ވިޔަފާރި

މޫމޫ ފިހާރައެއް މާލެއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުޑަކުދިންނަށް ބޭނުންވާ ތަފާތު އުފެއްދުންތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހިންގަމުން އަންނަ "މޫމޫ" ގެ ފިހާރައެއް މާލޭ ސިޓީގައި ހުޅުވައިފިއެވެ.

Ads by Sosun Fihaara

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޑަކުދިންގެ ތަފާތު ސާމާނު ވިއްކުމުގައި ގިނަބައެއްގެ އިތުބާރު ހޯދާފައިވާ "މޫމޫ" ގެ ފިހާރަ މާލޭ ގައި ހުޅުވާފައިވަނީ ޗާންދަނީ މަގު ރެޑްބީ ކުރިމަތީ އޮންނަ ގުމްރީ ގޯޅިީގައެވެ.

މިފިހާރަ ރަސްމީކޮން ހުޅުވާފައިވަނީ އިއްޔެ ހަވީރު، ރޯބޯމޭންގެ ހަރަކާތްތަކާއި އެކު އެ ފިހާރަ ހުންނަ ގޯޅީގައި ކުރިއަށް ދިޔަ ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. ގިނަ އަދަދެއްގެ ކުޑަކުދިންގެ ބައިވެރިވުމާއި އެކު އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްދިޔަ މި ހަރަކާތްތައް ބަލާލުމަށް އެވަގުތު އެސަރަހައްދަށް ގިނަ އަދަދެއްގެ ކުޑަކުދިން ޒިޔާރަތްކުރިި އެވެ. ކުދިންނަށް މޫމޫ އިން ވަނީ ހަދިޔާ ބަހާފައެވެ.

"މީ ކުޑަކުދިންގެ ޓޯއީސް އެއްޗެހި ލިބެން ހުންނަ ޝޮޕްއެއް، ނޫހީމެން ލައިކްވާނެ ވަރަށް ބައިވަރު ޓޯއީސް ލިބެން ހުންނާނެ، އަދި މަންމަމެން ލައިކްވާ އެއްޗެސްވެސް ހުންނާނެ" މޫމޫގެ މެނޭޖަރ ނޫޙް އިބްރާހިމް އަޝްވާޤު ބުންޏެެވެ.

މާލޭގައި ފިހާރައެއް ހުޅުވާ ކަސްޓަމަރުން ޚިދުމަތް ދިމަށް ފެށިނަމަވެސް "މޫމޫ" އިން ކުރިއެކޭ އެއްގޮތަށް ޑެލިވަރީގެ ޚިދުމަތްވެސް ދެމުން ދާނެ އެވެ. އޮންލައިން ކޮށް އޯޑާ ކުރުމުން ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ.

ކުޑަކުދިންގެ މަޝްހޫރު ބްރޭންޑް ތަކުގެ އެކި ވައްތަރުގެ ހެދުމާއި، ސެންޑްލްސް އާއި، ބޫޓާއި ކުޑަކުދިން ބޭނުންކުރާ އެކްސެސަރީޒްއާއި، ކުޑަކުދިންގެ ތައުލީމީ އަދި މުނިފޫހިފިލުވުމަށް ބޭނުންކުރާ ކުޅޭ ސާމާނުގެ ގިނަ ވައްތަރުތަކެއްގެ ސާމާނު ލިބެން ހުރި އިތުރު ސާމާނު ތައް އިންސްޓަގްރާމާއި ފޭސްބުކް އައިޑީ @moomoomv އިން ފެންނާނެ އެވެ.

މޫމޫ އިން މީގެކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ޑެލިވަރ ކޮށްދެމުން އައިސްފައިވާއިރު މި ފިހާރައިގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް ލިބިގެން ދާނެކަމަށާއި "މޫމޫ" ބުރޭންޑުގެ ދަށުން ކުޑަކުދިން ޝައުގުވެރިވާ އިތުރު ސާމާނު ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ މާކެޓަށް ތަޢާރަފް ކުރާނެކަމަށް އެފަރާތުން ބުނެއެވެ

Ads by Allied Insurance
  1. އިންސާނުނަށް ކިހާ ފައިދާ ހުރި އެއްޗެހި ވިއްކާ ތަނެއްތޯ ؟