ނަޝީދާއި, ޝާހިދު އިންޑިއާއަށް ގެންގޮސް ހިމާޔަތްކުރާނީ އިންޑިއާގެ މަސްލަހަތު: ޠާރިޤް
 
                                                        ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި, ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާއަށް ގެންގޮސް ހިމާޔަތްކުރާނީ އިންޑިއާގެ މަސްލަހަތުކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.
ޠާރިޤް މިހެން ވިދާޅުވީ ޝާހިދާއި ނަޝީދު އިންޑިއާއަށް ވަޑައިގެންނެވި ޚަބަރާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މި މަހުގެ 28 އިން 29 އަށް ކުރައްވާ ޝާހިދު މިއަދު ވަނީ އިންޑިއާއަށް ވަޑައިގަންނަވައިފައެވެ. ނުރަސްމީ ދަތުރުފުޅެއްގައި ނަޝީދު އިންޑިއާއަށް ވަޑައިގަތީ އިއްޔެގައެވެ.
މީގެ އިތުރުން ޠާރިޤް ވިދާޅުވީ ނަޝީދާއި, ޝާހިދު އިންޑިއާއަށް ގެންގޮސް ހިމާޔަތްކުރާނީ އިންޑިއާގެ މަސްލަހަތު ކަމަށެވެ. އެއީ ޤައުމަށް ޣައްދާރުވުންކަމަށް ސިފަކުރައްވައި ޠާރިޤް އިތުރަށް ވިދާޅުވީ ނަންވާނީ ނުވަވަނަ ޙަސަން ރަސްގެފާނާއި, ޙަސަން ތާޖުއްދީނުގެ ދެ ދަރިން ކަމަށެވެ.
ޠާރިޤް ވިދާޅުވީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ތަކުރާރުކޮށް ހަދާންކޮށްދެއްވަނީ ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށެވެ.
''ރައްޔިތުން ނިންމަން އޮތީ މިނިވަންކަމާގުޅޭ ވޯޓެކެވެ.'' ޠާރިޤް ވިދާޅުވިއެވެ.
 
  
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
 
		
ރިޔާސީ ރޭހަށް ނުކުންނަން ސައްލާ ކުރަނީޔޯ !