ދުނިޔެ

ޖާނުން ފިދާވެގެން އިންޑިއާގެ ވެރިޔަކު މަރާލަން އުޅުނު އައިއެސް މީހެއް ރަޝިއާއިން ހިފަހައްޓައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖާނުން ފިދާވެގެން އިންޑިއާގައި ބޮމުގެ ހަމަލާއެއް ދޭން އުޅުނު މީހެއް ރަޝިއާއިން ހިފަހައްޓައިފިއެވެ.

Ads by WAMCO

ރަޝިއަން ސެކިއުރިޓީ ފެޑްރަލް ސާވިސްއިން ދެންމެ އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީ އޭޝިއާގެ ޤައުމަކަށް ނިސްބަތްވާ މިމީހާ ހައްޔަރުކޮށްފައިވަނީ އިންޓެލް މައުލޫމާތު ލިބިގެން ކަމަށެވެ. އަދި އެ މީހާ އުޅެމުން ދިޔަތަން ބަލާ ފާސްކުރިއިރު، ބޮމެއް ގޮއްވާލަން ރާވާފައިހުރި ރޭވުންތައް ފެނިފައިވާ ކަމަށާއި ބޮން ގޮއްވާލައިގެން މަރާލަން އުޅެފައިވަނީ އިންޑިއާގެ މަތީ ވެރިއެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ހައްޔަރު ކުރި މީހާގެ ޤައުމެއް، އަދި ރަޝިއާގައި އޭނާ ކުރަމުން ދިޔަ މަސައްކަތެއް އެ ބަޔާނުގައި ތަފްސީލް ދީފައެއް ނުވެއެވެ. ނަމަވެސް ބުނެފައިވަނީ، ބޮން ހެދުމުގެ ޓްރެއިނިން އެ މީހާ ހަދާފައިވަނީ ތުރުކީން ކަމަށެވެ. އަދި މަރާލަން މަސައްކަތްކޮށްފައިވަނީ ކާކު ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!