ޚަބަރު

ޤައުމިއްޔަތު ދިރުވޭނީ ބަހާތަކަށް އަދުގެ ޖީލު ރައްކާތެރި ވެގެން: އިމްރާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމު ގައުމިއްޔަތެއްގެ ގޮތުގައި ފޯރުކޮށްދެވޭނީ ދިވެހި ގައުމީ ބަހާތައް އަދުގެ ޖީލުން ފުރިހަމައަށް ރައްކާތެރިވެރިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

80 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބޮޑުތަކުރުފާނަކީ އާދަޔާ ހިލާފަށް ނެވިކަމާއި، ހެވިކަން ދަސްކުރައްވައިގެން މައިދާނަށް ނުކުނެވި ކޮމާންޑަރެއް ކަމަށެވެ. އަދި އިސްނެންގެވުމާއި، ކެރިވަޑައިގަތުމާއި، ޖެހިލުންކުޑަ ސިފަ ލިބިވަޑައިގެން ހުންނެވި ވަރުގަދަ ލިޑަރެއް ކަމަށެވެ.

އިލްމީ ވެރިކަމާއި، ހިލްމާ ކެތްތެރިކަމާއި އޯގާވެރިކަން އިސްކުރެއްވި ރަސްކަމެއް. އޯގާވެރިކަން އިސްކުރެއްވި ރަސްކަލެއް ކަމަށާއި، އޯގާވެރި، ލޯބިވެތި ފިރިއެއް، ބައްޕާފުޅެއް އަދި ހުނަރުވެރި މާލިމީއެއް. ބޮޑުތަކުރުފާނުގެ ހަޔާތްޕުޅު ދިރާސާކުރުމުން ހެޔޮލަފާ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ފުރިހަމަ ސިފަތަކެއް ފެނިގެންދާނެ

މިނިސްޓަރު އިމްރާން ވިދާޅުވީ ކޮންމެ ގައުމެއްވެސް ބިނާވެގެންވަނީ އެ ގައުމެއްގެ ގައުމިއްޔަތުގެ ބަހާތަކާއި އަސާސްތަކާއި ރުކުންތަކުގެ މައްޗަށް ކަމަށެވެ. ދިވެހި ގައުމިއްޔަތުގެ ބަހާތަކަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިބަހާ ދިވެހި ސަގާފަތާއި އާދަކާދަތުގެ ތަރިކަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމު، ގައުމިއްޔަތެއްގޮތުގައި ފޯރުކޮށްދެވޭނީ ދިވެހި ގައުމިއްޔަތުގެ ބަހާތަކަށް އަދުގެ ޖީލުތައް ފުރިހަމައަށް ރައްކާތެރިވެގެން ކަމަށެވެ. އުފެދި ބޮޑުވެގެން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާ ކަނޑާ ބިންވަޅު ނެގިގެން ކަމަށެވެ.

އިމާންކަމުގެ ރުކުންތަކާއި، އިސްލާމްކަމުގެ ރުކުންތައް ފުރިހަމައަށް ދަށްކޮށްދެވިގެން. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމީ ހަށިގަނޑާއި، ހިތާ މޭ ސާބިތުކުރާ އަސާސްތަކަށް ހަދައިގެން. އިސްލާމީ ރިވެތި އަހުލާގުގެ ފޭރާމުން ފޭރާންލައި ޖަރީވެގެން. ދިވެހި އަދަބިއްޔާތާ ބަސްމޮށުންތެރިކަމަށް ސަމާލުކަމާއި އިސްކަމެއް ދެވިގެން. ދިވެހި ތާރީހާ ސަގާފަތާ އާދަކާދަތައް ނަގަހައްޓާ ދިރުވައިގެން

މިނިސްޓަރު ވިދާޅުވީ ގައުމެއް ކުރިއަރާ ތަރައްގީވާނީ އެ ގައުމެއްގެ ދަރިން ބިނާކޮށް ތަރުބިއްޔަތުކޮށް މީހުނަށް ހަދައިގެން ކަމަށެވެ. މީހުން ބިނާކުރުމުގައި ބޮޑުތަކުރުފާނުގެ ފަލްސަފާއަކީ ކާމިޔާބު ނަމޫނާ ފަލްސަފާއެއް ކަމަށެވެ.

Ads by Ooredoo
  1. އުތީމް ބޮޑުތަކުރުފާނު ގައުމު ބިނާކުރުމުގައި ގެންގުޅުއްވި ވިޝަން އާއި މިޝަން .
    1/ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން.
    2/ ދިވެހިންނަކީ ސުންނީ މުސްލިމުން.
    3/ ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިލު އިސްލާމީ ޤައުމެއް.
    4/ ދިވެހިންގެ ބަހަކީ ޢަރަބިތާނަ ދިވެހިބަސް .

    ޤައުމީ ދުވަހުގެ ހެޔު ތަހުނިޔާ އަރިސްކުރަން .