ރާއްޖެއަށް ބިންހެލުމެއްގެ އަސަރުކޮށްފި

ރާއްޖެއަށް ބިންހެލުމެއްގެ އަސަރުކޮށްފިކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނެފިއެވެ.
މެޓް އޮފީހުން ދެންމެ ބުނީ ސުމަތުރާއަށް މިއަދު ހެނދުނު 8:29 ގައި ބިން ހެލުމެއް އައި ކަމަށާއި, އޭގެ އަސަރު ރާއްޖެއަށް އިހްސާސް ކުރެވުނު ކަމަށެވެ. ނަމަވެސް ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ ކަމަށެވެ.
ބިން ހެލުމުގެ އަސަރުކޮށް އިމާރާތަށް ގުޑުން އެރުމުން ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގ ވެސް ދެންމެ ވަނީ ހުސްކޮށްފައެވެ.
ބައެއް މީހުން ބުނާ ގޮތުން ވަރަށް ބޮޑަށް ތެޅޭކަމުގެ އިހްސާސް ކުރެވުނެވެ.