ގިރިފުށި ކައިރިން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އަންގައިފި
ކ.ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން އެމްއެންޑީއެފުން ނިންމާފައިވާތީ, އެ ސަރަހައްދުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދިއްޖެއެވެ.
އެމްއެންޑީއެފުން ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދާނީ, މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 18:30 އިން 22:30 އަށެވެ.
އެ ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ.
ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް:
1.ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : އޭކޭ ސީރީޒް ރައިފަލް
2.ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 1300 މީޓަރު
3.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރު
4.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5.ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ގިރިފުށީގެ ރޭންޖުން ހުޅަނގު ދެކުނު
އެހެންކަމުން އެ ސަރަހައްދުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެދިފައެވެ.