ވިޔަފާރި

ޝެފްސް ގިލްޑް އިން "ސީޖީއެމް ޝެފްސް އެވޯޑް" އިއުލާންކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބިލުގެ މުނާސަބަތާ ގުޅުވައި، ރާއްޖޭގައި ކަލިނަރީ ދާއިރާގެ އަގު ވަޒަންކުރުމަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ހާއްސަ އެވޯޑެއް މިއަދު ތައާރަފުކޮށްފިއެވެ.

ސީޖީއެމް ވިދާޅުވީ، "ސީޖީއެމް ޝެފްސް އެވޯޑްސް"އަކީ ރާއްޖޭގައި ކަލިނަރީ އާޓްސްގެ ދާއިރާގައި މަސައްކަތްކުރާ، އަދި އެ ފަންނު ދިރުވާ އާލާކުރުމުގައި އުޅޭ އެކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ މަޤްސަދުގައި، މި އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭނެ އެވޯޑެެއް ކަމަށެވެ.

މި އަހަރުގެ އެވޯޑްސްގައި ހިމެނޭ ކެޓަގަރީތަކަކީ:

  • އެގްޒެކެޓިވް ޝެފް
  • ސޫ ޝެފް
  • ކޮމްޕެޓިޝަން ޝެފް
  • އެޑިއުކޭޝަން ޝެފް
  • ޕޭސްޓްރީ އެންޑް ބޭކަރީ ޝެފް
  • ޔަންގް ޝެފް
  • ލޯންގް ސާވިސް ސްޕެޝަލް އެވޯޑު

އޮންލައިންކޮށް މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، ސުންގަޑި ހަމަވާނީ އަންނަ މަހުގެ 10ގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!