އައްޑޫ ބަހުރުވައިން ޚުޠުބާ ކީ މުދިމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
އައްޑޫ ބަހުރުވައިން ޚުޠުބާ ކިޔުުމުން ހުކުރު ޚުޠުބާއަށް އުނިިއިތުރު ގެނައިކަމަށް ނިންމައި, މީދޫގެ މުދިމު މުޙައްމަދު ރަޝީދަށް ދޫކޮށްފައިވާ އިމާމުވެ ހުކުރު ނަމާދާއި, ޢީދު ނަމާދާއި, ކޭތަ ނަމާދުކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.
އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ އޭނާ ސަސްޕެންޑްކޮށް, އިމާމުވެ ހުކުރު ނަމާދުކުރުން ވަގުތީ ގޮތުން މަނާކޮށްފައެވެ.
މިދިޔަ ބުދަ ދުވަހު އައްޑޫ ސިޓީ ކައުންސިލުން އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިދިޔަމަހުގެ ދެވަނަ ދުވަހު މީދޫގެ މަސްޖިދު އިބްރާހިމް މަޖުދުއްދީނުގައި އޭނާ އިމާމުވެ ހުކުރު ނަމާދު ކުރީ ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ހުއްދަ ދިނުމުގެ އުސޫލާ ޚިލާފަށްކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އަދި އުސޫލާ ޚިލާފުވެފައިވާތީ އިސްލާމިކް މިނިސްޓްރީގެ އެންގުމުގެ މަތިން, އޭނާއަށް ދޫކޮށްފައިވާ އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށާއި, އެ މައްސަލައިގައި މިނިސްޓްރީން އޭނާއަށް ނަސޭހަތްތެރިވާނެ ކަމަށެވެ.
އެފަދަކަމެއް ތަކުރާރުވެއްޖެނަމަ އޭނާއަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރާނެކަމަށް ވެސް މޭޔަރު ޢަލީ ނިޒާރު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައި ވެއެވެ.
އަޖާއިބު ވެއްޖެ ހުތުބާކިޔަން ވަކިބަހެއް ވަކިހުއްދަ އެއް ނަގަން އެއްވެސް އަސްލާމީ މަންހަޖަކުން ގުރްއާ އެއްވެސް ނައްސަ ކުން ސާބި ވާން އެބަ އޮތްތަ!
ކޯސް ހަދާ ސަރުކާ ގަބޫލުކުރާ ސެޓ އޮތީމަ ހޫއްދަ ދޭން ޖެހޭ މީ ސިޔާސީ ކަމެއް ނޫން