Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްޑީޕީގައި ޚިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ، ޕާޓީ ދާނީ ކުރިޔަށް: ރައީސް ޞާލިޙް

އެމްޑީޕީގައި ޚިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ، ޕާޓީ ދާނީ ކުރިޔަށް: ރައީސް ޞާލިޙް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގައި ޚިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށާއި ޚިޔާލު ތަފާތުވުންތަކާއެކު ވެސް އެ ޕާޓީގެ ކުރިޔަށްދާނެ ކަމަށް ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމަށް ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި އެމްޑީޕީގައި ތަފާތު ހިޔާލުތަކަށް އަބަދުވެސް ޖާގަ އޮންނާނެ ކަމަށެވެ. އެންމެންނަށް އެއްބަސްވާ ކަންކަން ހުރި ނަމަވެސް ބައެއް ކަންކަމަކީ އެންމެންނަށް އެއްބަސް ނުވެވިދާނެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"އޮތް ހަމައެކަނި ގޮތަކީ ހިޔާލު ތަފާތުވުންތަކާއި ތަފާތު ހިޔާލުތަކާއެކުގައި ކުރިޔަށް ދިޔުން. ދިވެހިރާއްޖެ އާއި ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އަޅުގަނޑުމެން އެކުވެގެން ދިއްލި މިދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށް ވެސް ފަނޑުވެ، ނިވުނަ ދީގެން ނުވާނެ." ރައީސް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވީ، އެމްޑީޕީ އުފެއްދީ ވަކި ގަބޫލުކުރުންތަކެއްގެ މަތީގައި ކަމަށާ އެ ގަބޫލު ކުރުން މަތީގައި ދެމި ތިބެން ޖެހޭ ކަމަށެވެ. އަދި މިއަދު އާދެވިފައި ތިބި ހިސާބަކީ އެތައް ބަޔަކު ކުރި ބުރަ އަދި ނުރައްކާތެރި މަސައްކަތްތަކެއްގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ.

ޚިޔާލު ތަފާތުވުމުގެ ވާހަކަފުޅު ރައިސް ޞާލިޙް ދެއްކެވެއިރު، ވެރިކަން ކުރުމުގެ ނިޒާމާއި ގުޅޭ ގޮތުން، އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް