ޚަބަރު ސިޔާސީ

އެމްޑީޕީގެ މި ސަރުކާރާއެކު ދީނަށް ގޮންޖެހުން ޢާންމުވެއްޖެ: ޑރ.ޖަމީލް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ޑރ. ޖަމީލް ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރާއެކު ދީނަށް ގޮންޖެހުން ޢާންމުވެއްޖެކަމަށް ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ދީނަށް ގޮންޖެހުން ޢާންމުވެއްޖެކަމަށް ވިދާޅުވެ ޖަމީލް ކުރެއްވި ޓުވީޓުގައި ތިން ކަމެއް ވަނީ ފާހަގަކުރައްވައިފައެވެ.

އެއީ ދީނަށް ފުރައްސާރަކޮށް ގިނަ ރިޕޯޓްތަކެއް ނެރެފައިވުމާއި, އެކި ގޮތްގޮތަށް ދީނަށް ހަޖޫޖެހުމާއި, އެއް ޖިންސުން ގުޅުން ހިންގުން ޢާންމުވުމެވެ.

ޖަމީލް ވިދާޅުވީ ސަރުކާރު ހިންގަން ތިބި ދީނީ މީހުން ދިފާޢުކުރަނީ މި ސަރުކާރު ކަމަށާއި, ބަހަނާ ނުދައްކައި އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

ދީނަށް ފުރައްސާރަކޮށް ގިނަ ރިޕޯޓްތަކެއް ނެރެފައިވާކަން ޖަމީލް ފާހަގަކުރައްވާފައިވާއިރު, އަންހެނުންގެ ޙައްްޤުތަކަށް ވަކާލާތުކުރުމުގެ ނަމުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ''އުތެމަ'' ޖަމްޢިއްޔާއިންނާއި, ރާއްޖޭގައި ޢަލްމާނީ ފިކުރު ފަތުރަން މަސައްކަތްކުރާ ''އެމްޑީއެން'' ކިޔާ ޖަމްޢިއްޔާއަކުން ވަނީ ދީނަށް ފުރައްސާރަކޮށް ރިޕޯޓުތައް ނެރެފައެވެ.

އެއް ޖިންސުން ގުޅުން ހިންގުން ޢާންމުވިކަން ފާހަގަކުރައްވާފައިވާއިރު, މި ސަރުކާރު އައިފަހުން އެ މައްސަލަ އިތުރުވެފައިވަނީ ލަދުން ގޮސް ލޯ ހުޅުވައިލަން ނުކެރޭ މިންވަރަށެވެ. އެފަދަ ޢަމަލުތައް ހިންގުމުގައި އެންމެ ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މީހުންކަމީ ފެންނާން ހުރި ޙަޤީޤަތްތަކެވެ. އޭގެ އިތުރުން ދައުލަތުގެ އިސް ބޭފުޅުންގެ ޢާއިލާގެ ބޭފުޅުން ވެސް އެކަމުގެ ތެރޭ ޝާމިލްވާކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

ނަމަވެސް އެއިން މީހަކަށް ފިޔަވަޅެއް ނާޅާ ތަނުގައި ގިނަ ފަހަރަށް އެފަދަ ޢަމަލުތަކާއި އެ ނޫން ވެސް ޖަރީމާތައް ހިންގާ މީހުން ރާއްޖެއިން ބޭރަށް ފުރުވައިލުމަކީ އެމްޑީޕީ ސަރުކާރުގެ އާދައެއްކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. އަދި އެއީ ތެދުކަން ގިނަ ރައްޔިތުން ވެސް ގަބޫލުކުރެއެވެ. އޭގެއިތުރުން އެފަދަ ކަންކަމުގައި މި ސަރުކާރުގެ ދެވަނަ ޝިޢާރަކީ ކުށްކުރާ މީހާ ''ނަފްސާނީ ބަލި މީހަކަށް'' ހަދައިލުމެވެ.

Ads by Allied Insurance
  1. ާއަލްހާއްގު

    ޛަމީލު ހަނދާނެއް ނެތް ހެން ހީވަނީ ޢޭނަގެ ނައިނު ރައިސް ކަމުގައި ވެސްޕާތަކާއި ހުރިހާ ކުޅިެއްވެސް ހުރީ އާއްމު ބެފައި