އެޗްޑީސީގެ އެމްޑީ ސުހައިލް އިސްތިއުފާ ދެއްވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ސުހައިލް އަޙްމަދު އިސްތިއުފާ ދެއްވައިފިއެވެ.
ސުހައިލް އިސްތިއުފާދެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނޫނެވެ.
2012 އިން 2015 އަށް ވެސް ސުހައިލް ވަނީ އެޗްޑީސީގެ އެމްޑީގެ މަޤާމު އަދާކުރައްވައިފައެވެ.
ސުހައިލް އިސްތިއުފާ ދެއްވުމުން މި ވަގުތު އެޗްޑީސީ ހިންގުމާ ހަވާލުވެގެން ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ އަޙްމަދު އާޠިފެވެ.