ޚަބަރު އިޖުތިމާޢީ

ގުރައިދޫ މިސްކިތަށް ދާއިމީ މުދިމަކު ހަމަނުޖެހި ދޮޅުއަހަރުވެފައިވާތީ ރައީސްގެ ކަންބޮޑުވުން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޙުސައިން ޔާމީން މުޙައްމަދު

މީގެ ދޮޅު އަހަރުކުރިން ކ.ގުރައިދޫ މަސްޖިދުލްއިޚާގެ މުދިމު ރިޓަޔާކުރެއްވިގޮތަށް މިއަދާ ހަމައަށް ދާއިމީ މުދިމަކު ހަމަޖެހިފައިނުވާތީ ގުރައިދޫ ކައުންސިލުގެ ރައީސް ޙުސައިން ޔާމީން މުޙައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by Sosun Fihaara

ޔާމީން މިއަދު ވަނީ ޓްވިޓާގައި އެ ކަންބޮޑުވުން ހިއްސާކުރައްވައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ގުރައިދޫ މަސްޖިދުލްއިޚާގެ މުދިމު ރިޓަޔާކުރެއްވީ 12 މާރިޗު 2021 ގައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ދާއިމީ މުދިމަކު ހަމަނުޖެހޭތީ އިސްލާމިކް މިނިސްޓްރީއަށް ގުޅައި, އާދޭސް ކޮށް, ސިޓީ ފޮނުވާތާ އަހަރަކަށްވުރެ ގިނަދުވަސްވެއްޖެކަމަށް ޔާމީން ވިދާޅުވިއެވެ.

''ކ.ގުރައިދޫ މަސްޖިދުލްއިޚާގެ މުދިމު 12 މާރިޗް 2021 ވަނަ ދުވަހު ރިޓަޔާކުރެއްވި ގޮތަށް މިއަދާ ހަމައަށް ދާއިމީ މުދިމަކު ހަމަނުޖެހި، މިނިސްޓްރީއަށް ގުޅައި އާދޭސްކޮށް, ސިޓީ ފޮނުވާތާ އަހަރަކަށްވުރެ ގިނަދުވަސްވީ. މިހާރު ފޯނު ވެސް ނުނަގާ، ސިޓީއަށް ޖަވާބުނުދޭ. އަދި ކިހާދުވަހެއްވާނެތޯ'' ޔާމީން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއަށް ގުޅައިލުމުން ފޯނު ނުނަގާތީ އެއްވެސް ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!