ޚަބަރު ސިޔާސީ

އިންސާފުގެ ދަތުރޭ ކިޔައިގެން އައިއިރު ވަޢުދުތައް މި ދަނީ ބޮނޑު ނަގުލަށް : ޣައްސާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޣައްސާން މައުމޫން. ފޮޓޯ: ސަން

އިންސާފު ހޯދައިދޭނަމޭ ކިޔައި ވަޢުދުތައް ވެގެންއައި އެމްޑީޕީގެ މި ވެރިކަން ނިމެން ގާތްވެފައިވާއިރު, ވަޢުދުތައް މި ދަނީ ބޮނޑު ނަގުލަށްކަމަށް ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޣައްސާން މިހެން ވިދާޅުވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލިތާ އިއްޔެއަށް 10 އަހަރުވެފައިވާތީ އެކަމާ ގުޅުވައި ކުރެއްވި ޓުވީޓެއްގައެވެ.

ޣައްސާން ވިދާޅުވ އިންސާފުގެ ދަތުރޭ ކިޔައިގެން އައި މި ވެރިކަން ނިމެން އަހަރަކަށްވާއިރު, ވަޢުދުތައް މި ދަނީ ބޮނޑު ނަގުލަށް (ކަމެއް ފަށާއިރަށްވުރެ ފަހަށް ދިޔަދިޔަހެން ހުލިވަމުން ދިއުން) ކަމަށެވެ.

ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލީ 2012 އޮކްޓޫބަރު 1 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. އަވަހާރަކޮށްލީ އެ މަނިކުފާނު ދިރިއުޅުއްވި ހ.ފުންވިލު ގެއަށް ވަދެވަޑައިގަންނަވަން ދިޔަ ވަގުތު ގޭގެ ސިޑި ކައިރިން ބަޔަކު ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!