Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ރައްޔިތުންގެ އިތުބާރު ސަރުކާރަށް އެބައޮތް: މަހްލޫފް

ރައްޔިތުންގެ އިތުބާރު ސަރުކާރަށް އެބައޮތް: މަހްލޫފް

ބައި އިލެކްޝަންތައް ކާމިޔާބުކުރުމަށް އެމްޑީޕީން މަސައްކަތް ފެށިފަހުން، ވާދަކުރި 5 އިންތިޚާބުގެ ތެރެއިން 4 އިންތިޚާބު ކާމިޔާބު ކުރެވިފައިވާކަމީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް އޮތްކަމުގެ ސާފު ހެއްކެއް ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަނީ އިއްޔެ ބޭއްވި ހަތަރު ބައި އިލެކްޝަނުގެ ތެރެއިން ދެ ބައި އިލެކްޝަން ކާމިޔާބުކޮށްފައެވެ.

އެކަމާ ގުޅިގެން މަހްލޫފް ވިދާޅުވީ މި ފަހަރު ވާދަކުރި 03 ގޮނޑީގެތެރެއިން 02 ގޮނޑި ކާމިޔާބު ކުރެވުމަކީ އަނެއްކާ ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

އަދި މި ފަހުން ބައި އިލެކްޝަންތައް ކާމިޔާބުކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި, ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލްގެ އިސް ނެންގުވުމުގެ މަތިން ފެށި މަސައްކަތުން އެމްޑީޕީން ވާދަކުރި 05 ގޮނޑިން 04 ގޮނޑި ލިބިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

''އެހެންވީމަ ހަތަރެއް އެކަކުން ކުރީގަ މި އުޅެނީ އަޅުގަނޑުމެން.'' މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އެއިން އެނގެނީ ރައީސް ޞާލިޙް ރަށްރަށަށް ގެނެސްދެއްވާ ތަރައްޤީ އަދި ސިޔާސަތު ބަލައިގެންފިކަން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް