Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދަރަވަންދޫގައި އިމަޖެންސީ ހިދުމަތްދޭ ޔުނިޓެއް ހުޅުވައިފި

ދަރަވަންދޫގައި އިމަޖެންސީ ހިދުމަތްދޭ ޔުނިޓެއް ހުޅުވައިފި
ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި އިމަޖެންސީ ސިއްހީ ހިދުމަތްދޭ ޔުނިޓެއް ހުޅުވައިފިއެވެ. އެލްއެފް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން މި ޔުނިޓް އަޅާފައިވަނީ އިންޑިއާ ސަރުކާރުން ދިން 7.4 މިލިޔަން ރުފިޔާއިންނާއި ސަރުކާރު ބަޖެޓުން ހަރަދުކުރި ނުވަ ލައްކަ ރުފިޔާއިންނެވެ. މި ޔުނިޓް ހުޅުއްވައިދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރް އެވެ.

މި މަޝްރޫއުގެ ދަށުން އަތޮޅު ސިއްޙީ މަރުކަޒުގައި ކުއްލި ސިއްޙީ ޙިދްމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމައްޓަކައި، އިމަރޖެންސީ އެންޑް ޓްރޯމާ އަށް ބޭނުންވާ އާލާތްތައް ވަނީ ޤާއިމްކޮށްފައެވެ.

މިގޮތުން އަޕްގްރޭޑް ކުރެވިގެންދާ ސިއްޙީ ޙިދްމަތްދޭ ތަންތަން ނެޝަނަލް ޑިސާސްޓަރ ރެސްޕޮންސް ޕްލޭން ނެޓްވޯކް އާއި ގުޅައިލާ މިފަދަ ތަންތަނުގެ ބޭނުން ރަށުގެ ފެންވަރުގައި އަދި ޤައުމީ ފެންވަރުގެ ރޭވުންތަކުގައި ހިމަނަން ވަނީ ޕްލޭންކޮށްފައެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ފުރާނައަށް ނުރައްކާވާ ފަދަ ގެއްލުމެއް/ބައްޔެއް ކުރިމަތިވެފައިވާ ބަލި މީހާއަށް ކުއްލިފަރުވާ ފޯރުކޮށްދިނުމެވެ.

Advertisement
Allied Insurance — Square (box)

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، އަވަސް ފަރުވާ ދޭ ޔުނިޓުން ޚިދުމަތް ހޯދަން އަންނާނީ ހަމައެކަނި ނުރައްކާތެރި ހާދިސާތަކުގައި އަނިޔާލިބޭ ފަރާތްތައް ކަމުގައި އެކަނި ދެކިގެން ނުވާނެކަމަށާއި، ޖިންސީ އަނިޔާއާ ޖިސްމާނީ އަނިޔާ ލިބޭ ފަރާތްތައްވެސް މި ޔުނިޓުން ޚިދުމަތް ހޯދުމަށް އަންނާނެކަން ދަންނަން ޖެހޭކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކަށް ޚިދުމަތެއް ދޭއިރު ބަލަން ޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް ހުރިކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރު ގުޅިގެން ޤާއިމް ކުރި އަވަސް ފަރުވާދޭ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ ރާއްޖެއާ އިންޑިއާ ދެމެދު އޮންނަ ގުޅުމަކީ ޒަމާންވީ ގުޅުއްކަމަށެވެ. އަދި އެގުޅުން ދެމެހެއްޓުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެންމެ ޚާއްސަ އިސްކަމެއްދޭ ދާއިރާއަކީ ސިއްޙީ ދާއިރާއާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ދާއިރާކަަމަށް މުނޫ މަހާވަރު ވިދާޅުވިއެވެ.

[caption id="attachment_163153" align="alignnone" width="1024"] ރަސްމިއްޔާތުގައި މުނޫ މަހާވަރު ވާހަކަފުޅު ދައްކަވަނީ[/caption] ދަރަވަންދޫގައި މި މަޝްރޫއު ހިންގާފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިޔަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ. މި އެހީގެ ދަށުން އއ. އުކުޅަހުގައި ކޮންވެންޝަން ސެންޓަރަކާއި އެއަތޮޅު ރަސްދޫ ބަނދަރު ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި ބ. ފެހެންދޫގެ ދަރިވަރުން އެއަތޮޅު ގޮއިދުއަށް ކިޔަވަން ދިޔުމަށް ފެރީއެއް ވެސް ހަވާލުކޮށްފައިވެ އެވެ. ދެ ފަންގި ފިލާއަކަށް ހަދާފައިވާ އަވަސް ފަރުވާދޭ މިޔުނިޓުގައި އަވަސް ފަރުވާދިނުމަށް ޚާއްސަ ވޯޑަކާއެކު އިމަރޖެންސީ ހާލަތުގައި ފަރުވާދިނުމަށް 10 އެނދު ހުރެއެވެ. އަދި ބަލިމީހުން ބަލާނެ ކޮޓަރިއަކާއި، ނާސިން ސްޓޭޝަނެއްވެސް ހުރެއެވެ. މީގެ އިތުރުން މީޓިން ބޭއްވުމަށް 2 މީޓިން ރޫމްވެސްވަނީ ޤާއިމްކޮށްފައެވެ. ކަރަންޓް ބޭނުންކުރުމަށް މިއިމާރާތުގެ ފުރާޅުގައިވަނީ ސޯލާ ސިސްޓަމް ހަރުކޮށްފައެވެ. ދަރަވަންދޫ ސިއްޙީ މަރުކަޒުން ބުނީ، މިސޯލާ ޕެނަލުން 20ކިލޯ ވޮޓްގެ ކަރަންޓް އުފެއްދޭނެކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް