ޚަބަރު އިޖުތިމާޢީ

މާލެ އަތޮޅު ކައުންސިލުގެ 11 ވަނަ ޤުރުއާން މުބާރާތް ފަށައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މާލެ އަތޮޅު, އަތޮޅު ކައުންސިލްގެ 11 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް ރޭ ފަށައިފިއެވެ.

Ads by MWSC

ކާށިދޫގައި ކުރިއަށްގެންދާ މި މުބާރާތުގައި މާލެ އަތޮޅުގެ 09 ރަށަކުން ކުދިން ވަނީ ބައިވެރިވެފައެވެ. ކާށިދޫއިން ވަނީ މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިންނާއި, ނުބަލައި ކިޔެވުމުގެ ބައިން 05 ކީސްޓޭޖުން ޖުމްލަ 122 ދަރިވަރުން ވާދަކުރާނެއެވެ.

މި މުބާރާތަށް ކުދިން ހޮވާފައިވަނީ ރަށްރަށުގައި ރަށު ފެންވަރުގައި ބޭއްވުނު ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުންނެވެ.
މި މުބާރާތުގައި ވާދަކޮށް ވަނަވަނައަށް އަންނަ ކުދިންގެ ތެރެއިން ހޮވޭ ދަރިވަރުން ޤައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި އަތޮޅު ތަމްސީލުކުރާނެއެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަނޑިޔާރުންނެވެ.

https://fb.watch/fRUCZmcmcO/

އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތަކީ ކޮންމެ އަހަރަކު ވެސް ވާދަވެރި މުބާރާތަކަށްވެގެންދެއެވެ. ވޭތުވެދިޔަ 03 އަހަރު ވެސް މާލެ އަތޮޅު ކައުންސިލުގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ފަހުރުވެރި 01 ވަނަ ހޯދާފައިވަނީ ހުރާ ސްކޫލުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!