ޚަބަރު އިޖުތިމާޢީ

މިދިޔަ ހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވީ 68 މީހުން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މާލޭގެ މަގުތަކުގައި ކޮވިޑް-19 ޓެސްޓް ކުރުންވެސް ވަނީ ހުއްޓާލާފައި.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މިދިޔަ ހަފުތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 68 މީހުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

Ads by Hajj Corporation

މިއީ ކުރީ ދެ ހަފުތާއާ އަޅާބަލާއިރު މަދު އަދަދެކެވެ. މި މަހުގެ 7 އިން 13 އަށް ރާއްޖެއިން ޕޮޒިޓިވްވީ 98 އަދި މި މަހުގެ 14 އިން 20 އަށް ޕޮޒިޓިވްވީ 99 މީހުންނެވެ.

އެޗްޕީއޭއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 21 އިން 27 އަށް މާލެ ސަރަހައްދުން ޕޮޒިޓިވްވީ 15 އަދި އެހެނިހެން ރަށްރަށުން 16 މީހުންނެވެ. ދެން ތިބި މީހުންނަކީ ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންނެވެ.

އެ ގޮތުން މިހާތަނަށް ރާއްޖެއިން ފެނުނު ކޮވިޑު ކޭސްތަކުގެ ޖުމްލަ އަދަދަކީ 184,856 އެވެ.

ކޮވިޑް ޖެހުނު މީހުންގެތެރެއިން ހޮސްޕިޓަލުގައި 8 މީހަކަށް ފަރުވާދެމުން އަންނަކަމަށް އެޗްޕީއޭއިން ބުންޏެވެ. ކޮވިޑުގައި ނިޔާވި މީހުންގެ ޢަދަދަކީ 308 އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!