ޚަބަރު ޝަރުޢީ ދާއިރާ

ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދަޢުވާ ލިބޭ މީހުންގެ އަޑުއެހުމެއް މިއަދު ބާއްވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރިޟްވާނާއި ޔާމީން

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރާއި, ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތިން މީހަކުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.

Ads by Hajj Corporation

ރިޟްވާނާއި, ޔާމީންގެ މަރުގެ މައްސަލައާ ގުޅިގެން މިދިޔަ ޖޫންމަހު ހައްޔަރުކުރީ މ.ލެގޫންވިއު، އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް (އިސޫ) އާއި, މއ.ފާގަފިލާގެ، އަޙްމަދު އިސްމާޢީލް (އަހަނދު) އާއި, ދަފްތަރު ނަންބަރު 8499، އަޙްމަދު މުޢާޒު (ގަޓު މުއާ) އެވެ.

އިސޫގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދެ ދަޢުވާއެކެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރިޟުވާން ރަހީނުކޮށް މަރާލުމަށްޓަކައި ރިޟްވާނަށް ފާރަލައި، ރިޟުވާން ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާކަމުގެ ތުހުމަތުގައެވެ. އަދި ޔާމީންގެ ބްލޮގްގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާކަމަށް ބުނެ، 23 އޭޕްރީލް 2017 ދުވަހުގެރޭ އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށްޓަކައި ޔާމީން ރަޝީދުއަށް ފާރަލައި، ޔާމީން ރަޝީދު މަރާލުމަށް އެހީތެރިވެދީފައިވާތީކަމުގެ ތުހުމަތުގައެވެ.

އަހަނދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދެ ދަޢުވާ އުފުލާފައިވެއެވެ. އެއީ ރިޟްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމުކޮށް, އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް ރިޟްވާން ރަހީނުކޮށް މަރާލާފައިވާކަމުގެ ތުހުމަތުގައާއި, ޔާމީން މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޔާމީނަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އެހީތެރިވެދިންކަމުގެ ތުހުމަތުގައެވެ.

ގަޓު މުއާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއެވެ. އެއީ ރިޟްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިޟްވާން ރަހީނުކޮށް މަރާލާފައިވާ ކަމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީޢަތް ފެށީ މިދިޔަ އޮގަސްޓު 31 ގައެވެ. އަދި މިއަދު 16:00 ގައި އަޑުއެހުމެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ.

Ads by HDC
  1. އަބްދޫ

    ރިޒްވާނަކީ މިނިވަން ނޫހުގެ ނޫސްވެރިޔާއޭ ކިޔަނީ އެ ނޫހުގަ ޖެހުމަށް ނަސީދު ހަވާލުކުރާލިއުން ލިޔެދޭ މީހަކަށް ވެ. އަހްމަދު ރިޒްވާނު އެނޫހުގަ ލިޔެފަހުއްޓާ އަހަރެންދުށީ ނަސީދުގެ ފޮޓޯޖަހާފަ ފޯމަރޕްރެޒިޑެންޓް ޖަހާފަހުރި ލިއުން އެކަނި. އެހެން ލިއުމެއް އެނޫހުގަ ރިޒްވާނު ލިޔެފަ ހުއްޓާ ނުދެކެން އަދި މިނިވަންނޫހުގަ ހުރި ނަސީދުގެ ފޮޓޯޖެހި ލިއުން އައިރިސްޓައިމް ކިޔާ އޮންލައިން ނޫހެއްގަ ޖަހާފަ ހުއްޓާދުށިން. ރިޒްވާނު ގެއްލުނުފަހުން އައިރިސްޓައިމްއާއި މިނިވަންނޫހުގަ ހުރި ނަސިދުގެ ފޮޓޯޖެހި ލިއުމަކީ ނޫސްވެރިޔާގެ އަމިއްލަ ހިޔާލުކަމަށް ނޫސްބަޔާނެއް ބްރޯޑްކާސްތް ކުރި އަޑުއެހިން. އައިރިސްޓައިމް މިނަން އެގުނީ ނޫސްބަޔާން އަޑުއިވުމުން. ނޫސްތަކުގަ ހުރި ލިއުމާއި ނޫސްބަޔާނަށް ބެލުމުން ނަސީދުގެ ލިއުންތަކެއް ރިޒްވާނުގެ އަތުގާ ހުރިކަން ޔަގީންވޭ. ނޫސްބަޔާނަށް ވިސްނުމުން ރިޒްވާނުގެ ގެއްލުން ބިނާވެގެންވަނީ ރިޒްވާނުގެއަތުގާހުރި ނަސީދުގެ ލިއުންތަކާ ގުޅިގެން ކަމަށް ސައްކުކުރުމުގެ ފުރުސަތު އޮވެދާނެ.

  2. އަބްދޫ

    މި މީހުނާއި ރިޒްވާނާއި އޮތީ ކޮން ދުސްމަންކަމެއް.ރިޒްވާނު ލިޔެފަ ހުރި ލިއުންތަކަކީ ނަސީދުގެ ނަމުގަ ރިޒްވާނު ލިޔެފާހުރި ލިއުން . އެލިއުން ލާދީނީ ވާނަމަ އެލިއުމުގެ ޒިންމާ ނަގަންޖެހެނީ ނަސީދު އެއީ ރިޒްވާނުގެ އަތުގަ ނަސީދު ދިން ލިއުން ހުރުމުން އެކަން ސާބިތުވާނެތީ ވީމާ ރިޒްވާން މިނިވަންނޫހުންވަކިވެ އެއާޕޯޓް ޖޮބަކަށް ވަނުމުން ރިޒްވާނުގެއަތުގާހުރި ނަސީދުގެ ލިއުންތައް ލީކް ވެއްޖެ ނަމަ އެލިއުންތަކުގެ ސަބަބުން ނުރައކަލެއް އަތުވެދާނެކަމަށް ބިރުގަންނާނީވެސް ނަސީދު. އެލިއުންހޯދާ ނައްތާލަން ބޭނުންވާނީ ވސް ނަސީދު . ވީމާ ރިޒްވާނުގެ ގެއްލުމާއި ނަސީދުއާއި ގުޅިދާނެކަމަށް ތުހުމަތުވޭ.