Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މިދިޔަ ދެ ހަފުތާގައި ކޮވިޑް ކޭސްތަކުގެ އަދަދު އެއްވަރެއްގައި

މިދިޔަ  ދެ ހަފުތާގައި ކޮވިޑް ކޭސްތަކުގެ އަދަދު އެއްވަރެއްގައި

މިދިޔަ ހަފުތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 68 މީހުން ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަމަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް މާލެ ސަރަހައްދުން ޕޮޒިޓިވްވީ 16 މީހުންނެވެ. އަދި އެހެނިހެން ރަށްރަށުން 27 މީހުން ޕޮޒިޓިވްވިއިރު, ދެން ތިބި 25 މީހުންނަކީ ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންނެވެ.

އެޗްޕީއޭއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ 21 އިން 27 އަށް ރާއްޖެއިން ޕޮޒިޓިވްވީ ވެސް ޖުމްލަ 68 މީހުންނެވެ.

Advertisement
HDC — Sidebar (box)

މިހާތަނަށް ރާއްޖެއިން ކޮވިޑްގެ 184,924 ކޭސް ފެނިފައިވެއެވެ. ކޮވިޑުގައި ބަލީގައި ނިޔާވި މީހުންގެ ޢަދަދަކީ 308 އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް