Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

މި ޖީލުގެ މުޙައްމަދު ތަކުރުފާނަކީ ރައީސް ޔާމީން: ޝުޖާއު

މި ޖީލުގެ މުޙައްމަދު ތަކުރުފާނަކީ ރައީސް ޔާމީން: ޝުޖާއު

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ކުރައްވަނީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޡަމް ނުވަތަ ބޮޑުތަކުރުފާނު ކުރެއްވިފަދަ ޤައުމީ މަސައްކަތްޕުޅެއް ކަމަށާއި, ރައީސް ޔާމީނަކީ މި ޖީލުގެ ބޮޑުތަކުރުފާނުކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލުގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ މުނާސަބާގައި ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤައުމީ ދުވަހަކީ ''އަހަރެމެން އަތޮޅު މުޙައްމަދު ތަކުރުފާނު'' ޕޯޗުގީޒުންގެ ކިބައިން މި ޤައުމު ސަލާމަތް ކުރެއްވި ދުވަސް ކަމަށެވެ. އަދި ''އަހަރެމެން އަތޮޅު މުޙައްމަދު ތަކުރުފާނު'' ކުރެއްވި މަސައްކަތްޕުޅަކީ ޤައުމު އަޅުވެތިކަމުން ސަލާމަތް ކުރުމުގެ މަސައްކަތްޕުޅު'' ކަން ވެސް ޝުޖާއުގެ ޓުވީޓުގައި ފާހަގަކުރެއްވިއެވެ.

''މިއަދު އަހަރެން މިމަސައްކަތް ކުރަނީ މިޖީލުގެ މުޙައްމަދުތަކުރުފާނާއެކުއެވެ. އާދެ ރައީސް އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއެކުއެވެ.''

Advertisement
HDC — Sidebar (box)

އެ މަނިކުފާނު ކުރައްވާ މަސައްކަތްޕުޅަކީ ވެސް, ބޮޑުތަކުރުފާނު ކުރެއްވި ފަދަ ޤައުމީ މަސައްކަތް ޕުޅެއް ކަމަށާއި, އެއީ އިންޑިޔާގެ ނުފޫޒުން މިޤައުމު ސަލާމަތް ކުރުންކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް