Friday, 6 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ޢަލްމާނީ އިސްތިޢުމާރީ ފިކުރުތަކުން ދިވެހިންގެ ސިކުނޑިތައް ސަލާމަތްކުރަން ޢަޒުމު އާކުރަންޖެހޭ: ޑރ.ޝަހީމް

ޢަލްމާނީ އިސްތިޢުމާރީ ފިކުރުތަކުން ދިވެހިންގެ ސިކުނޑިތައް ސަލާމަތްކުރަން ޢަޒުމު އާކުރަންޖެހޭ: ޑރ.ޝަހީމް

ބޮޑުތަކުރުފާނުގެ ޖިހާދުން ޢިބުރަތް ހާސިލުކޮށް, ޢަލްމާނީ އިސްތިޢުމާރީ ފިކުރީ ހަނގުރާމައިން ދިވެހިންގެ ސިކުނޑިތައް ސަލާމަތްކުރަން ޢަޒުމު އާކުރަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދަކީ ރާއްޖޭގެ ޤައުމީ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ބޮޑުތަކުރުފާނު މި ވަޠަނަށްޓަކައި ކުރެއްވި ޖިހާދުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ. އެ ގޮތުން ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޡަމް, ޕޯޗުގީޒުންގެ އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ކުރެއްވި ޖިހާދަކީ، ޤައުމުގެ މިނިވަންކަމާއި އިސްލާމީ ޝަޚްޞިއްޔަތު އިޢާދަކުރަން ކުރެއްވި ވަރުގަދަ ޖިހާދެއް ކަމަށެވެ.

އެހެންކަމުން މިއަދުގެ ޖީލުތަކުން އެ ތަކުރުފާނުގެ ޖިހާދުން ޢިބުރަތް ހާސިލުކޮށް, ޢަލްމާނީ އިސްތިޢުމާރީ ފިކުރީ ހަނގުރާމައިން ދިވެހިންގެ ސިކުނޑިތައް ސަލާމަތްކުރަން ޢަޒުމް އާކުރަންޖެހޭކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހިންގެ އެއްބައިވަންތަކަމުގެ އެންމެ ވަރުގަފަ ތަނބަކީ އިސްލާން ދީންކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް