Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ރައީސް ބޮޑުތިލަދުންމައްޗަށް ފުރާވަޑައިގެންފި

ރައީސް ބޮޑުތިލަދުންމައްޗަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޮޑުތިލަދުންމަތީގެ ހަތަރު ރަށަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ހދ. ނައިވާދުއަށެވެ. އެއަށްފަހު ވަޑައިގަންނަވާނީ ހދ. ފިނޭއަށާއި، ހއ. އުތީމަށާއި, ހއ. ދިއްދުއަށެވެ.

އެ ގޮތުން އުތީމަށް ވަޑައިގެން އެ ރަށުުގައި ބާއްވަން ހަމަޖެހިފައިވާ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

Advertisement
Allied Insurance — Square (box)

މީގެއިތުރުން މި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް ޢުމްރާނީ މަޝްރޫޢުތައް ނިންމައި ޚިދުމަތްތައް ރަސްމީގޮތުން އިފްތިތާހުކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އޭގެތެރޭގައި ރަށްރަށުގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމާއި, އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޒޯން 1 ގެ ޚިދުމަތް ފަށައި, އެ ނިޒާމް އެ ސަރަޙައްދުގައި ފުރިހަމަކޮށްފައިވާތީ ރަސްމީކޮށް އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް މާލެ ވަޑައިގަންނަވާނީ ބުދަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް