ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސް ޞާލިހް އިނގިރޭސިވިލާތަށް

މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިނިގިރޭސި ރާނީ އެލިޒަބަތު IIގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރާނީގެ ފަސްދާނުލުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައެވެ.
ރާނީ ފަސްދާނުލާނީ ލަންޑަންގައި ހުންނަ ވިންޑްސާ ކާސަލްގެ ގޯތިތެރޭގައި ހުންނަ، ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގެ ގޯތިތެރޭގައެވެ.
ހަތްދިހަ އަހަރުގެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމަށް ފަހު އިނިގިރޭސި ރާނީ އެލިޒަބަތު، އުމުރުފުޅުން 96 އަހަރުގައެވެ.






ކޮމެންޓް