ހިނި އައި ނަމަވެސް އޭނާ ހުރީ ކޮންޓްރޯލް ކޮށްލައިގެންނެވެ. ފުރަތަމަރޭ ޔެލިޒް ރުޅި އަރުވާލަން އޭނާ ބޭނުންނުވީތީއެވެ.

" ޑޫ ނޮޓް ޓަޗް. ބުނީމެންނު ހެލްޕެއް ބޭނުމެއް ނޫނޭ". އަރްހަމް ކުޑަކޮށް އޭނާއާ ދިމާލަށް ގުދުވުމާއެކު ޔެލިޒް ބުނެލިއެވެ. ނުރުހުންވެ އިނދެ ޔެލިޒް ބަލާލުމާއެކު އަރްހަމް ހަށިގަނޑު ސީދާކޮށްލަމުން ލައިގެން ހުރި ފަޓުލޫނުގެ ޖީބަށް އަތް ޖަހާލިއެވެ. ޔެލިޒް ކާރުން ފައިބަންދެން އެގޮތުގައި އޭނާ ހުއްޓެވެ.

ގެއަށް ވަދެ ލިފްޓުން އަރްހަމް އެރީ ހަތަރުވަނަ ބުރިއަށެވެ. އެއީ ކައިވެންޏަށް ރަންކިޔުމާއެކު އޭނާ ކުއްޔަށް ހިފި އެޕާޓްމެންޓެކެވެ. ޔެލިޒްއަށް އުޅެން ފަސޭހަވާނޭހެން ހީވާ ހުރިހާ ގޮތަކަށް އަރްހަމް ހުރީ ވިސްނައިގެންނެވެ. ކުއްލިއަކަށް އަމަތު މެންނާއެކީ އުޅެންވެއްޖެނަމަ ޔެލިޒްއަށް އުނދަގޫވާނެކަން އަރްހަމްއަށް އެނގެއެވެ. އެހެން ނޫނަސް ކައިވެނި ކުރުމަށްފަހު ވަކި ދިރިއުޅުމަކަށް ދިޔުމަކީ އަރްހަމް އަބަދުމެ ބޭނުންވި ގޮތެވެ.

ގެއަށް ވަނުމަށްފަހު ޔެލިޒް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަރްހަމް ކަންތައް ކުރި ފަދައިން ގެއަށް ވަދެ ކަނާތްފަރާތުގައި ހުރި ފައިވާން ހަރުގަނޑުގައި އަރައިގެން ހުރި އުސް ފައިވާން ބެހެއްޓިއެވެ. އެއަށްފަހު އަރްހަމްގެ ފަހަތުން ހިނގައިގަތެވެ. ދޮރުން ވަދެގެން ފުރަތަމަ ހުރީ މާ ދިގު ނޫން ހިމަ ކޯރިޑޯއެކެވެ. ކޯރިޑޯއިން ގޮސް ނިކުމެވެނީ ބޮޑު ސިޓިންގްރޫމަކަށެވެ. ކާގެ ހުރީ ވަކިންނެވެ. ސިޓިންގްރޫމުގެ ވައަތަށެވެ ބަދިގެއަށް ވަދެވެން ހުރީ ވެސް ކާގޭގެ ތެރެއިންނެވެ. ސިޓިންގްރޫމުގެ ކަނާތުން ހުރި ދޮރުން ވަދެވެނީ ކޮޓަރިއަށެވެ. ޔެލިޒްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އެތަން އެއީ އެއް ކޮޓަރީގެ އެޕާޓްމެންޓަކަށް ވުމުންނެވެ.

" ޔެލިޒް ދޭ ފްރެޝްވެލަން. އަހަރެން މަޑުކޮށްލާނަން ބޭރުގަ". އަރްހަމް ސޯފާގައި އިށީނެވެ. މަޑުމަޑުން ބޯ ޖަހާލުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލަމުން ޔެލިޒް އެތެރެއަށް ބަލާލިއެވެ. ކޮޓަރީގެ ބޮޑު މިނާމެދު އޭނާ ހިތްހަމަ ޖެހުނެވެ. ހުރިހާ ފަރުނީޗަރެއް ހުދު ކުލައިން ހުރެފައި ފާރުތަކުގައި ވެސް ހުދު ކުލަ ހުރުމުން އެތަން ކަމުދިޔައެވެ. ލައިގެން ހުރި ހެދުން ބޭލުމުގެ ކުރިން ދޮރު ތަޅުލާފައި ހުރިތޯ ޔެލިޒް އަދިވެސް އެއް ފަހަރު ޔަގީން ކޮށްލިއެވެ.

ގޭގައި ލާން ހެދުމެއް ނުގެނެވޭކަން އޭނާގެ ހަނދާނަން ވެރިވީ މާ ފަހުންނެވެ. ވެފައި ހުރި ވަރުބައްޔާއެކު ކުރިން އެފަދަ ވިސްނުމެއް ނެތީއެވެ. ހަދާނެގޮތެއް ނޭނގި ހުރެފައި ޔެލިޒް ޖެހިލީ އަލަމާރި ކައިރިއަށެވެ. ކޮނޑުގައި އަޅުވާފައި ހުރި ޓީޝާޓުތައް ލޮލުގައި އަޅައިގަތުމާއެކު އޭގައި އަތް ހާކާލިއެވެ. އެއީ އަރްހަމްގެ ޓީޝާޓުތަކެއްކަން އެނގޭއިިރު އޭގޭން ޓީޝާޓެއް ލުމާއި މެދު ވެސް އޭނާގެ ހިތް ދެކޮޅެވެެ. ނަމަވެސް އިތުރު ގޮތެއް ނެތެވެ. ގޮތް ހުސްވެފައި ހުރެ އެތަނުން ޔެލިޒް ނެގީ އަތްދިގު ކަޅު ކުލައިގެ ޓީޝާޓަކާއި އަޅި ކުލައިގެ ޓްރެކްސޫޓެކެވެ. އަރްހަމް ކޮޓަރީގެ ދޮރުގައި ޓަކި ޖެހީ އެވަގުތުއެވެ.

ދޮރުހުޅުވިގެން ދިޔުމާއެކު ފުރަތަމަ ވެސް އަރްހަމްގެ ލޮލުގައި އަޅައިގަތީ ޔެލިޒް ލައިގެން ހުރި ކަޅު ކުލައިގެ ޓީޝާޓެވެ. ކުޑަކޮށް ތުން ފިއްތާލެވުނީ އެއީ މީގެ ހަފްތާއެއް ކުރިން އޭނާ ގަތް ޓީޝާޓަކަށް ވުމުންނެވެ. އަދި ނުވެސް ލައި އޮތް އެ ޓީޝާޓް ޔެލިޒް ލައިގެން ހުރިތަން ފެނުމުން ހިތްހަމަނުޖެހުނެވެ.

" ތި ޓީޝާޓު ނޫން އެހެން އެއްޗެއް ނެތްތަ؟". އަލަމާރީގެ ދޮރު ހުޅުވާލަމުން އަރްހަމް އަހާލިއެވެ.

" މި ޓީޝާޓު ކިހިނެތްވީ؟ އަނެއްކާ މައްސަލައެއްތަ އަހަރެން ތީނަގެ އެއްޗެއް ލުމަކީ؟". އަރްހަމްއަށް ނަޒަރެއް ދެމުން ޔެލިޒް އަހާލިއެވެ. އަރްހަމްއަށް ބޯ ހޫރާލެވުނެވެ.

" ލުކް! އަހަންނަށް ވެސް ނަމެއް އޮވޭ. އަބަދު ތީނައޭ ކިޔަނީ ކީއްކުރަން. ޔެލިޒްއަށް އަހަރެންގެ ނަން ނޭނގެނީތަ؟ ނޫނީ އަހަރެންގެ ނަން ކިޔަން ބޭނުން ނޫނީތަ؟" އަރްހަމް އަހާލިއިރު އެ އަޑުން ހިސާބަކަށް ހިތްހަމަ ނުޖެހިފައި ހުރިކަން ޔެލިޒް ދެނެގަތެވެ. ކުޑަކޮށް މަޖާވުމާއެކު އިތުރަށް އަރްހަމް ރުޅި އަރުވާލުމަށް އެ ހިތް އެދުނެވެ.

" ދެރަވީތަ؟ އެނީވޭސް. މި ޓީޝާޓް ނުލާންވީ ކީއްވެ؟ މާ އަގުބޮޑު އެއްޗަކީތަ؟ ނޫނީ އިޒް ދިސް އަ ސްޕެޝަލް ވަން ފްރޮމް އެ ސްޕެޝަލް ޕާސަން؟". ޔެލިޒް ބުނެލީ ލާނެތް ހިނިތުންވުމަކާއެކުގައެވެ. ހީކުރި ގޮތަށް އެ ސަމާސާ އަރްހަމްއަށް ކަމުނުދިޔައެވެ. އެ ވަރުގަދަ ބުމަ ގޮށް ޖެހުނުތަން ފެނުމާއެކު ޔެލިޒް ހިސާބަކަށް ޖެހިލުންވިއެވެ. އަރްހަމް އެއްޗެކޭ ބުނުމުގެ ކުރިން އަވަސް ހިނގުމެއްގައި ގޮސް އަލަމާރިން އެހެން ޓީޝާޓެއް ނަގަން އުޅުނެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކަށް ލަސްކަމެއް ވެރިވީ ކޮނޑުގައި އަޅުވާފައި އޮތް ހުދު ގަމީސް ލޮލުގައި އަޅައިގަތުމުންނެވެ. އެ ގަމީހާއި ގުޅިފައިވީ ދުވަސް މާ ރަނގަޅަށް ވެސް ޔެލިޒްގެ ހަނދާނުގައި އެބަ ހުއްޓެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ ހިނދު އޭނާއަށް އެ ގަމީހުގައި ހޭކިފައި ހުރި ލިފްސްޓިކް ފެނިއްޖެއެވެ.

" އަތް ކުރު ޓީޝާޓެއް ނޫން. ދިގު އެއްޗެއް. ނަމާދު ކުރަން މި އުޅެނީ". ޔެލިޒް ނެގި އަތް ކުރު ޓީޝާޓް ފެނުމުން އަރްހަމް ބުނެލިއެވެ. ޔެލިޒްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެހެނަސް އޭނާ ކަންތައް ކުރީ އަރްހަމް އެދުނު ފަދައިންނެވެ.

ތާޒާ ވެލައިގެން އަރްހަމް ނުކުތް އިރު ކޮޓަރީގައި ޔެލިޒް ނެތެވެ. އެހެންކަމުން ޔެލިޒްއަށް ގޮވާލުމަށްފަހު އައުމަށް އެދުނެވެ. ފަސް ވަރަކަށް މިނިޓް ފަހުން ޔެލިޒް ކޮޓަރިއަށް ވަތްއިރު އަރްހަމް އެނދުގައި އިށީނދެލައިގެން އިނެވެ. އަތުގެ އިޝާރާތުން ޔެލިޒް ގާތު އައުމަށް އެދުމުން އޭނާ ބަލަން ހުރީއެވެ. އަންނާކަށް ނޫޅުނެވެ.

" ނޫޅެން ކަމެއް ކުރާކަށް. ދުރުގަ އިނަސް ހެޔޮ. ޔެލިޒްއަށް ދޭން ވެފަ އޮތް އެއްޗެއް އެބަ އޮތް. ޑު ނޮޓް މިސްއަންޑަރސްޓޭންޑް. އެއީ އަހަރެން ގަތް އެއްޗެއް ނޫން. ދޮންތަ ގަނެފަދިން އެއްޗެއް. ކައިވެނީގެ ފުރަތަމަރޭ ޔެލިޒްއާ ހަވާލުކުރަން ބުނީ". އަރްހަމް ތެދުވެގެން ގޮސް އަލަމާރީގެ ވަތްގަނޑުން ނެގި ބޮޑު ޕާރްސަލް ފޮށި ހިފައިގެން ގޮސް އެނދުމަތީ ބޭއްވިއެވެ. އަދި އެ ޕާރްސަލް ކަނޑަށް ޔެލިޒްއަށް ފުރުސަތު ދިނުމުގެ ގޮތުން ކޮޓަރީގެ ބެލްކަންޏާވީ ދިމާލުގައި ހުރި ސޯފާގައި އިށީނެވެ.

އެނދުގައި ޔެލިޒް އިށީނީ ދެނެވެ. ފާރްސަލް ކަނޑާލުމަށްފަހު އޭގައި ހުރި ތަކެއްޗަށް ޔެލިޒް ބަލާލިއެވެ. ހުދުކުލައާއި ރަން ކުލައިން ފަރުމާ ކޮށްފައި އޮތް މުޞައްލަ ސެޓު ފެނުމުން ހިތަށް ވެރިވީ ފޫހިކަމެކެވެ. އޭނާ އުންމީދުކޮށްގެން ހުރީ އެފަދަ ހަދިޔާއަކަށް ނޫނެވެ.

" ކަމުދޭތަ؟". ޔެލިޒް ބަލަން އިން ގޮތުން އަރްހަމް އަހާލިއެވެ. ލަސްލަހުން ޔެލިޒް ބޯ ޖަހާލުމުން އަރްހަމް އެދުނީ ނަމާދުކުރަން ތައްޔާރުވުމަށެވެ. ވުޟޫ ކުރުމަށްފަހު މުޞައްލައާއި ދޮޅި ހިފައިގެން އައިސް ޔެލިޒް މަޑުކޮށްލުމުން އަރްހަމް ތެދުވިއެވެ. ގިބްލައަށް ވާގޮތަށް މުޞައްލަ އަޅައިދިނުމަށްފަހު އޭނާ ހުއްޓިލީ ޔެލިޒްއަށް ވުރެ ކުޑަތަންކޮޅެއް ކުރީގައެވެ. އިމާމްވެ އަރްހަމް ނަމާދުކުރަން ފެށުމުން އެ ހަރަކާތްތަކަށް ސަމާލުކަން ދެވޭތޯ ޔެލިޒް ބެލިއެވެ. ނަމާދުކޮށް ނިމުމާއެކު އަރްހަމް ކަނާތް ހިއްލައި ޔެލިޒްގެ ނިތްކުރީގައި އެޅިއެވެ. އޭނާ ދުޢާ ކިޔަމުން ދިޔައިރު ޔެލިޒްއަށް އިނދެވުނީ ހައިރާންވެފައެވެ. މިވަނީ ކިހިނެތްކަން ވިސްނައިގަންނަން ނޭނގިފައެވެ.

" ނުބުނަންތަ އަހަރެން ގައިގަ އަތްނުލާށޭ؟" އަރްހަމްގެ އަތް ނިތްކުރިން ނެގުމާއެކު ޔެލިޒް ބުނެލިއެވެ. އަވަސް އަވަހަށް އޭނާ ތެދުވި ގޮތުން އަރްހަމްއަށް ހެވުނެވެ.

" ދުވަހަކު ވެސް އަޑެއް ނާހަން ދޯ ކައިވެނިކޮށްފަ ދެމަފިރިން އެކުގައި ކުރާ ސުންނަތް ނަމާދުގެ ވާހަކަ؟ އެ ނަމާދު މި ކުރީ. ނަމާދަށްފަހު ފިރިމީހާ އަށް އޮންނަ ކަމެއް އެއީ އަނބިމީހާގެ ނިތްކުރީ އަތްއަޅާފައި ދުޢާ ކުރުން". އަރްހަމް ކިޔައިދިނެވެ.

" އޯކޭ ދެން ތި ހުރިހާ އެއްޗެއް ކިޔައިނުދިނަސް. އަހަރެން ނިދަނީ ކޮންތާކު؟ ޑޯންޓް ޓެލްމީ ވީ އާ ގޮނަ ޝެއަރ ދިސް ބެޑް". އިސްތަށިގަނޑާއި ދޮޅި ވަކިކުރުމަށްފަހު ޔެލިޒްގެ ހިތުގައިވީ ސުވާލު ކޮށްލިއެވެ. މުޅި ދުވަހު އޭނާގެ ސިކުނޑީގައި ހަރުލާފައިވި ކަންތަކަކީ އެއީ އެވެ.

" ޔެލިޒް ހީކުރީ އަހަރެން ބޭނުންވާނެ ކަމަށްތަ ނުދަންނަ މީހަކާ އެކީ އެއް އެނދެއްގަ ނިދަން؟". އަރްހަމް އަހާލިގޮތުން ޔެލިޒްއަށް ބުމަ ކައިރިކޮށްލެވުނެވެ. އެފަދައިން އަރްހަމް އޭނާ ދުރުކޮށްލުމުން ހިތުގައި ރިއްސާލިއެވެ.

" އަހަރެންމީ އަރްހަމްގެ އަނބިމީހާ". ޔެލިޒް ބުނެލިއެވެ. އޭނާ ހިތްހަމަނުޖެހުނީކަން އަރްހަމް ދެނެގަތެވެ. އެއާއެކު ހައިރާން ވެސް ވިއެވެ. ޔެލިޒްގެ ދުލުން އެފަދަ ލަފްޒެއް އިވިދާނެކަމުގެ އުންމީދު ކުރެވިފައި ނެތީތީއެވެ.

" އިޒް އިޓް؟ އެހެންވީމަ އަނބިމީހާގެ މައްޗަށް ވާޖިބެއް މާތްﷲ ނަހީކުރައްވާފައިވާ ކަމެއް މެނުވީ ފިރިމީހާ ބުނެފިނަމަ ކޮންމެ ކަމެއް ވެސް ކުރުމަށް. އެކަމަކަށް ބޯލެނބުމަށް. ސޯ ބީ މައި ވައިފް". އަރްހަމް ޔެލިޒްއާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ.

އަރްހަމް ބުނެލި ކޮންމެ ޖުމްލައެއް ޔެލިޒްގެ ސިކުނޑީގައި ހަރުލައިގެން ދިޔައެވެ. ހާއްސަކޮށް ފަހު ޖުމްލައެވެ. އޭގެ މާނަ ނޭނގޭހާ އޭނާގެ ސިކުނޑި ޅައެއް ނޫނެވެ. ނަމަވެސް އެފަދަ ގުޅުމަކަށް ޔެލިޒް ތައްޔާރެއް ނޫނެވެ. އަރްހަމްއަށް އެ ހަށިގަނޑު ހިބަކޮށްދޭން އެ ހިތް ނޭދެއެވެ. ދެލޯ ބޮޑުވެ ހުރެ ޔެލިޒް ޖެހިލީ ފަހަތަށެވެ. އޭރު އަރްހަމް އޭނާއާ ނުހަނު ކައިރިވިއްޖެއެވެ.

" ސްޓޮޕް. ދުރުގަ ހުރޭ. އިތުރަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އަޅައިފިއްޔާ ނިމުނީ". ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަނެއް އަތް ޔެލިޒް މޭގައި ހުރަސްކޮށްލިއެވެ. އެހެނަސް އަރްހަމްއަށް އަޑު ނީވޭ ފަދައެވެ. ޔެލިޒްއާ ނަޒަރު ވަކިކުރުމެއްނެތި އޭނާ ފިޔަވަޅު އަޅަމުން ގޮސް އެ ނާޒުކު އަންހެންކުއްޖާއާ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓިއްޖެއެވެ. ގެނައި ކުއްލި ހަރަކާތާއެކު ޔެލިޒްގެ އުނަގަނޑުގައި އަތް އަޅުވާލަމުން އެ ތުނި ހަށިގަނޑު އަރްހަމް ގައިދުކޮށްލީ ނުހަނު ފަސޭހައިންނެވެ.

" ނައު ޓެލްމީ! ވަޓް ކެން ޔޫ ޑޫ؟". އަރްހަމް ބުނެލީ ޔެލިޒްގެ ކަންފަތް ބުޑުގައެވެ. އޭގެ އަސަރު ޔެލިޒްގެ މުޅި ހަށިގަނޑާއި ނަފްސަށް ކުރުވި ކަހަލައެވެ. ގެންނާނޭ ހަރަކާތެއް އެ ސިކުނޑިއަށް ނައެވެ. ދެލޯ ބޮޑުވެ ހުރެވުނީއެވެ. އަރްހަމް ދުރުކުރާނޭ ހިތްވަރެއް ވެސް އޭނާގެ ނެތެވެ. ހިނދުކޮޅަކަށް ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޔެލިޒް ގެނައި ހަރަކާތާއެކު އަރްހަމްގެ ބާރު ހަޅޭކުގެ އަޑު އިވުނެވެ.

= ނުނިމޭ =

Ads by Ooredoo
  1. Badhoora

    ޕިސް ޕިސް މި ޔެލިޒް އެއް ހަހަ

  2. ިހ….ހެހެހެއް.. ކިހިނެއްބާ އެހެދީ….ވ ވ ރީތި ވާހަކައެއް…މާސާ އަށް އިތުރު ކާމިޔާބަށް އެދެން…ވ މޮޅު ސިފަކުރުންތައްވެސް..

  3. ޖައި

    މި ވާހަކައިގެ ފުރަތަމަ ަ އެޕިސޯޑ ު ތައް ހާސަރު ދި ގު….. މިހާރު ވ.ރަށް ރިތި…. ޔެލޒް މި މަޖާ މީހެްއް ހަހަ