Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ވަގުތާއި, ހާލަތަށް ރިޢާޔަތްކޮށް ޤައުމީ ޖިހާދަށް ނިކުތުން ވަނީ ވާޖިބުވެފައި: އާދަމް ޝަރީފް

ވަގުތާއި, ހާލަތަށް ރިޢާޔަތްކޮށް ޤައުމީ ޖިހާދަށް ނިކުތުން ވަނީ ވާޖިބުވެފައި: އާދަމް ޝަރީފް

ޒަމާނާއި, ވަގުތާއި, ހާލަތަށް ރިޢާޔަތްކޮށް ޤައުމީ ޖިހާދަށް ނިކުތުން ދިވެހިންގެ މައްޗަށް ވާޖިބުވެފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ޤައުމީ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ހޯދުމަށްޓަކައި ބޮޑުތަކުރުފާނުގެ ޖިހާދުން ޢިބްރަތް ލިބިގަންނަންޖެހޭ ކަމަށެވެ. އަދި ބޮޑުތަކުރުފާނު ދޫކުރެއްވި ޢިބްރަތްތައް ލިބިގަނެ, ޒަމާނާއި, ވަގުތާއި, ހާލަތަށް ރިޢާޔަތްކޮށް ޤައުމީ ޖިހާދުގެ ކަމަރު ބަންނަންވީ ވަގުތު ޖެހިފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

''ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ހޯދުމަށްޓަކައި ބޮޑުތަކުރުފާނުގެ ޖިހާދުން ޢިބްރަތް ލިބިގަނެ, ޒަމާނާއި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް, ޤައުމީ ޖިހާދުގެ ކަމަރު ބަނދެ, އަތާ އަތުގުޅާލައިގެން ބަދަހި ސަފެއްގެ ގޮތުގައި ނިކުތުމަަށް މިވަނީ ދިވެހިންގެ މައްޗަށް ވާޖިބުވެފައެވެ.''

ރާއްޖޭގެ މިނިވަންކަން މުޅީން ގެއްލިފައިވަނިކޮށް މިނިވަންކަމުގެ އަލިގަދަ ނޫރުން ދިވެހި އުންމަތް އަލިވެ އުޖާލާވެގެންދިޔައީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެ ރެއަކީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު, ޕޯޗްގީޒުންގެ އަތްދަށުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ ބޮޑުތަކުރުފާނު މި ޤައުމު ސަލާމަތްކުރެއްވި ރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް