ޚަބަރު

ރައީސް، މުލަކަތޮޅަށް ކުރައްވާ ދަތުރުފުޅު ފަށްޓަވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅަ ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވާނެއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާ މ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަ ވާނީ، އެއަތޮޅު ރަތްމަންދުއަށެވެ. މީގެ އިތުރުން، އެއަތޮޅު މަޑުއްވަރީ، ދިއްގަރު، ވޭވަށް، އަދި އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރަށްރަށުގައި ހިނގާ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާ ލައްވާނެއެވެ.

މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މުކަތޮޅަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެވަޑައިގަންނަވާނީ، ހޯމަ ދުވަހުއެވެ.

Ads by Allied Insurance
  1. 2008 ގައި ތަސްދީޤުކޮށް އަމަލުކުރަންފެށި ޤާނޫނުއަސާސީއާއި އެކު މަލްޓިޕާޓީ އިލެކްޝަން ގެ ތެރެއިން ވެެރިކަން ކުރާއިރު ރައްޔިތުންގެ ދިރިއުޅުންވީ ފަސޭހަތޯ ތަރައްޤީތޯ؟ ނުވަތަ ވެރިން މުއްސަދިވެ ދައުލަތުގެ ދަރަނި ބޮޑުތޯވީ ؟