ޚަބަރު ޝަރުޢީ ދާއިރާ

ލިވާތުކުރާ މީހާ މަރައިލަންޖެހޭކަމަށް ބުނި ނާޒިމް ލިވާތުކުރިކަމަށް އެއްބަސްވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ގ.ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރުގެ މައްޗަށް ކުރާ ދަޢުވާއަށް އޭނާ އިޢުތިރާފުވެއްޖެއެވެ.

Ads by Sosun Fihaara

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނާޒިމްގެ މައްޗަށް ދައުލަތުން އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށުގެ ދަޢުވާއެވެ.

އެ ދަޢުވާގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިއަދު 13:30 ގައެވެ.

މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމަށްފަހު ނާޒިމް ސައްތާރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ދަޢުވާއަށް އިޢުތިރާފުވެފައިވާ ކަމަށެވެ. ދަޢުވާއަށް އިޢުތިރާފުވި ނަމަވެސް, ލިވާތުކުރުމަށް އޭނާ އިންކާރު ކުރައްވާ ކަމަށެވެ. އަދި އޭނާ އިޢުތިރާފުވީ ބަދުއަޚްލާޤީ އަމަލު ހިންގިކަމައް ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީޢަތުގައި ލިވާތުކުރުމަކީ ފިރިހެނަކު އޭނާގެ ޖިންސީ ގުނަވަން އެހެން ފިރިހެނެއްގެ ފުރަގަސްފަރާތަށް ވެއްދުމެވެ.

އަދި އޭނާގެ މައްޗަށް ކުރި ދަޢުވާގައި ލިވާތުކުރިކަމަށް ބަޔާންކޮށްފައެއް ނުވާ ކަމަށާއި, އޭގައި ވަނީ އަލަމްގީރާއެކު ޖިންސީ އެހެން ގުޅުންތައް ހިންގިކަމުގެ ވާހަކަ ކަމަށެވެ.

ނާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން ލިވާތުކުރާ މީހާގެ ޙުކުމަކީ އުސް ތަނަކުން ވައްޓާލައި މަރައިލުމެވެ. ނާޒިމް ވިދާޅުވެފައިވާ ފަދައިން ލިވާތުކުރުމުގެ ޙުކުމަކީ އެއީކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

Ads by HDC
  1. އަލިހޮއްކޮ

    ނޫސްތަކުން މުޅިން ތިޔަ ފަތުރަނީ ހުސް ދޮގެވެ. ސުރުޚީގައި ލިވާތު ކުރިކަމަށް އެއްބަސްވެއްޖެކަމަށް ލިޔުމަށްފަހު ހަބަރުގައި މިއޮންނަނީ އެކަމަށް އެއްބަސްނުވާކަމަށެވެ. ފިތުނަ ފަސާދަ އުފައްދާ މީހުންގެ އަދަބަކީ އަތާއިފަޔާއި ބުރިކުރުމަށްފަހު ސަލީބަށް އެރުވުންކަން ކަލޭމެންނަށް އެގޭހެއްޔެވެ؟

  2. ފަހަރިބޭއިމްރާން

    އެވަރުން ވެސް މި ކެނެރީގޭ ފިރިހެންކުޅި ކަލޭގެ ވިދާޅުތަ ވަނީ؟؟؟؟ސަހަރޯ