Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްޑީޕީ ކޮންގްރެސްގައި 1،178 ބައިވެރިން

އެމްޑީޕީ ކޮންގްރެސްގައި 1،178 ބައިވެރިން

މިރޭ ފަށަން ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވާން ށް ރަޖިސްޓްރީކުރީ 1،178 މީހުން ކަމަށް ކޮންގްރެސްގެ ޗެއާ އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސްއާ ގުޅޭ ގޮތުން ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1،365 މީހުންނަށް ލިބިގެންވާ ކަމަށެވެ. ކޮންގްރެސްގައި ބައިވެރިވާ މީހުންނަށް މިހާރު ފާސްތައް ދޫކުރަމުން އަންނަ އިރު 1،708 މީހުންގެ ތެރެއިން 900 އަށް ވުރެ ގިނަ މީހުން ފާސް ނަގާފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

ކޮންގްރެސް ބާއްވާ މައި ހޯލަށް ވަދެވޭނީ ވަކި ބަޔަކަށް ކަމަށާއި އަދި ޕާޓީގެމެމްބަރުންނަށް ސޯޝަލް ސެންޓަރުގެ މަތީ ފަންގިފިލާ ހަމަޖެހޭނެ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ކޮންގްރެސްގައި ބައިވެރިވާ މީހުން ސޯޝަލް ސެންޓަރަށް ވަންނަން ޖެހޭނީ މާފަންނު މަދަރުސާ ކުރިމަތީ ގޭޓުންނެވެ. އަދި ސެކިއުރިޓީ ޗެކިން ފުރިހަމަކުރަން ޖެހޭނެ ކަމަށާއި ފާސް އޮތްތޯ ވެސް އެމްޑީޕީން ބުންޏެވެ.

މި ކޮންގްރެސް އަށް 200 އަށް ވުރެ ގިނަ މީހުން ރަށްތަކުން މާލެ ގޮސްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް