ރައީސް ޔާމީން ކުޑަހުވަދުއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދ.ކުޑަހުވަދުއަށް ވަޑައިގަންނަވައިފިއެވެ.
ރައީސް ޔާމީން މިއަދު ހަވީރު ކުޑަހުވަދުއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
ރައީސް ޔާމިންގެ އަރިހުގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވެސް ކުޑަހުވަދުއަށް ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސް ޔާމީން ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ހާލަތު ބައްލަވައިލައްވާނެއެވެ. އަދި ޕާޓީގެ ހަރަކާތްތައް އެ ރަށުގައި އިތުރުކުރުމާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.
މީގެ އިތުރުން ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ވެސް މިރޭ އޮންނާނެއެވެ.
ތި ދެވުނު ރަށުގެ ނަމަށް ބަލާލުމުންވެސް އެނގިއްޖެ ތި މީހާއަށް ވޯޓުން ލިބޭނީ ވަރަށް ކުޑަ އެތިކޮޅެއްކަން…