ޚަބަރު ސަރުކާރު

ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ގެމްބިޔާގެ ޑިޕްލޮމެޓުން ތަމްރީނުކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ގެމްބިއާގެ އައު ސަފީރު މުސްތަފާ ޖަވާރާއާއި ރައީސް ޞާލިޙާ ދެ ބޭފުޅުންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ގެމްބިޔާގެ ޑިޕްލޮމެޓުން ތަމްރީނުކުރުމަށް އެހީތެރިވެދިނުމަށް, ގެމްބިޔާގެ އައު ސަފީރު މުސްތަފާ ޖަވާރާ ހުށަހެޅުއްވި ހުށަހެޅުއްވުން ފުރިހަމައަށް ބައްލަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ގެމްބިއާގެ އައު ސަފީރު މުސްތަފާ ޖަވާރާ, އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޞާލިޙަށް އެރުވުމަށްފަހު, މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި މުސްތަފާ ޖަވާރާ ވަނީ, ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ޑިޕްލޮމެޓުން ތަމްރީން ކުރުމުގެ ޝައުޤުވެރިިކަން ފާޅުކުރައްވާފައެވެ.

އެ ގޮތުން ރައީސް ޞާލިޙް ވަނީ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ގެމްބިޔާގެ ޑިޕްލޮމެޓުން ތަމްރީނުކުރުމަށް އެހީތެރިވެދިނުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ފުރިހަމައަށް ބައްލަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވަނީ, ގެމްބިޔާއާ އެކު ފަތުރުވެރިކަން ކުރިއެރުވުމަށާއި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި, އިންވެސްޓްމަންޓް އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތައް އޮޅުންފިލުއްވައި, ދެ ޤައުމަށް ވެސް ފައިދާކުރަނިވި ގޮތެއްގައި ކުރިޔަށް ދިޔުމަށް މަރުހަބާ ދަންނަވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުންވަނީ, ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!