އޮމަދޫއިން މާލެ ގެނައި މީހާގެ ދެވަނަ ޓެސްޓު ނައްސި ވެއްޖެ

ސިއްހީ ހާލަތު ގޯސްވެގެން އދ. އޮމަދޫއިން މާލެ ފޮނުވާލި އަންހެނަކު މީހާގެ ދެވަނަ ޓެސްޓު ކޮވިޑް-19 އަށް ނައްސި ވެއްޖެއެވެ.
އެރަށު ކައުންސިލާ ހަވާލާދީ "ދަ ޕްރެސް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމީހާގެ ފުރަތަމަ ޓެސްޓު ފައްސި ނަމަވެސް ދެވަނަ ފަހަރަށް ކުރި ޓެސްޓުން އެމިހާ ބައްޔަށް ނައްސި ކަމަށް ދައްކާފައިވާ ކަމަށެވެ.
މާލެއަށް ފޮނުވާލި އޮމަދޫ އަންހެނަކު ކޮވިޑް-19އަށް ފައްސިވެފައިވަނީ އިއްޔެ އެވެ.
އދ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެ އަންހެން މީހާ އަކީ ނޭވާލުމުގެ ނިޒާމުގެ މައްސަލަ ހުންނަ މީހެކެވެ. އޭނާ މާލެއަށް ފޮނުވާލީ ވެސް ނޭވާލާން އުނދަގޫވެ ހާލު ދެރަވެގެން ކަމަށް ވެއެވެ.
އަލްޙަމްދު ލިލްލާހި