Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މި ހިތާމަވެރި ވަގުތު ރާއްޖޭގެ ރައްޔިތުން ތިބީ ޕާކިސްތާނާއެކު

މި ހިތާމަވެރި ވަގުތު ރާއްޖޭގެ ރައްޔިތުން ތިބީ ޕާކިސްތާނާއެކު

ޕާކިސްތާނުގައި ފެންބޮޑުވެ ގިނަބަޔަކު މަރުވެފައިވާއިރު އެ ޤައުމަށް ދިމާވެފައިވާ މި ހިތާމަވެރި ވަގުތުގައި ދިވެހިން ތިބީ އެ ޤައުމުގެ ރައްޔިތުންނާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޕާކިސްތާނަށް ބޯކޮށް ވާރޭވެހި އެ ޤައުމުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 1033 މީހުން ވަނީ މަރުވެފައެވެ. އިއްޔެ އެކަނިވެސް 119 މީހުން ވަނީ މަރުވެފައެވެ.

ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން މީހުން ހާލުގައި ޖެހިފައިވާ ޚަބަރު އަޑުއެއްސެވީ ހިތާމައާއެކު ކަމަށެވެ. އަދި މި ހިތާމައިގައި ދިވެހިންގެ ދުޢާ އާއި ހަމްދަރުދީ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި އެ ޤައުމުގެ ރައްޔިތުންނާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އެ ޤައުމުގައި ފެންބޮޑުވެ، ލިބިފައިވާ ގެއްލުން ބޮޑުވުމުގެ ސަބަބުން އެ ޤައުމުން މިހާރު ވަނީ ބައިނަލްއަގުވާމީ އެހީއަށް އެދިފައެވެ. މިހާތަނަށް އެމެރިކާ އާއި އިނގިރޭސިވިލާތާއި ޔޫއޭއީއިން ވަނީ އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް އިތުރު އެހީ ބޭނުންވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް