ކޮވިޑް-19: ހުޅުދުއްފާރުން މީހަކު ފައްސިވެއްޖެ

ރ.ހުޅުދުއްފާރުން މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ. އެރަށުން މި ބައްޔަށް ފައްސި ވެފައިވަނީ ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.
މީގެ ކުރިންވެސް އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ވަނީ ކޮވިޑަށް ފައްސި ވެފައެވެ.
އޮންލައިން ނޫސް "ވަގުތު"ގައި ބުނެފައިވާ ގޮތުން، އެޗްއޯއީސީގެ އޮފިޝަލަަކު ވަނީ ހުޅުދުއްފާރުން މީހަކު ފައްސިވެފައިވާކަން ހާމަކޮށްފައެވެ. އަދި އެއީ އަންހެނެއް ކަމުގައިވެސް އޭނާ މައުލޫމާތު ދީފައިވެއެވެ.