ޚަބަރު

މޯލްޑިވިއަންގެ ޓިކެޓްގެ އަގު މި އަހަރު ދެވަނަ ފަހަރަށް ބޮޑުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މޯލްޑިވިއަންގެ ފްލައިޓެއް..

ދިވެހިންގެ ޤައުމީ އެއަރލައިން, މޯލްޑިވިއަންއިން ކުރަމުން އަންނަ އެތެރޭގެ އުދުހުންތަކުގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފިއެވެ. މިއީ އެ ކުންފުނިން އެތެރޭގެ ޓިކެޓްގެ އަގުތައް މިއަހަރު ބޮޑު ކުރި ދެވަނަ ފަހަރެވެ.

Ads by Sosun Fihaara

މިކަމާ ގުޅިގެން “ދެން” އިން ސުވާލު ކުރުމުން މޯލްޑިވިއަންއިން ވިދާޅުވީ, ބޮޑުވެފައިވަނީ ފިއުލް ސާޗާޖްގެ އަގު ކަމަށާއި, އެއީ ތެލުގެ އަގާއެކު އައި ބަދަލެއް ކަމަށެވެ. މީގެ ކުރިން ވެސް އެ ކުންފުނިން ޓިކެޓްގެ އަގު ބޮޑުކޮށްފައިވަނީ ތެޔޮ ލިބޭ އަގުބޮޑު ކަމަށް ބުނެއެވެ. އެންމެ ފަހުން ޓިކެޓްގެ އަގު ބޮޑުކޮށްފައިވަނީ މެއި މަހުގެ ތެރޭގައެވެ.

މިފަހަރު ޓިކެޓަކުން 70 ވަރަކަށް ރުފިޔާ ވަނީ ބޮޑުކޮށްފައެއެވެ. ކުރިން 1294 އަށް ލިބެން ހުރި ޓިކެޓް މިހާރު ލިބެން ހުރީ 1363 ރުފިޔާއަށެވެ. އެއީ މި އަހަރު ފެށުނުއިރު 1113 އަށް ހުރި ޓިކެޓެވެ. މި އަހަރު ފޭށުނު ފަހުން ޓިކެޓަކުން 250 ރުފިޔާވަރު ވަނީ ބޮޑުވެފައެވެ.

މޯލްޑިވިއަންގެ ޓިކެޓްގެ އަގު ބޮޑުވެފައިވާއިރު, އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ރައީސް ސޯލިޙްގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން ޓިކެޓްގެ އަގު ވަނީ 2019 ވަނަ އަހަރު ކުޑަކޮށްފައެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ރައީސް ސޯލިޙްގެ ވެރިކަމުގެ ކުރިން ވިއްކަމުން އައި ވަރަށް ޓިކެޓްގެ އަގު މިވަނީ އުފުލިފައެވެ.

Ads by HDC
  1. އައިސަ

    ސޯލިހުގެ ވަޢުދު ގިނަކަމުންބޯހަލާކު ފުރިހަމަކުރެވޭއެއްވަޢުދު ވެސްނެތް ހަމަފަނުފުލުން އަދިވެސްވައުދުތަށްވަނީ ގިނަފޮތްފުރިއްޖެ