ޚަބަރު ސިޔާސީ

ޑްރަގް މައްސަލައަށް ހައްލެއް ނު ހޯދި, އެކަމުގައި މުޅި ދައުލަތް ފެއިލްވެއްޖެ: ނިޒާރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މޭޔަރު ނިޒާރު. ފޮޓޯ: އައްޑޫލައިވް

މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނު ހޯދި, އެކަމުގައި މުޅި ދައުލަތް ފެއިލްވެފައިވާކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި އައްޑޫގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ނިޒާރު މިއަދު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި, ރާއްޖެ ހަލާކުވެ މި ނިމެނީ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި މުޅި ދައުލަތް ފެއިލްވެފައިވާކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

''މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި, ރާއްޖެ ހަލާކުވެ މި ނިމެނީ. މިކަމުގައި މުޅި ދައުލަތް ފެއިލްވެއްޖެ. ރައްޔިތުން ގޮތް ހުސްވެ ޤާނޫނު އަތަށް ނަގަން ފަށައިފި.'' ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ހޯމް މިނިސްޓަރު އިމްރާނަށް ޓެގްކުރައްވައި ކުރެއްވި ޓުވީޓުގައި ވެއެވެ.

ނިޒާރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައިގެ ހައްލަށް އޮތް ހުރަހެއް ބުނެ ނުދެވޭ ކަމަށެވެ. އެހެންކަމުން ޒިންމާ ނަގާނެ ބަޔަކު ތިބެންވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

  1. ދައުލަތް ހިންގަން ނޭގޭ ބަޔަކު ސަރުކާރެއް ހިންގަން އުޅުނީމާ ވާގޮތެއް !

  2. ނިޒާރު ދެން އެކަން ކުރާމީހުން އެކަން ކުރުން ހުއްޓާލަންވީ ނުންތޯ އޭރުން އެކަން ހުއްޓޭނެ މިހާރު ޕޯސްޓުންވެސް އެބުނާއެއްޗެހި އެބައާދޭ ހަމަ ، ދެން ގިނަވާނެތާ !