ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

އޭރު ގިނަ އަދަދެއްގެ މުވައްޒަފުންގެ ޓީރޫމަށް ޖަމާވަމުން ދިޔައެވެ. އެންމެންގެ މޫނުތަކުން ވެސް ފެންނަން ހުރީ އެއް ކުލަވަރެކެވެ. އަރްޔަންއަށް ވެސް ވީ އެފަދަ ގޮތެކެވެ. ޓީ ރޫމުގައި ހަރުކޮށްފައިވާ ޓީވީން ދައްކަމުން ދިޔަ އަންހެންކުއްޖާ ފެނުމާއެކު އޭނާ ހައިރާންވިއެވެ. ސިކުނޑިން އެތަށް ކަމެއް އެވަގުތުކޮޅު ވިސްނައިގަނެވުނު އިރު އޭނާގެ ދުލުން ބޭރުކޮށްލެވުނީ ޖީނާގެ ނަމެވެ.

Ads by Sosun Fihaara

***************

" ހައު ކެން ޔޫ ބީ ސޯ ސްޓުޕިޑް ޖީން؟" އަރްޔަންއަށް މަޑުމަޑުން ބުނެލެވުނެވެ. އޭނާއަށް ހުރިހާ އެއްޗެއް ފަހުމްވިފަދައެވެ. މޫނާއެކު އިސްތަށިގަނޑުގައި އަތް ހިންގާލެވުނު ހިނދު އަރްޔަން ހިނގައިގަތީ ޓީ ރޫމުން ބޭރަށެވެ. ކެބިންއަށް ވަދެ ގޮނޑީގައި ހަމަޖެހުމާއެކު އަރްޔަން ވިސްނާލިއެވެ. އެކި ދުވަސްތައް މަތިން ޖީނާ ބުނެފައިވާ ބަސްތައް ކަންފަތުގައި ގުގުމަން ފެށުމާއެކު އެ މޫނަށް ވެރިވީ ނުރުހުންވުމެވެ. މޭޒުމަތީ ބާއްވާފައި އޮތް އަށް މުށްކެވުމާއެކު އަރްޔަން ދޫކޮށްލީ ފުން ނޭވާއެކެވެ.

***************

މެލޭޝިޔާގެ ހިތްގައިމު އެޕާޓްމެންޓެކެވެ. ސޯފާގައި އިށީނދެ ތިބި ތިން ޒުވާނުންގެ ނަޒަރު ވެސް ހުއްޓިފައިވީ ޓީވީ އިން ދައްކަމުން ދިޔަ ޝޯވ އަށެވެ. އަތުގައި ހުރި ޕޮޕް ކޯން ތަށިން އިރުއިރުކޮޅާ އަނގަޔަށް ލަމުން ދިޔައިރު އެ ޒުވާނުންގެ ހުނުމުގެ އަޑު ދޭތެރެއަކުން އިވިލައެވެ.

" ޔާން. ދޭބަލަ ކާކުތޯ ބަލާލަން. ހީވޭ އެބަ ބެލްގެ އަޑު އިވޭހެން". ފަސްއެނބުރި ދޮރާ ދިމާލަށް ބަލާލަމުން އަރްހަމް ބުނެލިއެވެ. އަރްޔަން ތެދުވުމާއެކު އުމައިރް ޓީވީގެ އަޑު މަޑު ކޮށްލިއެވެ.

ދޮރު ހުޅުވާލުމާއެކު ކުރިމަތީ ހުރި އަންހެން ކުއްޖަ ފެނި އަރްޔަން ކުޑަކޮށް ސިހުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެ މޫނަށް ވެރިކުރުވީ ލުއި ހިނިތުންވުމެކެވެ.

" ތޭންކް ގޯޑް. ރަނގަޅު އެޕާޓްމެންޓަކަށް ދޯ މި އާދެވުނީ. ފޮތް ހަވާލުކުރަން މި އައީ". ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ތެރެއިން ނެގި ފޮތް ޖީނާ ދައްކާލިއެވެ. އަރްޔަންގެ މޫނުގައިވީ ހައިރާންކަން އެ ކުޑަ ވަގުތުކޮޅުގައި ވެސް ޖީނާ ދެނެގަތެވެ. އެހެނަސް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ އަވަސްވެގަތެވެ.

" އެތެރެއަށް ނުވައްދާނަންތަ؟". ކުޑަ ހުނުމަކާއެކު ޖީނާ ބުނެލުމުން އަރްޔަން ހިސާބަކަށް ޖެހިލުންވިއެވެ. އެހެނަސް އެއް ފަރާތަކަށް ޖެހިލަމުން ޖީނާ ވަނުމަށް ދައުވަތު ދިނެވެ.

އޭރު ސޯފާގައި ތިބި އުމައިރްއާއި އަރްހަމް ހެވިފައި ތިއްބެވެ. އެ ދެ ޒުވާނުންނަށް ނޭނގި އަރްޔަން އެ އަންހެންކުއްޖާއާ ގުޅުމެއް އޮތީ ކަމުގައި ހީކުރެވުނެވެ.

" ހާއި ބޯއީސް". ޖީނާގެ އަމަލުތަކުގައިވީ ޖެހިލުން ކުޑަ ކަމެވެ. ބީރައްޓެހި އިހްސާސެއް އޭނާއަށް ނުކުރެވޭ ކަހަލައެވެ.

"ކިހިނެތް މި ގެއަށް އަންނަން އެނގުނީ؟". އަރްޔަން އަހާލީ ސޯފާގައި އިށީންނަމުންނެވެ. އެ ސުވާލާއެކު އަރްހަމްއާއި އުމައިރްގެ ނަޒަރު ވެސް ޖީނާއާ އަމާޒުވެލިއެވެ.

" ހޯދާ މީހަކަށް ނޭނގޭނެ އެއްވެސް އެއްޗެއް އޮވޭތަ؟ ޖީން ވެސް ހޯދީމަ އެނގުނީ. އަސްލު އެނގޭތަ؟ ޖީން އުޅެނީ މި ގޭގަ. މިއީ ފަސް ވަނަ ބުރި އެންނު. ޖީން އުޅެނީ އަށް ވަނަ ފްލޯރ ގަ. ވަރަށް ގިނައިން ފެނޭ ތިމީހުން. އެހެންވެ ހިތަށް އެރީ ބަލާނީއޭ. " ޖީނާގެ ވާހަކަތަކުން އެ ޒުވާނުންނަށް ލިބިފައިވާ ހައިރާންކަން ވީ އިތުރެވެ. މި އަންހެންކުއްޖާގެ އެހެން މަގްސަދެއް ވެޔޭ އަރްޔަންގެ ހިތް ފުރަތަމަ ފަހަރަށް ބުނެލިއެވެ.

އޭނާއަށް ހީވި ހީވުން ޔަގީންވުމުން އަރްޔަންއަށް ހުރެވުނީ ވިސްނައިގަންނަންވީ އެއްޗެއް ނޭނގިފައެވެ. ޖީނާގެ ހިތުގައި އަރްޔަންއަށްޓަކާ އޮތް ލޯބި ހާމަކުރީ އެކުވެރިކަމަށް މަހެއް ވެސް ނުވަނީހެވެ. އަރްޔަންއަށްޓަކާ ކޮންމެ ފަދަ ކަމެއް ކުރަން ވެސް ތައްޔާރަށް ހުރި ކަމުގައި ބުނުމުން އަރްޔަން އަށް އިސްކުރެވުނީ ރުޅިއެވެ. ޖީނާގެ ހިތުގައި ޖެއްސުނީ ގަސްތުގައި ނޫނެވެ. އެހެނަސް އޭގެން އެ ހިތުގައި އުފެދުނު ހުޅުކޮޅު ދުވަހެއް ދުވަހަކަށް ވީ އިތުރެވެ. އަރްޔަންގެ ފަރާތުން ނަވަލްގެ ވާހަކަ އެނގިފައި އޮތުމުން ޖީނާގެ ހުރިހާ ސަމާލުކަމެއް ދެވުނީ ނަވަލް އަށެވެ. އަރްޔަން ހިތް އެދޭ ފަދަ ކުއްޖަކަށް ނަވަލް ވީ އިރު އެކަން ބަލައިގަތުން ޖީނާއަށް އުނދަގޫވީއެވެ.

ހިޔާލުތަކެއް ބޭރުވެވުމާއެކު އަރްޔަން މޭޒުމަތީ އޮތް ފޯނު ނެގިއެވެ. ފަރިތަކަމާއެކު އޭނާ ލިޔުނު މެސެޖު ފޮނުވާލީ ޖީނާއަށެވެ. ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނެލިއެވެ. ހީކުރި ގޮތަށް ޖީނާގެ ޖަވާބު އަވަހެވެ. ދިމާވާނޭ ތަނަކާއި ވަގުތު ކަނޑައެޅީ ޖީނާއެވެ. ނެހާން ކަންތައް ކުރި ގޮތުން މީހުންގެ ތެރެއަށް ނުކުތުމަށް އޭނާ ހުރީ ޖެހިލުންވެފައެވެ. އެހެނަސް އަރްޔަންއާ ބައްދަލުކުރަން އެ ހިތް ދެކޮޅު ހަދަން ބޭނުން ނުވީއެވެ. ހުދު ޖީނާ ވެސް އަރްޔަންއާ ބައްދަލުކުރަން ބޭނުންވެފައި ހުރުމާއެކު ވެސް މެއެވެ.

*******************

އިރުއޮއްސި ހަތް ގަޑި ބައިވެއްޖެއެވެ. ގޭގައި ޔެލިޒްއަށް އިނދެވުނީ ފޫހި ވެފައެވެ. ހެނދުނު އޮފީހަށް ދިޔަ ގޮތަށް އަރްހަމްއާ ދިމާވެފައި ނެތެވެ. ހަވީރު މެސެޖުކޮށްފައި ގެއަށް އާދެވޭނީ ލަހުން ކަމުގައި އަރްހަމް ބުންޏެވެ. އެހެންކަމުން އެވަގުތުކޮޅު ޔެލިޒް ވެސް ހޭދަކޮށްލީ ސަލްމާންއާއި އަސްރާ ކައިރީގައެވެ. އިރުއޮއްސެންވާ އިރަށް ގެއަށް އައީ އަރްހަމް ދެން ލަސް ނުވާނޭ ކަމުގައި ހިތް ބުނުމުންނެވެ.

" އަނހަ ލިޒް އެކަނިތަ؟" ބަދިގެއަށް ބޯ ދިއްކޮށްލި އަރްހަމް އަހާލީ އެކަނިމާ އެކަނި ބަދިގޭގައި ހަރަކާތްތެރި ވަމުން ދިޔަ ޔެލިޒް ފެނިފައެވެ. ޔެލިޒް ފަސްއެނބުރި ބަލާލިއެވެ. އޮފީސް ހެދުމުގައި ހުރި ފިރިމީހާއަށް ހިތުގެ އަޑިން ތައުރީފް ކޮށްލެވުނީ ގަސްތަކާ ނުލައެވެ. އެކަމަށްޓަކައި ނަފްސު އަޑުލައިގަން ނަމަވެސް ޔެލިޒް ހަމަޖެހިލިއެވެ.

" މި ގޭގަ އިތުރު މީހަކު ނެތެންނު. ދެން ލިޒް އެކަނި ނޫންތަ އުޅޭނީ؟" ޔެލިޒް ނުސީދާކޮށް ނަމަވެސް ބުނި އެތި އަރްހަމްއަށް ފަހުމްވިއެވެ. ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއެކު އެބަ އަންނަމޭ ބުނެ ބަދިގެއިން ނުކުތެވެ.

އަރްހަމް އައީ އޭގެ ފަސް ވަރަކަށް މިނިޓް ފަހުންނެވެ. ތަނބިކަށްޓާ ހަމައަށް އަރާ ޓްރެކްސޫޓުގައި ހުރި އިރު މަތިން ހުރީ ހާމައަށެވެ. އަރްހަމް ފެނުމާއެކު ޔެލިޒްގެ މޫނަށް އަރާ ފޭބި ކުލަވަރުން އޭނާއަށް މަޖާވިއެވެ. އެ އަންހެންކުއްޖާގެ އެންމެ ގަޔާވާ ސިފައަކީ އެއީ އެވެ. އެ މޫނަށް ވެރިވާ ލަދުރަކި ހިނިތުންވުން އެކަނި އަރްހަމްގެ ހިތް ފަތަހަކޮށްލައެވެ.

" ކޯއްޗެއް ކައްކަން ތި އުޅެނީ؟" އަރްހަމް އަހާލީ އައިލެންޑުގައި އަތް އަޅުވާލަމުންނެވެ. އޭރު ފްރިޖުން ނެގި ތަރުކާރީތައ ކޮށުމުގައި ޔެލިޒް އުޅެއެވެ.

" ކޯއްޗެއް އަރްހަމް ކާން ބޭނުމީ؟ ސްޕެގެޓީ ތައްޔާރުކޮށްދެންތަ؟ " އިސްއުފުލާ ޔެލިޒް ބަލާލިއެވެ. އެދެމުގައި ކުރިން ވީ ދުރުކަމެއް މިހާރު ނެތެވެ. އެކަމުން ދެ ހިތަށް ވެސް ލިއްބައިދެނީ ފިނިކަމެކެވެ.

" މޮޅު އައިޑިޔާ އެއް ދެންތަ؟ ކިހިނެތްވާނެ ޓީމް ވޯރކް" އަރްހަމް ބުނި އެއްޗެއް ފަހުމް ނުވުމުން ޔެލިޒް ބަލާލީ ފާޑަކަށެވެ. އެ ބަލާލުމުގެ މާނަ ވިސްނި އަރްހަމް ހަށިގަނޑު ސީދާ ކޮށްލިއެވެ. ލުއި ފިޔަވަޅު ތަކެއްގައި ގޮސް ޔެލިޒް އަތުން ވަޅި އަތުލިއެވެ. ފަރިތަ ކަމާއެކު އަރްހަމް ތަރުކާރީ ކޮށަން ފެށުމުން ޔެލިޒް އަށް ހެވުނެވެ.

" ޓީމް ވޯރކް". ޔެލިޒް ބުނެލީ މަޑުމަޑުންނެވެ.

****************

ޕަރކިންގ ޒޯނުގައި ސައިކަލް ޕަރކް ކުރުމަށްފަހު އަރްޔަން ފޭބިއެވެ. ލައިގެން ހުރި ޖިންސުގެ ޖީބަށް ކަނާތް ޖަހާލަމުން ފޯނަށް ނަޒަރު ހުއްޓާލިއެވެ. ޖީނާގެ މެސެޖު ލިބުނީ އެވަގުތުގައެވެ. އޭނާ އިނީ ރެސްޓޯރެންޓުގެ ވީ.އައި.ޕީ ބައިގާ ކަމަށް ބުނެލިއެވެ. އަރްޔަން ހިނގައިގަތީ ދެނެވެ. މައްޗަށް އެރެން ހުރި ސިޑިން އޭނާ އެއީ ތިންވަނަ ފްލޯރ އަށެވެ. އެތަނުގައި މާ ގިނަ ބަޔަކު ނެތް އިރު އަރްޔަންގެ ފިޔަވަޅުތައް ހުރީ ވީ.އައި.ޕީ. ރޫމާ ދިމާލަށެވެ. ފަސްއެނބުރި އިން އަންހެންކުއްޖާ ލޮލުގައި އަޅައިގަތުމާއެކު އަރްޔަންގެ ހިތް ތެޅިލިއެވެ. ފުން ނޭވާއެއް ދުކޮށްލަމުން ގޮސް އޭނާ އިށީނީ ޖީނާގެ ކުރިމައްޗަށްވާ ގޮތަށް ހުރި މޭޒުގައެވެ.

" ޔާން". ޖީނާގެ އަޑުން އޭނާ އުފާވި ވަރު ހާމަވިއެވެ. އެ ލޮލުގެ ވިދުން ގަދަވި އިރު ލުއި ހިނިތުންވުމެއް އެ ތުންފަތަށް ވެރިވިއެވެ.

" ކޮން ވާހަކައެއް ޖީނާ ބުނަން އޮތީ؟" އަރްހަމް އަހާލުމާއެކު އެ މޫނުގައިވި ހިނިތުންވުން ފޭދުނު ތަން އޭނާ ދުށްޓެވެ.

" ޖީނާ؟ މިހާރު އެހާ ވެސް ދުރުކޮށްލީތަ؟". ބަދަލުގައި ޖީނާ ވެސް ކޮށްލީ ސުވާލެކެވެ. ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުމުން ދެނެގަންނަންވީ ކީކޭ ކަމެއް އަރްޔަންއަށް ނުވިސްނުނެވެ.

" ދުރުވާން ބޭނުންވީ ޖީން އެންނު؟ ނޫން ނަމަ އެގޮތަށް ކަންތައް ނުކުރީސް. އައި ތޯޓް ޔޫ އަރ މޯރ ވައިޒަރ ދެން ދެޓް". އަރްޔަން ބުނެލިއެވެ. ހިނދުކޮޅަކަށް ނަމަވެސް ޖީނާގެ މޫނުން ތަފާތު އަސަރެއް ފެނިލިއެވެ. އިސްޖަހާލެވުމާއެކު އޭނާ ދޫކޮށްލީ ފުން ނޭވާއެކެވެ.

" އައިމް ސޮރީ. މިހެން ބުނަން މާ ލަސް ވެސް ވެއްޖެ. ބަޓް އައިމް ސޮރީ. އެގޮތަށް ކަންތައް ކުރެވުނީ އަހަރެންގެ މޮޔަ ކަމުން. އަންހެނަކަށްވުރެ އަންހެނެއްގެ މައްޗަށް އެފަދައިން އަނިޔާވެރިވުމަށް ވިސްނީ އަހަރެންގެ ނުބައި ކަމުން. ނަވަލްގެ ކިބައިން މާފަށް އެދެން ބޭނުން. ފަހަރެއްގަ އަރްޔަންއަށް ހީވެދާނެ އަހަރެން އަދިވެސް އަރްޔަން ދެކެ ލޯބިވެޔޭ. ޔެސް! އައި ޑޫ ލަވް ޔޫ. މިހެން ބުނަން ލަދެއް ނުގަނޭ. ޒަމާނެއްގަ އަމިއްލަ އެދުމަށް އިސްކަން ދެވުނަސް އެކަން ބަދަލުވެއްޖެ. ވަރަށް ގިނަ ކަންކަން ދަސްވެއްޖެ. ހުރިހާ ޝުކުރެއް މަންމައަށް. މަންމައާ ދިމާ ނުވި ނަމަ ފަހަރެއްގަ ޖީންއަށް ނުވިސްނުނީސް. ލޯބިވާ މީހެއް ބީވެ ދިޔުމުން ކުރެވޭ އިހްސާސް ޖީންއަށް މިހާރު ކުރެވޭ. އަރްޔަންގެ ހިތުގަ ވެސް އެ އިހްސާސްތައް ވާނެކަން އެނގޭ. އައި ޑޯންޓް ވޮނަ ބީ ދެޓް ސެލްފިޝް ހެހެ. އަރްޔަންގެ މާފް އެކަނި ބޭނުންވަނީ. އިފް ދެޓްސް ޕޮސިބަލް". ޖީނާގެ ވާހަކަތަކުން އަރްޔަން އަށް ލިބުނީ ހައިރާންކަމެވެ. އެ އަންހެންކުއްޖާއަށް އިތުބާރުކުރަން އުނދަގޫވިއެވެ. އެހެނަސް އެ ލޯ އެ ހަދަނީ ތެދުކަމަށް ހެކިދެއެވެ.

" ޖީންއަށް ވިސްނުނީތީ އުފާވެއްޖެ. އެންޑް ޑޯންޓް ވޮރީ އެބައުޓް ނަވަލް. ދިރިއުޅުމާއިގެން ކުރިއަށް ދާން ނަވަލް ނިންމައިފި. ޝީ އިޒް ސްޓްރޯންގާ ދެން އެވަރ." އަރްޔަން ބުނެލުމުން ޖީނާ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. ހިތުގައި ވޭން އެޅި ނަމަވެސް އެކަން ސިއްރުކޮށްލައިގެން އިނީ ހިނިތުންވުމަކުންނެވެ.

"ސުވާލެއް ކޮށްލަންތަ؟". އަރްޔަން އަހާލިއެވެ. ޖީނާ ބޯ ޖަހާލުމުން އަރްޔަން އެ މޫނަށް ބަލާލީ ފަރުވާތެރި ނަޒަރަކުންނެވެ.

" ކިހިނެތް އެނގުނީ ކައިސަންއެއީ ޖީންގެ ބޭބެކަން؟ އައި މީން ޔޫ ނެވަރ މެންޝަންޑް އިޓް ބިފޯރ". އަރްޔަން ބުނެލިއެވެ.

" ލޯންގް ސްޓޯރީ. ކުރިން ވެސް ބުނި ގޮތަށް ހޯދަން އުޅޭ މީހަކަށް ނުހޯދޭނެ އެއްޗެއް އޮންނާނެތަ؟ އަސްލު ޖީންއަށް ކުރިން ވެސް އެނގޭ ޖީން އަކީ އެޑޮޕްޓް ކޮށްފައިވާ ކުއްޖެއްކަން. ހުރިހާ ޑޮކިއުމެންޓްސް ހޯދީމަ އެނގުނީ އަސްލު ފެމިލީ. އެ ހިސާބުން ޖީން ދޮންބެއާ ވާހަކަ ދައްކަން ޓްރައި ކުރީ. ނަސީބަކުން ދޮންބެ ވެސް ހުރީ ހަގީގަތް ހޯދަން ބޭނުންވެފަ. ޑީ އެން އޭ ޓެސްޓުން ސާބިތުވި ދެޓް ވީ އަރ ސިބްލިންގްސް. އެކި ގޮތް ގޮތުން ދޮންބެ ބެލި. މަންމައާ ދިމާ ވުމުން މަންމަ ވެސް ގަބޫލު ކުރި އެ ހުރިހާ ހަގީގަތަކާއެކު". ޖީނާ ބުނެލިއެވެ. އެ މޫނުން ފެންނަން ހުރި ހަމަޖެހުމުން އަރްޔަންއަށް ހިނިތުންވެވުނެވެ.

" އައި ހޯޕް ޔޫ ވިލް ބީ ހެޕީ ޖީން". އަރްޔަން ބުނެލީ މަޑުމަޑުންނެވެ.

ޖީނާގެ އެދުމުގެ މަތިން އެރޭގެ ކެއުމަށް ޖީނާއާއެކު އަރްޔަން އިންސާފްކުރިއެވެ. ހީނަރުވެފައިވާ އެ ގުޅުން ކޮންމެވެސް ސިފައެއްގައި އާރާސްތުވި ނަމަވެސް އަރްޔަންގެ ހިތުގައި ޝަކުވާ ވިއެވެ. އެހެނަސް އެކަން އޭނާ ހާމަނުކުރީ ޖީނާގެ ވިސްނުން ބަދަލުވެފައިވީތީއެވެ. އިތުރަށް ކަންކަން ގޯސްވާން އަރްޔަން ނޭދެއެވެ.

*********************

ކައި ނިމުމާއެކު ފިލްމެއް ބެލުމުގެ ހިޔާލު ދިނީ ޔެލިޒްއެވެ. ބަލާނެ ފިލްމެއް ކަނޑައެޅީ ވެސް ޔެލިޒްއެވެ. އަރްހަމް މާ ގަޔާވާ ކަމެއް ކަމުގައި ނުވިޔަސް ޔެލިޒް އެދުމުން ދެކޮޅު ހަދަން ބޭނުން ނުވީއެވެ. އެ ދެމެދުގައި އުފެދެން ފަށާފައިވި ގުޅުމުން އެންމެ ބޮޑު އުފާވެރި ކަމެއް ލިބިފައިވީ އަރްހަމްއަށެވެ. އެކަން ކުރިއަރުވަން ކޮންމެ ކަމެއް ކުރަން ވެސް އަރްހަމް ހުރީ ތައްޔާރަށެވެ.

" އާދޭ ސޯފާއަށް. އަހަރެން ނޫޅެން ލިޒްއަށް ކަމެއް ކުރަން". ތިރީ ކާޕެޓް މަތީ ޔެލިޒް އިށީނުމުން އަރްހަމް ބުނެލިއެވެ. ޔެލިޒް ބަލާލީ ފިނި ނަޒަރަކުންނެވެ. އަރްހަމްގެ އެދުމަށް ދެކޮޅު ހަދާނެހެން ހީވި ނަމަވެސް އޭނާ ތެދުވިއެވެ. އެހެނަސް ސޯފާގައި އިށީނީ އަރްހަމްއާ ދުރުގައެވެ. އެ ދެމެދުގައި އަދި އެކަކަށް އިނދެވޭނެ ޖާގަ ބެހެއްޓުމަށްފަހުއެވެ.

" ނިދި އާދޭތަ؟". ޔެލިޒް އިން ގޮތުން އަރްހަމް އަހާލިއެވެ. އަވަސް އަވަހަށް ޔެލިޒް ބޯ ހޫރާލިއެވެ. އޭނާގެ ފުރިހަމަ ސަމާލުކަން ފިލްމަށް ދެވިފައިވާ ކަހަލައެވެ. އެހެން އިން އިރު ދޭތެރެއަކުން އަރްހަމްއަށް ވެސް ބަލާލައެވެ. އަރްހަމްއަށް ފިލްމު ރީތިތޯ އަހާލައެވެ.

ޓީވީއަށް ނަޒަރު ހުއްޓައިގެން އިން އަރްހަމް އަށް ސިހުން ގެނުވީ ޔެލިޒް އަރިއަޅާލިތަން ފެނުމުންނެވެ. ގެނައި ކުއްލި ހަރަކާތާއެކު އޭނާ އެ ހަށިގަނޑު ހިފެހެއްޓިއެވެ. ޔެލިޒްއަށް ނިދުނީއެވެ. އަރްހަމްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވުމާއެކު މަޑުމަޑުން ޔެލިޒްގެ ބޯ ގެނެސް އޭނާގެ ކޮނޑުމަތީ ބޭއްވިއެވެ. އުނދަގޫ ނުވާނެހެން ކައިރީ އޮތް ބާލީސް ވެސް ބޭއްވިއެވެ. އެވަގުތު މަޑުމަޑުން ޔެލިޒް ވެސް އިހުނަށްވުރެ އަރްހަމްއާ ކައިރިއަށް ޖެހިލިއެވެ. ކަނާތުން ލުއި ގޮތަކަށް އަރްހަމްގެ އަތުގައި ހިފެހެއްޓި އިރު އޭނާ ހަމަޖެހިލީ ކަން އަރްހަމް ދެނެގަތެވެ. ޓީވީގެ އަޑު މަޑުކޮށްލުމަށްފަހު ފަރުވާތެރި ނަޒަރަކުން އަރްހަމް އެ މޫނަށް ބަލާލިއެވެ.

އެހާ ކައިރިން އެ ސޫރަ ފެނުމުން އޭނާއަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. ނިދިފައި އޮތް އިރު ލޯބިން ފުރޭހާވެއެވެ. އޮމާން ކޯތާފަތުގައި ބީހިލަން އަރްހަމްގެ ހިތް އެދުނެވެ. އެހެނަސް އެކަމަށް އިޖާބަ ނުދިނީ އެ ސިކުނޑިންނެވެ. ޔެލިޒް ހިތްހަމަނުޖެހިދާނެހެން ހީވުމުންނެވެ.

" ސޯ ޕްރިޓީ. ތިހާ އިނޮސެންޓް އިރުވެސް ޔޫ އެކްޓް ސޯ ގްރަމްޕީ" އަރްހަމް ބުނެލީ ސިއްރުންނެވެ. އެ ތޫނު ނަޒަރުވީ ޔެލިޒްއާ އަމާޒުވެފައެވެ.

ޔެލިޒްގެ ރީތިކަމަށް ހިތާ ހިތުން ހާސް ފަހަރު ތައުރީފް ކޮށްލެވުނެވެ. އެއާއެކު މަޑުމަޑުން އަތް ހިއްލައި އެ މޫނަށް އެޅިފައިވާ އިސްތަށިތައް އަރްހަމް ރީތިކޮށްލިއެވެ. ޔެލިޒްއަށް އުނދަގޫ ނުވާނޭހެންނެވެ.

" އައި ތިންކް އައި އެމް ފޯލިން ފޮރ ޔޫ ލިޒް. ނޫން. ހީވަނީ ނޫން. އައި ލަވް ޔޫ. އަހަންނަށް ނޭނގުނަސް ލިޒް ދެކެ ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބި ވެވިއްޖެ. ބަޓް އައި ޑޯންޓް ޑިސަރވް ޔޫ ރައިޓް؟ ޔޫ ހޭޓް މީ". އަރްހަމް ދައްކަމުން ދިޔަ ވާހަކަތަކާ އެއްވަރުން ޔެލިޒްގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ.

އޭނާއަށް ނިދުނު އިރެއް ނޭނގުނެވެ. އެހެނަސް ދެން ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ސިހިފައި ހޭލެވުނު އިރު ޔެލިޒް ފެންނާކަށް ނެތެވެ. ކަނދުރާގައި އަތް އަޅުވާލަމުން އަރްހަމް ތެދުވިއެވެ. ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރިއަށް ވަތްއިރު އެނދުގައި ނިދާފައި އޮތް ޔެލިޒް ފެނުމުން އެ ނަފްސަށް ވެރިވީ މާޔޫސްކަމެވެ.

ދުވަހަކުވެސް ޔެލިޒްގެ ލޯބި އޭނާއަށް ލިބޭނެތޯ އަރްހަމްއަށް ސުވާލުކޮށްލެވުނީ އަމިއްލަ ނަފްސާއެވެ. އެ އަންހެންްކުއްޖާގެ ހިތުގައި އަރްހަމްއަށް މާ ބޮޑަށް ޖެއްސުނީހެއްޔެވެ؟ ނޫނީ އަދިވެސް އެ ހިތުގައި އަރްހަމްއަށްޓަކައި އުފެދިފައިވާ ނަފްރަތަށް ބަދަލެއް ނާންނަނީ ބާއެވެ. އަރްހަމްއަށް ޔަގީން ކުރެވެނީ އެންމެ ކަމެކެވެ. އެ ހިތުގައި ޔެލިޒްއަށްޓަކާ ފުން ލޯތްބެއް އުފެދިއްޖެކަމެވެ. އޭނާއަށް ނޭނގެނީ އެ ލޯބީގެ ނިމުން އަންނާނޭ ގޮތެކެވެ.

********************

ހޮސްޕިޓަލުން އައިސް ގެއަތް ވަތް ކުލްސޫމްގެ ފަހަތުން ނަވަލް ވަނެވެ. އަޅާފައިވާ ނިގާބް ފޮތިކޮޅު ނަވަލް ނެގީ ކުލްސޫމް ދޮރު ތަޅުލުމުންނެވެ. އޭރު އެ މޫނުން ފެންނާން ހުރީ ވަރުބަލިކަމެވެ. ނަވަލް ސޯފާގައި އިށީނުމުން ކުލްސޫމް ފެންތައްޓެއް ގެނެސްދިނެވެ.

" އަދިވެސް ނުބުނާނަންތަ ކޮން ކަހަލަ ކުއްޖެއްކަން". ކުލްސޫމް އަހާލުމުން ނަވަލްއަށް ހެވުނެވެ. ހޮސްޕިޓަލުން ނުތީއްސުރެ ވެސް ކުލްސޫމްގެ ސުވާލަކީ އެއީ އެވެ.

" ލޯބި ލޯބި އަންހެންކުއްޖެއް. މި ދަރިފުޅު ވަރަށް ލޯބިން ބަލާނަން. މިހާރު އެންމެ އިންތިޒާރު ކުރެވެނީ ބޭބީ އުފަންވާނެ އިރަކަށް. އެންމެން ވެސް ބުނެއެންނު އެއީ ވަރަށް ހާއްސަ ވަގުތުކޮޅެކޭ. މައިވަންތަކަމުން ހިތް ފުރިގެންދާނެއޭ. އެއީ ތެދެއްތަ؟". ނަވަލް އަހާލިއިރު އެ ލޮލުގައިވި ވިދުން ކުލްސޫމް ދުށްޓެވެ. ހިނިތުންވެލަމުން އޭނާ ބޯ ޖަހާލިއެވެ. އެހެނަސް އެ ހިނިތުންވުން އެ ލޮލާ ހަމައަށް ނުފޯރިއެވެ. އަދިވެސް ހަގީގީ ހަމަޖެހުމެއް އެ ހިތަށް ނުލިބެނީއެވެ. އެހެނަސް ނަވަލްއަށްޓަކާ ކުލްސޫމް ހިތްވަރުކުރެއެވެ. އެ ދަރިފުޅު ކުރެވުނު ކުށަށް ތައުބާވާން މަސައްކަތް ކުރާތީ ފެނުމުން އުފާވެއެވެ. ނަވަލް މޫނު ބުރުގާ އެޅީ ވެސް އަމިއްލައަށް އެދިގެންނެވެ. ކުރިއަށްވުރެ ގިނައިން އަޅުކަމުގައި އެ ދަރިފުޅު ހޭދަކުރާ ވަގުތުވެސް ގިނަކަން ކުލްސޫމްއަށް ފާހަގަވެއެވެ.

" ނަވަލް! ދަރިފުޅާ ބައްދަލު ކުރަން މީހަކު އަންނާނެ އިރުކޮޅަކުން". ހިޔާލުތަކެއް ބޭރުވުމާއެކު ކުލްސޫމް ބުނެލިއެވެ. ނަވަލްގެ ސުވާލަކަށްވީ ކާކުތޯއެވެ.

" އައީމަ ދަރިފުޅަށް އެނގޭނެ. މަންމައަށް އެނގޭ ދަރިފުޅު ބަދަލުވެއްޖެކަން. ކޮންމެ މީހަކަށް ވެސް ކުށް ކުރެވޭނެ. އެ ކުށަށް ދަރިފުޅު ވެސް ތައުބާވެއްޖެ. އެކަމަކު ނަވަލްގެ ހަށީގައި އުފެދެމުންދާ ތި ތުއްތު ދަރިފުޅަށް ވެސް ބައްޕައެއްގެ ލޯބި ބޭނުންވާނެ. ނަވަލްއަށް އެ ލޯބި ނުދެވޭނެއޭ މަންމަ ނުބުނަން. އެކަމަކު ކުއްޖެއް ހެދި ބޮޑުވާ އިރު އެންމެ މުހިންމު އެއްޗަކީ މައިންބަފައިންގެ ލޯބި." ކުލްސޫމްގެ ވާހަކަތަކުން ނަވަލްގެ ހިތުގައި އުފެދުނު ސުވާލުތައް ވީ އިތުރެވެ. ހާއްސަކޮށް ދަރިފުޅުގެ ބައްޕައާ ގުޅުވައިގެން ދެއްކި ވާހަކަތަކުން ނަވަލް ކަންބޮޑުވިއެވެ. ކުލްސޫމްއަށް އެ ދަރިފުޅުގެ ބައްޕައަކީ ކާކުކަން އެނގުނީބޭއޭ ހިތަށް އެރިއެވެ. އެހެނަސް އެ ސުވާލު ދުލާ ހަމައަށް ގެނައުމުގައި ނަވަލް ނުކުޅެދުނެވެ.

ގޭގެ ބެލް ޖަހާލީ އެވަގުތުގައެވެ. ކުލްސޫމްގެ އެދުމަށް ނަވަލް މޫނު ފޮތިކޮޅު އެޅިއެވެ. ސޯފާއިން ތެދުވެ ގެއަށް އައީ ކާކުތޯ ބެލުމަށް ކުލްސޫމްގެ ފަހަތުން ހިނގައިގަތް އިރު އެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

= ނުނިމޭ =

 

 

Ads by HDC
  1. ކިޔުންތެރިޔާ

    މި ވާހަކަ ހާދަ ލަހޭ އަޕްވާލެއް! އެކަމުވެސް ވާހަކަ ވަރަށް ރީތި

  2. ނާން

    ވަރަށް ރީތި އަވަހަށް ވާހަކަ އަޕުލޯޑުކޮއްލަބާ ވަރަށް ކިޔާހިތްވޭ

  3. ާއައިޝް

    ހާދަ ލަހުން އަޕްވާ ވާހަކައެއްމީ

  4. ީވާހަކަ ކިޔާ މީހެއް

    މި ވާހަކަ މިހާރު ގެނެސްދެނީ ހަފްތާ އަކު އެއްދުވަހުތަ؟؟

  5. ޥާހަކަ ރީތި. ޢެކަމް ވ ވ ފޫހި މާގިނަދުވަސް ފަހުން ދެން އަންނަބައިގެންނާތި.