ޚަބަރު ޝަރުޢީ ދާއިރާ

އަލަމްގިރިގެ ބަޔާން ލީކުވުމުން ކަންބޮޑުވޭ, ބަޔާން ލީކުވި މައްސަލަ ބަލާނަން: ސީޕީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ސީޕީ ޙަމީދު. ފޮޓޯ: މިހާރު

ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް (އަލަމްގިރި) ތަޙްޤީޤަށް ދީފައިވާ ބަޔާން ލީކުވި މައްސަލަ ބަލާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަލަމްގިރިގެ ބަޔާން ސޯޝަލްމީޑިއާގައި ލީކްކޮށްލާފައިވަނީ ރޭ އިރާކޮޅުގައެވެ. ޖުމްލަ ހަ ސޮފުހާގެ މައްޗަށް އެކުލެވޭ އެ ބަޔާނުގައި އޭނާ އެއް ޖިންސުން ގުޅުން ހިންގި ބައެއް މީހުންގެ ވަނަވަރާއި, އެކަން ކުރި ގޮތް ތަފްސީލުކޮށް ކިޔައިދީފައިވެއެވެ.

ވަން އޮންލައިންއަށް ސީޕީ ޙަމީދު ރޭ ވިދާޅުވީ މިހާތަނަށް ވެސް އެ ބަޔާން އޮތީ ފުލުހުންގެ ތެެރޭގައި ކަމަށާއި ނަމަވެސް ބަޔާން ލީކުވެފައިނުވާ ކަމަށެވެ. ނަމަވެސް އަލަމްގިރިގެ ޝަރީޢަތް މިއަދަށް ތާވަލްކޮށްފައިވަނިކޮށް ބަޔާން ލީކުވުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ އިތުރުން ކްރިމިނަލް ކޯޓާއި, ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި, އަލަމްގިރީގެ ދިފާޢީ ވަކީލު އަތުގައި އެ ބަޔާން އޮންނާނެ ކަމަށާއި, އެހެންކަމުން ލީކްވެވެގެން އުޅެނީ ކޮން ދިމާއަކުންކަން ނޭނގޭ ކަމަށާއި, އެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ.

އަލަމްގިރީގެ މައްސަލައުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މުއަދު ހަވީރު 16:00 އަށެވެ. ޖިންސީ މައްސަލަތަކުގެ ޝަރީޢަތްތައް ބާއްވާ އުސޫލުގެ ދަށުން އެ އަޑުއެހުން ވެސް ކުރިއަށް ގެންދާނީ ސިއްރުކޮށްގެންނެވެ.

ޤާނޫނުލްޢުޤޫބާތުގެ ދަށުން އަލަމްގީރުގެ މައްޗަށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާ އުފުލާފައިވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!