ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

" ނައު ޓެލްމީ! ވަޓް ކެން ޔޫ ޑޫ؟". އަރްހަމް ބުނެލީ ޔެލިޒްގެ ކަންފަތް ބުޑުގައެވެ. އޭގެ އަސަރު ޔެލިޒްގެ މުޅި ހަށިގަނޑާއި ނަފްސަށް ކުރުވި ކަހަލައެވެ. ގެންނާނޭ ހަރަކާތެއް އެ ސިކުނޑިއަށް ނައެވެ. ދެލޯ ބޮޑުވެ ހުރެވުނީއެވެ. އަރްހަމް ދުރުކުރާނޭ ހިތްވަރެއް ވެސް އޭނާގެ ނެތެވެ. ހިނދުކޮޅަކަށް ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޔެލިޒް ގެނައި ހަރަކާތާއެކު އަރްހަމްގެ ބާރު ހަޅޭކުގެ އަޑު އިވުނެވެ.

Ads by MWSC

***************************

"ސީރިޔަސްލީ ޔެލިޒް؟ މޮޔަވީތަ؟". ގުދުވެ އޮވެ އަރްހަމްއަށް ބުނެވުނީ އުނދަގުލުންނެވެ. އިހްސާސް ކުރެވެމުން ދިޔަ ތަދަށް ކެތެކުރަން ދަތިވެ އޭރު އެ ލޮލުން ހޯސްލާފައި ފެން އާދެއެވެ.

" ސެލްފް ޑިފެންސް. ކުޑައިރު އަހަރެން ކަރާޓީ ކްލާހަށް ދިޔަ ވާހަކަ ބައްޕަ ނުބުނޭ ދޯ؟". ދެއަތް ފޮޅާލަމުން ޔެލިޒް ބުނެލިއެވެ. އޭރު ވެސް އެއްޗެއް ނުބުނެވިފައި އަރްހަމް އޮތެވެ. އިރުކޮޅަކުން ގޮސް އޭނާ ސޯފާގައި އިށީނީވެސް އުނދަގުލުންނެވެ. އެ ބެލުމުގައިވި އަސަރުން ޔެލިޒް ފިއްސާލަން އުޅޭ ކަހަލައެވެ. އެހެނަސް އެއިން ކަމަކަށް ޔެލިޒްގެ ސަމާލުކަމެއް ނުހުއްޓުނެވެ. އެނދުގައި އޮށޯވެ ބާލީހުގައި ބައްދާލިގޮތަށް އޭނާ ހިމޭންވެއްޖެއެވެ. ހީވާ ގޮތުން ނިދުނީއެވެ.

އަރްހަމް ތެދުވީ ފަނަރަ ވަރަކަށް މިނިޓް ފަހުންނެވެ. ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް ހުއްޓިލީ ޔެލިޒް ނިދާފައި އޮތް ފަރާތުގައެވެ. އެ މޫނު ފެންނާނޭހެންނެވެ. ކޮޓަރީގައި ދިއްލާފައި ހުރި ފަނޑު އަލީގެ ތެރެއިން އެ ދޮން މޫނު ހާމައަށް ފެންނަން އޮތް ގޮތުން އަރްހަމްއަށް ހިންދިރުވާލެވުނެވެ. ކަނާތް ދަމާލައިގެން އެ އަތްމަތީ ބޯ އަޅައިގެން އޮތް އިރު ވައަތް އޮތީ ކައިރީ އޮތް ބާލީސް ދަށުގައެވެ.

ރާއްޖޭގެ އާންމުކޮށް އުޅޭ ގިނަ އަންހެންކުދިންނަށްވުރެ ޔެލިޒް އިސްކޮޅުން ދިގުކަމަށް ދައްކައެވެ. ހިކިކޮށް ހުރި ނަމަވެސް ހަށިގަނޑުގެ ބައްޓަން ރީއްޗެވެ. ކަޅުކަންގަދަ ބުޅި އިސްތަށިގަނޑުން ބައެއް ކުދި ބުޅިތައް ކަންފަތް ކައިރިން މޫނު މައްޗަށް އެޅިފައި ހުއްޓެވެ. ނިދާފައި އޮތް އިރު ވެސް އެ މޫނުން ފާޅުވާން ހުރީ މައުސޫމު ކަމެވެ. ހަންގަނޑު ދޮންވުމުގެ ސަބަބުން އޭނާގެ ކޯތާފަތަށް އަރާފައި ހުންނަ ރަތްކުލައިން އެ ރީތިކަން އިތުރުވާހެން އަރްހަމްއަށް ހީވެއެވެ. ކިތަންމެ ވަރަކަށް ޔެލިޒްގެ އުޅުމާއި މެދު ހިތްހަމަ ނުޖެހުނަސް އެ ރީތިކަމަށް ހިތުގެ އަޑިން އަރްހަމްއަށް ތައުރީފް ކޮށްލެވުނެވެ.

"ލިޓިލް އިނޮސެންޓް ލުކިންގް ޑެވިލް. އައި ހޭޓް ޔޫ". ޔެލިޒްގެ މޫނާ ދިމާލަށް ގުދުވެލަމުން އަރްހަމް ބުނެލީ ސިއްރުންނެވެ. ދެން އޭނާ ތެދުވެ ހިންދެމިލިއެވެ. ލަސް ހިނގުމެއްގައި ގޮސް ސޯފާއަށް އަރާ އޮށޯތީ ޔެލިޒްއާ އެއް އެނދެއްގައި ނިދުމާއި މެދު ހިތް ދެކޮޅު ހެދީތީއެވެ. ހަލާލު އަނބިމީހާއަށް ވި ކަމުގައި ވިޔަސް އެ ދެމެދުގައި ވާ ބޯ ފަރުދާ އަރްހަމްއަށް އިހްސާސް ކުރެވެއެވެ. އެހެނީ ޔެލިޒްގެ ހުއްދަ ނެތިވެ އެ ހަށިގަނޑުގައި ބީހެން ވެސް އޭނާ ނޭދެއެވެ.

އަރްހަމް ދިޔަކަން ޔަގީންވުމާއެކު ޔެލިޒް ލޯ ހުޅުވާލީ ސިއްރުންނެވެ. އަރްހަމް ބުނި ޖުމްލަ ނުހަނު ސާފުކޮށް އިވުނު ނަމަވެސް އެއްޗެކޭ ނުބުނެ ހިމޭނުން އޮތީއެވެ. ބައެއްފަހަރު އެންމެ ރަނގަޅު ގޮތަކީ އެއްޗެކޭ ނުބުނުންކަން ޔެލިޒްއަށް އެނގެއެވެ. އެހެނަސް އެ ޖުމްލަ އޭނާގެ ހިތުގައި ހަރުލާފައިވިއެވެ.

*************************

ކޮޓަރީގައި އިން ޖީނާގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް އައިޕެޑަށެވެ. ސޯފިޔާ ފޮނުވާފައި ހުރި ފައިލްތައް ބަލަމުން ދިޔައިރު އެ މޫނުކޮޅަށް ވެރިވަމުން ދިޔައީ ތަފާތު އަސަރުތަކެކެވެ. ބައެއް ފަހަރު ހިނިތުންވުމެއް ފެނިލާއިރު އަނެއްބައިފަހަރު ބުމަ ކައިރިވެގެންދެއެވެ. އެ ކޮޓަރިއަށް ކައިސަން ވަންކަން ވެސް އޭނާ އަށް ނޭނގުނީ އެކަމަށް ގެއްލި ހުސްވެފައި އިނދެވުނު ވަރުންނެވެ.

" ޕޮއް". ކަންފަތް ކައިރިން ކައިސަންގެ އަޑު އިވުމާއެކު ސިހިފައި ޖީނާގެ އަތުން ދޫވެ އައިޕެޑް ކާޕެޓް މައްޗަށް ވެއްޓުނެވެ. ކައިސަންއަށް ސަމާލުކަން ނުދީ ޖީނާ އަވަހަށް ނަގަން އުޅުނީ އައިޕެޑެވެ. އެހެނަސް އެއަށްވުރެ ކުރިން އެ އައިޕެޑް ނެގީ ކައިސަންއެވެ. ޖީނާއަށް ފުން ނޭވާއެއް ދޫކޮށްލެވުމާއެކު ކައިސަން ކޮށްފާނެ ސުވާލަކަށް ނަފްސު ތައްޔާރުކޮށްލިއެވެ.

" ޖީން އަދިވެސް ތި އުޅެނީ މީނަގެ ފަހަތުން؟". އައިޕެޑްގައި ހުރި ފޮޓޯއަށް އިޝާރާތް ކުރަމުން ކައިސަން އަހާލިއިރު އެ މޫނުން ހިސާބަކަށް ނުރުހުންވުމުގެ އަސަރު ފެންނަން ހުއްޓެވެ. ޖީނާ އައިޕެޑް އަތުލަން އުޅުމުން ކައިސަން އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ދެލޯ ހަނިކޮށްލަމުން ބަލާލި ގޮތުން ޖަވާބެއްގެ އިންތިޒާރުގައި ހުރީމޭ ބުނި ފަދައެވެ.

" ފައިން! ދޮންބެއަށް ނޭނގޭ ކަމެއް ނޫނެއްނު ތިއީ؟" ޖީނާގެ ފަރާތުން އައީ ފަރުވާކުޑަ ޖަވާބެކެވެ. ކައިސަން އިތުރަށް ހިތްހަމަނުޖެހުނު ކަމެއް ކަމުގައި އެކަން ވިއެވެ.

" ޖީން ބުނީމެންނު ރިވެންޖް ލިބުނީމަ ނޫޅޭނަމޭ! މިހާރު އެ އަންހެންކުއްޖާއަށް ވެސް ޖީން ބޭނުންވި ގޮތް ވެއްޖެއެންނު. ދެން އަރްޔަން އޭނަ ފަހަތުން ނޫޅޭނެ. ހޫ ވުޑް ވޯންޓް އެ ގަރލް ލައިކް ދެޓް؟ އެހެން ނޫނަސް ނަވަލްއަށް ވުރެ ޖީން އެތަށް ގުނައެއް ރީތި. ދުވަސްކޮޅަކުން އަރްޔަން އަންނާނެ ޖީން ކައިިރިއަށް. އޭނާއަށް ނަވަލްގެ ހަގީގަތް އެނގެން ދެން މާ ގިނަ ދުވަހެއް ނުނަގާނެ". ކައިސަންގެ ވާހަކަތަކުން ޖީނާއަށް ލިބުނު ހަމަޖެހުމެއް ނެތެވެ. އެހާ ފަސޭހައިން އަރްޔަން، ޖީނާގެ ލޯތްބަށް އެދި އަތުވެދާނޭ ކަމުގައި ގަބޫލު ނުކުރެވެނީއެވެ.

" ދެން އެ ނަވަލްގެ ޕޭރެންޓްސް އޯ؟ އެމީހުންނަށް ވެސް އެނގެން ޖެހޭނެއެންނު. އަރްޔަން މާ މާތް މީހަކަށް ހެދި އަންހެނާގެ ގޮތް އެނގުނީމަ ޔަގީން ދޯ އޭނަ އަހަރެން ކައިރިއަށް އަންނާނެކަން؟". ޖީނާ އަހާލީ ޔަގީން ކުރަން ބޭނުންވެފައި ހުރި ވަރުންނެވެ. ކައިސަން ހަމައެކަނި ބޯ ޖަހާލީއެވެ. ހަގީގަތަކީ ކުރެވުނު ކަންތަކާ ހުރެ ހިތުގެ ކޮންމެވެސް ހިސާބަކުން ނުތަނަވަސްވާ ކަމެވެ. ނަވަލްއަށް އެހެން ހެދުން ހައްގުތޯ ފަހަކަށް އައިސް އަމިއްލަ ޒަމީރާ ސުވާލު ކުރެވޭލެއް ގިނައެވެ.

" ދެން ތި ވާހަކަ ދައްކާނީ ފަހުން. ޖީން ރެޑީ ވޭ ރިސޯޓަށް ދާން. މަންމަ އެއްބަސް ނުވި މިކޮޅަށް އަންނާކަށް. ޝީ ޑަޒަންޓް ނޯ ޖީން ހުރިކަމެއް. އެހެންވީމަ ދޮންބެއާއި ޖީން ޖެހޭނީ މަންމަ ކައިރިއަށް ދާން". ޖީނާގެ މޫނު އެކީ އެކައްޗަކަށް އަލިވިހެން ހީވިއެވެ. އަސްލުހެއްޔޭ ބުނެ އަވަހަށް އައިޕެޑް ބޭއްވިގޮތުން ކައިސަން އަށް ހިނިތުންވެވުނެވެ. ފަހަރެއްގައި އެ ކޮއްކޮއަށް ބޭނުންވާ އެއްޗަކީ އަރްޔަންގެ ލޯތްބަށްވުރެ މަންމަ ނެހާންގެ ލޯބި ކަމުގައި ހީވިއެވެ.

ޖީނާ ތައްޔާރުވާން ދިޔުމުން ކައިސަންގެ ނަޒަރު ދަތުރުކޮށްލީ އޭނާ ގެންގުޅުނު އައިޕެޑަށެވެ. އަތް ދަމާލުމާއެކު އެ އައިޕެޑް ނެގިއެވެ. އަރްޔަންގެ ފޮޓޯއާ ޖެހިގެން އިން ފޮޓޯއަށް ބަލަން ކައިސަން އިނީ އެތަށް ހާސް އިހްސާސްތަކަކާ އެކީގައެވެ. އަތުގެ ބޮޑުވާ އިނގިލިން ސްކްރީނުން ފެންނަން އިން ނަވަލްގެ ސޫރާގައި ފިރުމާލެވުނީ އިހްތިޔާރަކާ ނުލައެވެ. އެ ނިޔަނެތި އަންހެންކުއްޖާއަށް އެ ހާލު ޖެއްސި މީހަކީ ހުދު ކައިސަންއެވެ. އެއީ ރޭވިގެން ކުރެވުނު ކަމަކަށްވިޔަސް އެ ހިތުގައި ނަވަލްއަށްޓަކާ އިހްސާސެއް އުފެދުމަކީ ވާން ޖެހޭ ކަމެއް ނޫނެވެ. ހިޔާލުތަށް ފުނި ޖެހި ސިކުނޑިއަށް ބާރުވެގެން ދިޔުމާއެކު ކައިސަން ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެއެވެ. އަދި އައިޕެޑް އެނދުމައްޗަށް ދޫކޮށްލުމަށްފަހު ހަރު ހިނގުމެއްގައި އެކޮޓަރިން ނުކުތެވެ.

**************************

ހޭލެވުނު ގޮތަށް ފުންމައިގެން ތެދުވެ ޔެލިޒްއަށް ފުރަތަމަ ވެސް ބަލާލެވުނީ ގަޑިއަށެވެ. ފުސްވެފައިވާ ލޮލުން އެނދުގެ ހެޑް ބޯޑު މަތީ ބެހެއްޓިފައިވާ ގަޑި ފެނުމާއެކު އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. ގައިގާ އޮޅާފައިވާ ރަޖާގަނޑު ދުރަށް ލައި ތެދުވެ ބަލާލެވުނީ ސޯފާގައި އަރްހަމް އޮތްތޯއެވެ. ހައިރާންކަން ވެރިވި މޫނުގައި އަތްހިންގާލަމުން ޔެލިޒް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ގޭތެރޭގައި ހަރުލާފައި ހުރި ވަހާއެކު އޭނާއަށް ނޭފަތުގައި އަތް އަޅާލެވުނެވެ. ލަސް ހިިނގުމެއްގައި ގޮސް ބަދިގެއަށް ވަތްއިރު އެތަނުގައި ހުރި އަރްހަމް ފެނި އޭނާއަށް ނުގޮވީ ކީއްވެތޯ އަހާލެވުނީ ރުންކުރުވެފައި ހުރެއެވެ.

" ޔެލިޒްއަށް ކިހާ ވަރަކަށް ގޮވީމަ ހޭލެވެނީ؟ ނަމާދު ކުރިންތަ ރޭގަ؟". އަރްހަމް އަހާލިއެވެ. އޭރު އުނދުން މަތީ ހުރި ރިހަ ތެލިން ބޮކި ޖަހައި ފޭބި ރިހައިން މުޅި އުނދުން ހަޑިވެފައި އޮތެވެ. އެ މަންޒަރު ފެނި ޔެލިޒްއަށް ބޯ ހޫރާލެވުނެވެ.

" ކޮން ނަމާދެއްތަ؟ ތީނަ ނަމާދުކުރަން ހޭލި އިރު ކިއްވެ ނުގޮވީ؟ ދެން ދޮރު ތަޅުލާފަ އެއީ ކީއްކުރަން؟ ބޭރަށް ދިޔައީތަ؟". އައިލެންޑް ކައިރީ ހުރި ސްޓޫލްއަށް އަރާ ހަމަޖެހިލަމުން ޔެލިޒް އަހާލިއެވެ. އަރްހަމް ބަލާލީ ފާޑަކަށެވެ. ޑްރާމާ ބޮޑު އަންހެންކުއްޖަކީތާއޭ ހިތަށް އެރުމާއެކު ނިތްކުރީ އަތް ހިންގާލެވުނެވެ.

" ހަމަ ތި ހުރިހާ ސުވާލެއް ތި ކުރަނީ ޔެލިޒްއަށް ނޭނގޭތީތަ؟ ނޫނީ އަދިވެސް ކުރެވުނު ކަންތައް ކުޑަވެގެންތަ؟" އަރްހަމްގެ އަޑުން މި ފަހަރު ފާޅުވީ ހިތްހަމަނުޖެހުމެވެ. ސިންކު ކައިރިއަށް ޖެހިލާ އަތް ދޮވެލި ގޮތަށް އޭނާ ނުކުންނަން ހިނގައިގަތެވެ.

" ވެއިޓް ވެއިޓް!! ވަޓް ޑޫ ޔޫ މީން؟ ކޮންކަމެއް ލިޒްއަށް ކުރެވިގެން މިހާރު އަނެއްކާ ތި ހުރިހާ ރުޅިއެއް ތި ބާލަނީ؟". ސްޓޫލްއިން ފުންމާލިގޮތަށް ކުޑަކޮށް ދުވެފައި ގޮސް ޔެލިޒް އަރްހަމްގެ ކުރިމައްޗަށް އެރިއެވެ. ޔެލިޒް ހުރިގޮތް ފެނި އަރްހަމް ގާތަށް ހިނިއަންނަ ގޮތްވިއެވެ. އެ މޫނުގައިވި ސީރިޔަސް ކުލަވަރުން ރޭގައި ޔެލިޒް ކުޅުނު ބޮޑު ޑްރާމާ ހަނދާނުގައި ނެތީކަން އަރްހަމްއަށް އެނގުނު ހިނދު އޭނާއަށް ހެވިއްޖެއެވެ.

" ފަތިސް ނަމާދު ކުރަން ތެދުވެ ގޮވީމަ ވެސް ޔެލިޒް ނުހޭލީއެންނު. މި ތެދުވަނީ އޭ ކިޔަ ކިޔާ އޮވެފަ އަހަރެން އައި އިރު ދޮރު ތަޅުލާފަ ހުރީ. ގޮވާ ގޮވާ ހުޅުވީ އެއް ނޫން. އަރ ޔޫ ހައި އޮން ސަމްތިންގް އޯ އިޒް ދިސް ދި ނޯމަލް ޔޫ ؟" ޔެލިޒްގެ ނިތްކުރީ ޝަހާދަތް އިނގިލި އަޅައި އޮއްބާލަމުން އަރްހަމް ބުނެލިއެވެ. އެހިނދު ޔެލިޒް އަނގަޔަށް ގޮތެއް ހަދާލައިފިއެވެ. އަރްހަމް އެބުނި ފަދަ ކަމެއް ހިނގިކަމެއް އޭނާއަށް އެނގިފައި ނެތެވެ. އެހާ ގަދައަށް ނިދުމުން ޔެލިޒް ކުޑަކޮށް ރަކިވިއެވެ. އެހެނަސް އެކަން މޫނުން ނުދައްކާ އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އަރްހަމްގެ ކުރިމަތިން ގެއްލިއްޖެއެވެ.

ޔެލިޒް އެނބުރި އައީ ވިއްސަކަށް މިނިޓް ފަހުންނެވެ. އޭރު ހޭވިފައި ހުރި އިސްތަށިގަނޑު ހުރީ ރީތިކޮށް އައްސާ ހައްޔަރުކޮށްފައެވެ. މޫނުން ފެންނަން ހުރި ތާޒާކަމާއެކު މުޅިތަން އެއްވަސް ކުރުވީ ޝަވަޖެލްގެ މީރު ވަހުންނެވެ.

" ޔެލިޒްގެ ހެދުން ހުންނާނެ ގެނެއްސަ. އަހަރެންގެ ޓީޝާޓްތައް މީގެ ފަހުން ނުލާތި. ހެނދުނު ޔެލިޒްގެ ބައްޕަ ގެނެސްދިނީ ފޮށި". ސޯފާގައި އިން އަރްހަމްއަށް ޔެލިޒް ފެނި ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ ޔެލިޒް ވެސް ސޯފާއަށް އަރާ އިށީނެވެ. ދެމީހުންގެ މެދުގައި ދައްކާނެ ވާހަކައެއް ނެތި އިންނަން ޖެހުމުން ފޯނު ނަގައިގެން އިނީއެވެ. ގިނަ އިރުތަކެއް ނުވެ ގޭގް ބެލް ޖަހާލި އަޑު އިވުމާއެކު ޔެލިޒް ތެދުވެއްޖެއެވެ. އެނބުރި އައި އިރު އަތުގައި އޮތް ޕިއްޒާ ފޮށި ފެނި އަރްހަމްއަށް ވީގޮތް ނަގައިގަނެވުނެވެ. އޭނާ ކެއްކުމުން ޔެލިޒް ކާން ބޭނުންނުވީއެވެ.

" އެހެންވީމަ ހުރިހާ ކަމެއް ވެސް ވަކިން ދޯ ކުރަންވީ؟ ނިދުން ވެސް. ކެއުން ވެސް. ޔޫ ނޯ ވަޓް؟ މޭބީ ޔޫ ޝުޑް ލިވް އެލޯން ޓޫ!". އަރްހަމް ބުނެލިއެވެ.

" އެންޑް ޔޫ ނޯ ވަޓް؟ މޭބީ ޔޫ ޝުޑް ސްޓޮޕް ޓްރައިންގް ޓު ޓޯކް ވިތް މީ!". އަރްހަމްއަށް ވުރެ ޔެލިޒްގެ ޖަވާބު އަވަހެވެ. އެންމެ ސިކުންތަކަށް ވެސް ދޫ ދޭން ބޭނުންނުވާ ފަދައެވެ.

" އަދި އެއް ވާހަކަ. އަހަންނަކީ އިނޮސެންޓް ލުކިންގް ޑެވިލް އެއް. އެހެންވީމަ ކިހިނެތް ތީނަ އަހަންނާއެކު އުޅޭނީ؟" ޕިއްޒާފޮތިން އެތިކޮޅެއް ކާލަމުން ޔެލިޒް ބުނެލިއެވެ. މި އަންހެންކުއްޖާގެ ގޮތް ދުވަހަކުވެސް ދަސްވާނެ ބާއޭ އަރްހަމްގެ ހިތް ބުނެލިއެވެ. އަބަދު ވެސް ކޮންމެވެސް ކަމަކާ ޒުވާބެއް ކޮށްލާ ހިތްވެފައި ހުންނަ ކަހަލައެވެ. އެހެން ނޫނީ އަދިވެސް އެ ހިތުގައި އަރްހަމްއަށްޓަކާ ރުޅިވެރިކަމެއް އުފެދިފައި އޮތީއެވެ.

" ޔެލިޒް ބޭނުންވީމަ އެނުން މި އުޅެނީ؟ ޔޫ ހެޑް ދި ޗާންސް ޓު ސޭ ނޯ. ޔެލިޒް ނޫނެކޭ ބުނި ނަމަ މިހެން ނުވީސް. ދެން ތި ހުރިހާ ކަމެއް އަހަރެން ބޮލުގަ އަޅުވަނީ ކީއްކުރަން؟". ސިކުނޑިއަށް ވެރިވި ހިޔާލާއެކު އަރްހަމް ބުނެލިއެވެ. ފަހަރެއްގައި ޔެލިޒްއާ އެކުވެރި ވެއްޖެނަމަ އޭނާ ކައިވެނި ކުރަން ބޭނުންވި ސަބަބު އޮޅުން ފިލައިދާނެއޭ ހިތް ބުނެލިއެވެ. އެހެނަސް ޔެލިޒްގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބުނެވެ.

." ޔެލިޒްއަށް އެނގޭދޯ އަހަރެންގެ ބައްޕައާ ޔެލިޒްގެ ބައްޕައަކީ ބިޒްނަސް ޕާޓްނާސްކަން؟" އަރްހަމް އަހާލިއެވެ. ކާން އިން ޕއްޒާ ފޮތި ދުރުކޮށްލަމުން ޔެލިޒް ބަލާލިއެވެ. އެ ބެލުމުން އެއީ އޭނާއަށް ނޭނގޭ ވާހަކައެއްކަން އަރްހަމްއަށް އެނގުނެވެ. އިތުރަށް ކިޔައިދޭން ފެށީ އެހެންވެއެވެ.

" މީގެ އަހަރުތަކެއް ކުރިން ބައްޕައާ ސަލްމާންބެ ޕާޓްނާޝިޕް ބިޒްނަސް އެއްގެ ގޮތުގަ ފެށި ވިޔަފާރިއެއް އެއީ. އަހަންނަށް ވެސް އެނގުނީ ވަރަށް ފަހުން. މި ބުނީ ސަލްމާންބެ އަކީ ޔެލިޒްގެ ބައްޕަކަން. ޔެލިޒްއާ ކައިވެނި ކުރަން އެދި ބައްޕައާއެކު ސަލްމާންބެ އަހަންނާ ބައްދަލުކުރި. ނޭނގެ އެންމެންގެ ތެރެއިން ސަލްމާންބެ އަހަރެން ހޯދީ ކިހިނެތްކަމެއް ވެސް. އެހާ އަވަހަށް ޔެލިޒްގެ ކައިވެނި ކުރުވަން ބޭނުންވީ ކީއްވެ ކަމެއް ވެސް. ހިތަށް އެރި ޔެލިޒްއަށް މެސެޖެއް ކުރަން. އެކަމަކު ފަހުން އެ ހިޔާލު ބަދަލުވީ". އަރްހަމް ކިޔައިދެމުން ދިޔަ ވާހަކަތަކުން ޔެލިޒް ހިސާބަކަށް ހައިރާންވިއެވެ. އެހެނަސް ސަލްމާން އެފަދައިން ނިންމީ ކީއްވެކަން ވެސް ވިސްނުނެވެ.

" ކީއްވެ ދެން ނޫނެކޭ ނުބުނީ؟ އަހަރެން މީ ރަނގަޅު މީހެއް ވެސް ނޫން. މާ ރަނގަޅު މީހުން ވެސް ތީނައަށް ލިބޭނެއެންނު". ޔެލިޒް ބުނެލިއެވެ. އަދިވެސް އޭނާ އަރްހަމްގެ ނަން އެ ދުލުން ބޭރުކުރަން ބޭނުންނުވާ ފަދައެވެ.

" ތި އަހަރެން ކުރަން ޖެހޭ ސުވާލެއް ކަންނޭނގެ. ޔެލިޒް ރުހޭ ނަމަ އަހަރެން ކައިވެނި ކުރަން އެއްބަސްވާނަމޭ ބުނިން. އައި ތޯޓް ޔޫ ވުޑް ސޭ ނޯ. އާފްޓަރ އޯލް، ޔޫ ހޭޓް މީ!". އަރްހަމް ބުންޏެވެ. ޔެލިޒްއަށް ވެރިވި ހިމޭންކަން އަރްހަމްއަށް ފާހަނގަކުރެވުނެވެ. އެއްޗެކޭ ބުނަން އެ ތުންފަތް ހަރަކާތްކުރިތަން އޭނާ ދުށްޓެވެ. ނަމަވެސް ޔެލިޒް ސޯފާއިން ތެދުވީ ކުއްލިއަކަށެވެ. އަރްހަމް ގޮވާލުމުން ވެސް ފަސްއެނބުރި ބެލުމެއް ނެތި ދިޔައީއެވެ.

" އައި ޑޯންޓް ނޯ ވަޓް ޔޫ އަރ ހައިޑިންގް. ބަޓް އައި ވިލް ފައިންޑް އިޓް އައުޓް.. ލިޒް".. އަރްހަމް މަޑުމަޑުން ބުނެލިއެވެ. ނުބުނި ކަމުގައި ވިޔަސް ޔެލިޒް ތަހައްމަލު ކުރަމުންދާ ކަންތައްތަކެއްވެޔޭ އެހިތް ބުނެލިއެވެ. އެ ފުންކަނޑެއް ފަދަ ލޮލުގެ ތެރެއިން އޭނާ ދުށީ އެފަދަ އަސަރުތަކެކެވެ. ފަހަރެއްގައި ޔެލިޒްއާ ކައިވެނި ކުރުމުން އެ އަންހެންކުއްޖާއަށް މި ދެވެނީ އިތުރު ވޭންތަކެކޭ އަރްހަމްއަށް ހީވިއެވެ.

ޔެލިޒް ކޮޓަރިއަށް ދިޔަތާ އެއް ގަޑިއިރު ވާން ކައިރި ވި އިރުވެސް ހަބަރެއް ނުވިއެވެ. ދެ ހިޔާލެއްގައި ހުރެ އަރްހަމް ތެދުވީ އެހެންވެއެވެ. ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރީގެ ދޮރު ކައިރީ މަޑުކޮށްލިއެވެ. އެހެން ހުރެފައި އޭނާ ދޮރު ހުޅުވީ އިރުކޮޅަކުންނެވެ. މޫނުން ހައިރާންކަމުގެ އަސަރުތައް ފާޅުވެލީ އެނދުގައި ބަންޑުން އޮތް ޔެލިޒް ފެނުމުންނެވެ. އެއްވެސް ހަރަކާތެއް ނެތް އިރު އޭނާ އޮތް ގޮތުން އެ މޫނުގެ ބޮޑު ބައެއްވީ ފޮރުވިފައެވެ.

ލުއި ފިޔަވަޅުތަކެއްގައި ގޮސް އަރްހަމް އެނދުގައި އިށީނެވެ. ނުހަނު ފަރުވާތެރި ކަމާއެކު ޔެލިޒްގެ މޫނަށް އެޅިފައިވާ އިސްތަށިތައް ދުރުކޮށްލީ އެ މޫނު ދެކިލަން ހިތް އެދުނު ވަރުންނެވެ. ނަމަވެސް އޭނާގެ ހަރަކާތްތަށް މަޑު ޖެހުނީ ޔެލިޒްގެ މޫނުގައިވީ އަސަރުތަކުންނެވެ. ކޮޓަރީގައިވާ ފަނޑު އަލީގެ ތެރެއިން ވެސް އެ ތެތް އެސްފިޔަތައް އަރްހަމްގެ ލޮލުގައި އަޅައިގަތެވެ. ނިދީގައި ވެސް ގިސްލެވެމުން ދިޔަ އިރު އެ ކުޑަ މޫނުގައިވީ ރަތް ކަމެވެ. ފާޅުވާން ހުރީ ވަރުބަލި ކަމެވެ. ހާއްސަކޮށް ނޭފަތް ކައިރި ރަތެވެ. އެއާއެކު ބާލީސް ކައިރީ އޮތް ބޭސް ކަޑު ވެސް އަރްހަމް އަށް ފެނުނެވެ. މީހަކު ނުބުނި ކަމުގައި ވިޔަސް އެއީ ނިދާ ބޭސްކަން އޭނާއަށް އެނގުނެވެ. ރޭގައި ވެސް ޔެލިޒް އެހާ ވަރަށް ނިދީ އެ ބޭސް ކައިގެން ކަން ވިސްނުނެވެ. ނަމަވެސް އޭނާއަށް ނޭނގުނީ ޔެލިޒް އެފަދަ ބޭހެއް ބޭނުން ކުރަން ޖެހުނު ސަބަބެވެ. އެ މޫނުގައިވީ އަސަރުތަކާއި އެ ކަރުނައިގެ ސިއްރެވެ.

**************************

ލޯގަނޑު ކުރިމަތީ ހުއްޓި ހުރި ނަވަލްގެ މޫނުގައިވީ ނުތަވަސްކަމެވެ. ފެންނަން ހުރި އޭނާގެ ސޫރައަށް އައިސްފައިވީ ބަދަލު ހުދު ނަވަލްއަށް ވެސް ފާހަނގަވެއެވެ. މޫނާއި ހަށިގަނޑު އިހުނަށްވުރެ މަސްޖަހާފައި ހުރި އިރު ކުޑަ ބަނޑުކޮޅެއް ވެސް ލައިފިއެވެ. ވިސްނާ ވިސްނާ ނަވަލް ވަރުބަލިވެއްޖެއެވެ. އިތުރަށް އެކަން ސިއްރެއްގެ ގޮތުގައި ބާއްވާނެހާ ހިއްވަރެއް ނެތެވެ. އުފެދެމުން އެދާ ތުއްތު ފުރާނައިން ސަލާމަތް ވާނޭ އެތަށް ގޮތެއް ވިސްނިއްޖެއެވެ. ނުލިބެނީ ހިއްވަރެވެ. ނުވިސްނެނީ ކުރެވުނު ފާފައިގެ މައްޗަށް ކުރަންވީ ފާފައެއް ނޫން ކަމެވެ. އަތުގައި އޮތް ބުރުގާ ވާންކޮށް ބަނޑުގައި އައްސާލަމުން ނަވަލް ލައިގެން ހުރި ހެދުން ތިރިކޮށްލިއެވެ. މިހާރު އޭނާ ލައި އުޅޭ ހެދުން އިހުނަށްވުރެ ދޫކޮށްފިއެވެ. ގޭތެރޭގައި އަޅައި އުޅުނު ކުޑަ ކަޅު ބުރުގާގެ ބަދަލުގައި ބޮޑު ބުރުގާ އަޅަން ފަށައިފިއެވެ. އުމައިރް ކައިރީ ބުނެގެން އޭނާއަށް ގެނެސްދީފައި ހުރި ނިގާބް ވެސް ނަވަލް ހޯދިއެވެ.

ސިޑިން ތިރިއަށް ފޭބިއިރު ސިޓިންގްރޫމުގައި ތިބި ކުލްސޫމްއާއި ދާވޫދް ފެނި ނަވަލް ހަދިޔާ ކޮށްލީ ލުއި ހިނިތުންވުމެކެވެ. ކުދި ފިޔަވަޅުތަކެއް ދޫކުރަމުން ގޮސް ކުލްސޫމްއާއި ޖެހިގެން އޭނާ އިށީނެވެ. އޭރު އަދި އުމައިރް ގެއަށް ނާދެއެވެ. އެ ހާދިސާގެ ފަހުން ދެބެއިންގެ މެދުގައިވީ ދުރުކަމެވެ. ނަވަލް ވާހަކަ ދައްކަން ބޭނުން ވިޔަސް އެ ފުރުސަތު ނުދެނީ އުމައިރް އެވެ.

ހިޔާލުތަކުގައިވީ ނަވަލްގެ ސަމާލުކަން އަތުލީ ޓީވީއިން އަންނަމުން ދިޔަ ހަބަރެވެ. ރާއްޖޭގެ ދެކުނުގެ ރަށެއްގައި ނަހަލާލަށް ބަލިވެ އިން އަންހެނަކު ދަރިފުޅު މަރާލައި ކުނިގޮނޑަކަށް އެއްލާފައި އޮތް ވާހަކަ އެވެ. ކުލްސޫމް ވެސް ސުބުޙާނަﷲ އޭ ކިޔާލަމުން ޓީވީގެ އަޑު ތަންކޮޅެއް މަތިކޮށްލައިފިއެވެ. ހަބަރު ނިމުމާއެކު އޭނާ ކުސް ތަޅާލިއެވެ.

" ކީކޭ ބުނާނީ ދޯ! ކަނޑައެޅިގެން ޙަރާމް ކަަމެއްކަން އެނގިިތިބި އެފަދަ މުޑުދާރު އަމަލު ކުރާ މީހުން ގިނައީ ހަމަ މިހާރު. ނުވިތާކަށް އެ ކުރެވުނު ފާފައިގެ މައްޗަށް ވެސް ކުރަނީ ފާފަ. އެފަދަ މީހުންނަށް ނުވިސްނެނި މާތްﷲ ބައްލަވާވޮޑިގެންވާކަން. ކިތަންމެ ސިއްރުން ކުރިޔަސް އެކަލާނގެ އެކަމެއް ފާޅުކުރައްވަން އިރާދަފުޅު ކުރައްވައިފިނަމަ ލަހެއް ފަހެއް ނެތް". ކުލްސޫމް ބުނެލިއެވެ.

ކައިރީގައި އިން ނަވަލްއަށް ހިންދިރުވާލެވުނީ އުނދަގުލުންނެވެ. ހުދު އޭނާއަކީ އެ ހާލަތުގައި އިން އަންހެނެކެވެ. ކުލްސޫމްއަށް އެ ސިއްރު އެނގިއްޖެނަމަ ވާނެގޮތް ހިތަށް އަރުވާލަން ވެސް ނަވަލްއަށް ދަތިވިއެވެ. ސިކުނޑިއަށް ބާރުވާން ފެށުމާއެކު ހޮޑު ލެވެން އުޅޭހެން ނަވަލްއަށް ހީވިއެވެ. ވަގުތަކީ އުމައިރް އަށް ވެސް ގެއަށް ވަދެވުނު ވަގުތެވެ. ކުއްލިއަކަށް ސޯފާއިން ތެދުވެ ނަވަލް ދުއްވައިގަތީ އިތުރަށް ކެތް ކުރަން އުނދަގޫވުމުންނެވެ. ނަމަވެސް އޭނާއަށް އެޅުނީ ދެތިން ފިޔަވަޅެވެ. އޯކަށް ދަމައިގަތުމާއެކު ހޮޑު ލެވެން ފެށުނީ އެކަމަށް ކުލްސޫމްއާއި، ދާވޫދް އަދި އުމައިރްގެ ސަމާލުކަން ހުއްޓެމުންނެވެ.

= ނުނިމޭ =

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!