Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އަޅުގަނޑަކީ ބޮޑާ މީހެއްނޫން: މަހްލޫފް

އަޅުގަނޑަކީ ބޮޑާ މީހެއްނޫން: މަހްލޫފް

ބޮޑާކަމާއި ކިބުރުވެރިކަމަކީ އޭނާގެ ކިބައިގައި ހުންނަ ސިފައެއްނޫންކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވަން ފްލައިޓަށް އަރާވަޑައިގަތުމުގެ ކުރިން ކައްދޫ އެއާޕޯޓުން އޭނާ ޗެކްކުރި ސެކިއުރިޓީ އޮފިސަރަކު ސަސްޕެންޑްކުރިކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރުމުން އެކަން ދޮގުކުރައްވައި ކުރެެއްވި ޓުވީޓެއްގައެވެ.

މަހްލޫފް ވިދާޅުވީ އޭނާއަކީ ވަރަށް ގިނައިން އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާ ބޭފުޅެއް ކަމަށާއި, ގަވައިދުގެ ތެރެއިން ކޮންމެފަހަރަކު ވެސް ސެކިއުރިޓީ ޗެކް ކުރާ ކަމަށެވެ. އެ ގޮތުން ރޭ ގއ.ކޫއްޑޫ އެއާޕޯޓުން ވެސް ޗެކްކުރި ކަމަށާއި, ޗެކްކުރާކަން އެންމެ ރަނގަޅަށް އެނގޭނީ އެއަރޕޯޓުތަކުގެ ސެކިއުރިޓީ އޮފިސަރުންނަށް ކަމަށެވެ. އަދި އެފަދަ ކަމަކާ ގުޅިގެން ދުވަހަކު ވެސް އިހްތިރާމް ކުޑަކުރައްވައި މުއާމަލާތް ކުރައްވާފައިނުވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މަހްލޫފް ވިދާޅުވީ އޭނާއާ ގުޅުވައި ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ ޙަޤީޤަތެއްނޫން ކަމަށާއި, ބޮޑާކަމާއި, ކިބުރުވެރިކަމަކީ އޭނާގެ ކިބައިގައި ހުންނަ ސިފައެއް ނޫންކަން އޭނާ ދަންނަ ކޮންމެ މީހަކަށް އެނގޭނެ ކަމަށެވެ. އަދި ދުނިޔޭގަ އުޅެނީ އެ ވަރު ދަނެގެންކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް