ޚަބަރު

ރައީސް ޞާލިޙް އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސި ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަމައްދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުރާވަޑައިގެންފިއެވެ.

Ads by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ 2022 ސެޕްޓެމްބަރ 8 ވީ ބުރާސްފަތި ދުވަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ. ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމުގެ ހިތާމައިގައި، 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އިނގިރޭސި ވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވައި، ރާނީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 2022 ސެޕްޓެންބަރު 22 ވަނަ ދުވަހުގައެވެ.

Ads by HDC
  1. 70 އަހަރުވަންދެކަށް ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރުމުގައި ބައިވެރިވި މީހެއް ވަޅުލުމުގައި ބައިވެރިވާން ދިޔައީ !

  2. ކާލި

    އެތަކެއް މުސްލިމް ޤައުމުތަށް އިސްތިޢުމާރުކުރި އެތަކެއް ކުޑަކުދިން ނާއި އަންހެން މެރުމުގައިވެސް ބައިވެރިވި ޤައުމެއް ފަލަސްތީން ގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ އަޑީގައި ވެސް އޮތީ އިގިރޭސިން ވީއިރު ފަލަސްތީން މައްސަލަ ހައްލުނުވެ އޮއްވާ ތިޔަތަނަށް ގޮސްގެން ލިބޭނެ މޮޅަކީ ކޮއިބާ !