އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ އިންޑިއާ މީހާ ދޫކޮށްލައިފި

އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ އިންޑިއާ މީހާ ބަންދުން ދޫކޮށްލައިފިއެވެ.
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ މައްސަލައިގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރީ އިންޑިއާގެ ރައްޔިތެއްކަމަށްވާ ލިޖޯ ޖޯން ކިޔާ މީހެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިނީ އެއް ދުވަހެެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ބަންދުގެ މުއްދަތު ހަމަވުމާއެކު މިއަދު އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.