Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

މުދައްރިސުން ދައްކާ ނަމޫނާ ނޫން އެހެން އުޅުމެއް ކުދިންގެ ފަރާތުން ފަހުން ނުފެންނާނެ: މިނިސްޓަރ

މުދައްރިސުން ދައްކާ ނަމޫނާ ނޫން އެހެން އުޅުމެއް ކުދިންގެ ފަރާތުން ފަހުން ނުފެންނާނެ: މިނިސްޓަރ

މުދައްރިސުން ދައްކާ ނަމޫނާ ނޫން އެހެން އުޅުމެއް ކުދިންގެ ފަރާތުން ފަހުން ނުފެންނާނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ވަނީ ތަޢުލީމީ ދާއިރާއަށް އަންނަ ކޮންމެ އިންޤިލާބީ ބަދަލެއްގެ ފަހަތުގައި ތިބެނީ މުދައްރިސުން ކަމަށާއި އެކަން މުދައްރިސުން ކަށަވަރު ކޮށްދެއްވައިފި ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑްގެ ތެރެއިން އުނގެނުން ހުއްޓާލަން ޖެހިދާނެކަމުގެ ބިރުވެރިކަން ކުރިމަތިވި ހާލަތުގައި ކުލާހުގެ ހަތަރުފާރުން ބޭރުވެ ދަރިވަރުންނަށް ފިލާވަޅުތައް ގެނެސްދިނުމުގައި މުދައްރިސުން އިސްނަގައިގެން ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

“ތަޢުލީމީ ދާއިރާއަށް އަންނަ ކޮންމެ އިންޤިލާބީ ބަދަލެއްގެ ފަހަތުގައި ތިބެނީ ހަމަ ތިޔަ މުދައްރިސުން. މިކަން ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ކަށަވަރު ކޮށްދެއްވައިފި. ކޯވިޑުގެ އަނދިރި ވިލާގަނޑުގެ ތެރެއިން އުނގެނުން ހުއްޓާލަން ޖެހިދާނެކަމުގެ ބިރުވެރިކަން އަޅުގަނޑުމެންނާ ކުރިމަތިވީ ހިނދު ކުލާހުގެ ހަތަރުފާރުން ބޭރުވެ ބޭރުގެއަށް ފިލާވަޅުތައް ގެނެސްދިނުމުގައި މުދައްރިސުން އިސްނަންގަވައިގެން އެ ކޮށްދެއްވި ބުރަ މަސައްކަތް މިކަމުގެ ދަލީލަކަށް ފުދޭ” މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ހަލުވި ދުވެއްޔެއްގައި ތަރައްޤީވަމުންދާ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމަށްޓަކައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ދަރިވަރުންގެ ދިރިއުޅުމުގައި، އެކުދީންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި، އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ ފަރާތް ކަމަށާއި މުދައްރިސުންގެ ސުލޫކާއި، ދަރިވަރުންނާއި މުޖުތަމަޢާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި، މީހުންނާ މުޢާމަލާތްކުރާ ގޮތްތަކުންވެސް ދަރިވަރުން ނަމޫނާ ނަގާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް