Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ބޮޑު ރާއްޖޭގެ ބޮޑު ސަރަހައްދެއް ވައިޓް އެލާޓްގައި

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ބޮޑު ރާއްޖޭގެ ބޮޑު ސަރަހައްދެއް ވައިޓް އެލާޓްގައި

މޫސުން ގޯސްވުމާއި ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު މި އެލާޓްގައި، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވަނީ ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެއީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރައި، ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މީގެ އިތުރުން މިއަދު ވައި ގަދަވެ، ކަނޑު ވެސް ގަދަވާނެތީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ވެސް ވައިޓް އެލާޓް ނެރެފައިވެއެވެ. އެއީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ގަޑިއަކު 19-24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.

Advertisement
Allied Insurance — Square (box)

އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް ސަމާލުކަން ދޭން ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް